ސްކޫލެއްގައި ދަރިވަރަކަށް ބުލީ ކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ.
25 ޖޫން 2025
ސްކޫލެއްގައި ދަރިވަރަކަށް ބުލީ ކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ އަތޮޅުތެރޭގެ ސްކޫލެއްގައި ފިރިހެން ދަރިވަރުންތަކެއްގެ މެދުގަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ ދަރިވަރުންތަކެއް އެހެން ދަރިވަރަކަށް ބުލީކުރި މައްސަލައެއް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އަދި ފުލުހުން ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
ބުލީގެ ޝިކާރައަކަށްވީ ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ވަނީ އޭނާގެ ދަރިފުޅަށް ސްކޫލުގައި ދިމާވި ކަންތައް ހިއްސާކޮށް ޕޯސްޓެއް ލިޔެފަ އެވެ.
ކުއްޖާގެ ބައްޕަ ބުނީ ދަރިފުޅަށް ސްކޫލުގައި އަނިޔާކޮށް ބުލީކޮށްފައިވާ ކަމަށް ބުނެ ފޯނު ކޯލެއް ލިބުމާ އެކު ސްކޫލަށް ދިޔަ ކަމަށެވެ. އޭރު ގޮސް ބެލި އިރު ދަރިފުޅުގެ ގައިގެ އެކި ތަންތަނުގައި ވަކި އަޅައި، ލޭ އައިސްފައި ހުރި މަންޒަރު ފެންނަ ފޮޓޯ ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.
އޭނާ ބުނީ ދަރިފުޅަށް އަނިޔާކުރީ ދަރިފުޅުގެ ކްލާހުގައި އިންނަ އެހެން ކުއްޖަކު ކަމަށެވެ.
"އެންމެ ހައިރާންވީ ސްކޫލުން އަމަލުކުރި ގޮތުން. ސްކޫލުން ގަބޫލުކުރި، ދަރިފުޅަށް ބުލީކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް. އެކަމަކު ބުނީ ދަރިފުޅު އެކަން ސްކޫލަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށް،" ޕޯސްޓުގައިވެ އެވެ.
ސްކޫލުން ދިން ޖަވާބާމެދު ހިތްހަމަނުޖެހުން ފާޅުކުރަމުން ކުއްޖާގެ ބައްޕަ ބުނެފައި ވަނީ ސްކޫލުތަކުގައި ހިނގާ އެފަދަ ކަންކަން ހުއްޓުވުމާއި ކުދިން ރައްކާތެރި ކުރުމަކީ ސްކޫލުގެ ޒިންމާއެއް ކަމަށެވެ.
ދަރިފުޅަށް އިންސާފު ލިބެންދެން މަސައްކަތްކުރާނެ ކަމަށާއި އެއްވެސް އިދާރާއަކުން އިންސާފު ނުލިބިއްޖެ ނަމަ "އަމިއްލައަށް ވެސް އިންސާފު ހޯދާނެ" ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.
ސްކޫލްތަކުގައި ބުލީ ކޮށްގެން މި އަހަރު 26 މައްސަލަ!
ހުޅުމާލެ2 ގެ އާ ސްކޫލުން ޖާގައަށް އެދި 500 ކުދިން
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ނަމަކީ ޝަހީދު އަލީ
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟
ކަރަންޓު ކެނޑުމުން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދު
ސްކޫލުތަކަށް ޓީޗަރުންނާއި ފޮތްތައް ހަމަވާނެ: މިނިސްޓަރު
ހުޅުމާލެ 2ގެ އާ ސްކޫލުގައި އަންނަ އަހަރު ކިޔަވައިދެނީ
18 ރަށެއްގެ ސްކޫލްގެ މަސައްކަތް ތިން ކުންފުންޏަކަށް
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
އިއްޒުއްދީން ދެން ބޭނުން ކުރެވޭނީ ބޮޑު މަރާމާތަކަށްފަހު