Roadha Mihaaru
އޮބާމާ އާއި މިޝޭލްގެ 7 އުފެއްދުމެއް ނެޓްފްލިކްސް އަށް

އޮބާމާ އާއި މިޝޭލްގެ 7 އުފެއްދުމެއް ނެޓްފްލިކްސް އަށް

02 މެއި 2019

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަކުން މިޝޭލް އޮބާމާ، މަޝްހޫރު ސްޓްރީމިން ކުންފުނި ނެޓްފްލިިކްސް އާ ގުޅިގެން ގެނެސްދޭން ނިންމާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން 7 އުފެއްދުމެއް އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަކުން މިޝޭލް އޮބާމާ، މަޝްހޫރު ސްޓްރީމިން ކުންފުނި ނެޓްފްލިިކްސް އާ ގުޅިގެން ގެނެސްދޭން ނިންމާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން 7 އުފެއްދުމެއް އިއުލާންކޮށްފި އެވެ.

އެ ދެކަނބަލުން ނެޓްފްލިކްސްއާ އެކު އެއްބަސްވުމެއް ހެދީ މިދިިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެއްބަސްވުމުގެ ދަށުން ދެކަނބަލުންގެ ކުންފުނި ހަޔާ ގްރައުންޑް ޕްރޮޑަކްޝަނުން ވަނީ ފިލްމާއި ވެބް ސީރީޒާއި ޓީވީ ޝޯތަކާއި ޑޮކިއުމަންޓްރީތައް ވެސް އުފައްދަން ނިންމައިފަ އެވެ.

އެގޮތުން މިހާރު އުފެއްދުމުގެ އެކި މަރުހަލާތަކުގެ ތެރޭގައި ހުރި އުފެއްދުންތަކަކީ ފްރެޑްރިކް ޑަގްލަސްގެ ބައޮގްރިފަކް ޑްރާމާ "ފްރެޑްރިކް ޑަގްލަސް: ޕްރޮޕެޓް އޮފް ފްރީޑަމް" އާއި "ދަ ފިފްތު ރިސްކް: އަންޑުއިން ޑިމޮކްރަސީ" ކިޔާ ސިލްސިލާއަކާއި "އެމެރިކަން ފެކްޓްރީ" ގެ ނަމުގައި ގެނެސްދޭ ޑޮކިއުމަންޓަރީއަކާއި ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކައެއް ކިޔައިދޭ ސީރީޒް "ބްލޫމް" އާއި "އޯވަލުކްޑް" ގެ ނަމުގައި ހަދާ ސީރީޒަކާއި "ކްރިޕް ކޭމްޕް" ކިޔާ ޑޮކިއުމަންޓަރީ ފިލްމެއްގެ އިތުރުން ޕްރީސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން "ލިސިން ޔޯ ވެޖެޓަބަލްސް އެންޑް އީޓް ޔޯ ޕޭރަންޓްސް" ގެ ނަމުގައި ހަދާ ކުރު ސީރީޒެކެވެ.

އޮބާމާގެ ދެކަނބަލުން ވިދާޅުވި ގޮތުގައި ޝައުގުވެރި ގިނަ އުފެއްދުންކެއް ގެނެސް ދޭން ނިންމާފައި އިރު، މިހާރު އުފެއްދުމުގެ މަރުހަލާގައި ހުރި އެއްޗެހި ވަރަށް ލަހެއް ނުވެ ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށާނެ އެވެ.

Obama ge dhekanbalun Netflix aa eku ebbasvumeh hadhaifi

Obama ge dhekanbalun Netflix aa eku ebbasvumeh hadhaifi

The most trusted news source in the Maldives

Mihaaru

އޮބާމާގެ ދެކަނބަލުން ނެޓްފްލިކްސްއާ ގުޅުނީ މީގެ އަހަރެއް ކުރިން.

"އެކި ކަހަލަ މައްސަލަތަކަށް ފޯކަސްކޮށްގެން އުފެއްދުންތައް ގެނެސް ދިނުން އަމާޒަކީ. އަދި މިއީ ހަމައެކަނި މުނިފޫހި ފިލުވައި ދޭނެ އެއްޗެއްސެއް ނޫން. އަދި މިއީ އެތަކެއް އިބުރަތްތަކެއް އަދި ފިލާވަޅުތަކެއް ލިބޭނެ އުފެއްދުންތަކެއް،" އޮބާމާ އާއި މިޝެލް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޮބާމާގެ ދެކަނބަލުންނާ އެކު ނެޓްފްލިކްސް އިން ހެދި އެއްބަސްވުމަކީ އެ ކުންފުނިން މިހާތަނަށް ހެދި އެންމެ އަގު ބޮޑު އެއް އެއްބަސްވުމެވެ. ނަމަވެސް އޭގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.