ހާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ބޮޑުކުރަން ސަރުކާރުން ނިންމައިފި އެވެ.
24 ޖޫން 2025
ހާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ބޮޑުކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގުރުއާން ހިތުދަސް މީހުންނަށް މިހާރު ދެމުން އަންނަ އިނާޔަތް، ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެ ގުނަ ބޮޑުކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
ހާފިޒުންނަށް އިނާޔަތުގެ ގޮތުގައި މިހާރު ދެމުން އަންނަނީ މަހަކު 2،000ރ. އެވެ.
ރިޔާސީ އިންތިޚާބުގައި ވަޢުދު ވެފައިވާ ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމާފައި.
— Dr Mohamed Muizzu (@MMuizzu) June 24, 2025
ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ…
ނަމަވެސް، އަލަށް ގެންނަ ބަދަލާއެކު ކޮންމެ މީހަކަށް 4،000ރ. ލިބޭނެ އެވެ. އެހެންވެ، އެ އިނާޔަތަށް މަހަކު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.
ގުރުއާނާ ބެހޭ މަރުކަޒުން މިދިޔަ އޭޕްރީލް މަހު "މިހާރު" އާ ހިއްސާކުރި މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.
ރައީސް ވިދާޅުވީ ހާފިޒުން ތަމްރީނުކުރުމާއި އެ މީހުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ވިއްސާރައިގެ ގެއްލުމުން އެނގެނީ މޫސުމީބަދަލުގެ ނުރައްކާ
ހުޅުމާލޭ ވަގުފް އިމާރާތުގެ ބިންގާ އަޅައިފި
މާލޭގައި ހަދާ ވަގުފް އިމާރާތުގެ ބިންގާ އަޅައިފި
ބޮޑުގެ މިސްކިތް އެޅުމުގެ މަސައްކަތް ފަށައިފި
މީޑިއާ ކޮމިޝަނަށް ތިން ބޭފުޅުން އައްޔަން ކުރައްވައިފި
ގުރުއާން މުބާރާތުގެ ރަންވަނަ ޝާޔާ، ޝަބާ، ޝައިމްއަށް
ރައީސް އެދިވަޑައިގަތީ ދެނަމާދު ދޭތެރޭ ކިޔަވަން ފަށަން
ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުން ހޮވައިފި
ސްކޭޓް އެރީނާއާ އެކު ޒުވާނުންނަށް ފުރުސަތުތައް ފަހިވާނެ
ގުރުއާން މުބާރާތުގެ އެއް ވަނަ އަށް 75،000ރ.