Roadha Mihaaru

ދަތުރާ އެކު، ރާއްޖެ-ސިންގަޕޫރުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ: ރައީސް

އެ މަނިކުފާނު ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ އެކު، އެ ގައުމާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދަތުރާ އެކު، ރާއްޖެ-ސިންގަޕޫރުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ: ރައީސް

އެ މަނިކުފާނު ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ އެކު، އެ ގައުމާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވައިލައްވަމުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިދިޔަ މަހުގެ 29 އިން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވީ، ކުރެއްވި މަޝްވަރާތަކުގެ އަލީގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.

ސިންގަޕޫރާ އެކު ތިން ދާއިރާއަކުން މަސައްކަތް ކުރުމަށް އެ މަނިކުފާނުގެ ދަތުރުފުޅުގައި ދެ ގައުމުގެ އިސް އޮފިޝަލުން ސޮއިކުރެއްވި އެމްއޯޔޫތައް ވެސް ރައީސް ފާހަގަކުރެއްވި އެވެ. ދެ ގައުމުން ސޮއިކުރީ ކެޕޭސިޓީ އިތުރުކުރުމުގެ ދާއިރާއިންނާއި ތިމާވެށީގެ ދާއިރާއިންނާއި މަތީ ތައުލީމާއި ތައުލީމީ ސިޔާސަތާއި ފަންނީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫތަކެއްގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި 250 އެއްހާ މީހުންނާ އެކު ސިންގަޕޫރުގައި ރާއްޖެ އިން ބޭއްވި އިންވެސްޓްމަންޓު ފޯރަމާ އެކު ވެސް ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ވަނީ ހުޅުވިފަ އެވެ.

ރައީސް ސިންގަޕޫރަށް މި ދަތުރުފުޅު ކުރެއްވީ ރާއްޖެ އާއި ސިންގަޕޫރުގެ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރޭ އަހަރާ ދިމާކޮށް ކަމަށް ވާއިރު އެ ދަތުރުފުޅާ އެކު އެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ އާއި ބޮޑުވަޒީރު ލޯރެންސް ވޮންގްއާ ވެސް ބައްދަލުކުރެއްވި އެވެ. އަދި އެ ގައުމުގައި ފާހަގަކުރެވޭ ތަފާތު ތަންތަނަށް ޒިޔާރަތް ކުރައްވައި މައުލޫމާތު އޮޅުން ފިލުއްވި އެވެ.