ސިންގަޕޫރަކީ ރާއްޖެ އިން ނަމޫނާއެއްގެ ގޮތުގައި ބަލަމުން އަންނަ ގައުމެއް ކަމަށާއި ދެ ގައުމަށް ފައިދާ ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
30 ޖޫން 2025
ސިންގަޕޫރަކީ ރާއްޖެ އިން ނަމޫނާއެއްގެ ގޮތުގައި ބަލަމުން އަންނަ ގައުމެއް ކަމަށާއި ދެ ގައުމަށް ފައިދާ ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ދެކަނބަލުންގެ ޝަރަފުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ރަސްމީ ފަރިއްކޮޅުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޮޑެތި ވިޔަފާރިތަކުގެ މައި ހަބަކަށް ބަދަލުވެ، ސިންގަޕޫރުން ހޯދި ކުރިއެރުންތަކާއި އާ އީޖާދުތަކަކީ ނަމޫނާއެއްގެ ގޮތުގައި ރާއްޖެ އިން ބަލާ ކަމަށެވެ. އެހެންވެ، ދެ ގައުމުގެ މުސްތަގްބަލަށް ފައިދާވާނެ ކަންކަމުގައި ގުޅިގެން ކުރިއަށް ދިއުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކުރިއަށް ހުރި ޖީލުތަކަށް ފައިދާވާނެ ގޮތަށް މި ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރުން މުހިންމު،" ރައީސް ވިދާޅުވި އެވެ.
ސިންގަޕޫރުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ވިދާޅުވީ ރާއްޖެ އާއި ސިންގަޕޫރަކީ ކުޑަ ދެ ގައުމު ކަމަށް ވިޔަސް، ދެ ގައުމަށް ލިބިފައި ހުރީ އަގުހުރި ވަސީލަތްތަކެއް ކަމަށެވެ. އެހެންވެ، ދެ ގައުމަށް ފައިދާވާނެ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، ސިންގަޕޫރުގެ ވިޔަފާރިތަކާ އެކު ގުޅިގެން ދެ ގައުމަށް ފައިދާވާނެ ގޮތަށް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުމަކީ ވިޔަފާރި އާއި އެ ނޫން ވެސް ދާއިރާތަކުން ސިންގަޕޫރާއި ރާއްޖެއާ ދެމެދު ގުޅުން އެބައޮތް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އެގޮތުގައި އަދިވެސް ދެމި އޮތީ އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރުމާއި ހަމަޖެހުމަށް މަސައްކަތް ކުރުމުން ކަމަށް ވެސް ވިދާޅުވި އެވެ.
ސިންގަޕޫރާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ގާއިމް ކުރިތާ 50 އަހަރު ފުރުމާ ގުޅިގެން ނެރުނު ސްޓޭމްޕް ދެ ގައުމުގެ ރައީސުން އިފްތިތާހުކޮށް ދެއްވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސްގެ ވާހަކަފުޅުގައި، މާލެ އަށް 2014 ވަނަ އަހަރު ކުރިމަތިވި ފެނުގެ ހިދުމަތް ކެނޑުމުގެ ހާދިސާ އާއި ސުނާމީގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސިންގަޕޫރުން ދިން އެހީގެ އިތުރުން ޣާޒީ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫއުއަށް ސިންގަޕޫރު ސަރުކާރުން ދިން އެހީ ފާހަގަ ކުރައްވައި، އެ ކަމަށް ޝުކުރު އަދާ ކުރެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސިންގަޕޫރާއި ރާއްޖެއަކީ ވެސް ކުޑަ އަދި ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް އޮތް ގައުމެއް ކަމަށެވެ. އެހެންވެ، އެ ކަންކަމުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސިންގަޕޫރާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް 50 އަހަރު ފުރުމާ ދިމާކޮށް ހާއްސަ ސްޓޭމްޕެއް ވެސް ވަނީ މިއަދުގެ ރަސްމިއްޔާތުގައި އިފުތިތާކުރި އެވެ. އެ ސްޓޭމްޕް އިފްތިތާހުކޮށް ދެއްވީ ރައީސް މުއިއްޒާއި ރައީސް ތަރްމަން އެވެ.
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ތިން ދާއިރާއަކުން އެއްބާރުލުން ދިނުމުގެ އެމްއޯޔޫތަކެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.
ދަތުރާ އެކު، ރާއްޖެ-ސިންގަޕޫރުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ: ރައީސް
ރާއްޖެ-ސިންގަޕޫރާ ދެމެދު އެމްއޯޔޫތަކެއްގައި ސޮއިކޮށްފި
ސިންގަޕޫރުން ރައީސަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި
"ދިވެހިންނަށްޓަކައި ނޫނެކޭ ބުނަން ފަސް ނުޖެހޭނެ"
އެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރަން އެމްއޯޔޫއެއް
ރައީސްގެ ދެކަނބަލުންގެ ނަމުން އޯކިޑަކަށް ނަން ދީފި
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ދެ އެމްއޯޔޫއެއް
"ގުޅުން ބަދަހިކުރަނީ މިނިވަންކަން ނުގެއްލޭ ގޮތަށް"
ސައުދީ އަރަބިއްޔާގެ އާ ސަފީރުގެ ފަތްކޮޅު އަރުވައިފި
ބިލިއަންޑޮލަރުގެ އިންވެސްޓްމަންޓުން ބޮޑު ބައެއް ކާމިޔާބު