އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ރޭ ދިން ހަމަލާތަކުގައި އެކަނިވެސް އަށް ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށާއި އެކި ހަމަލާތަކުގައި ޖުމްލަ 23 މީހަކު ޝަހީދުވި ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ރޭ ދިން ހަމަލާތަކުގައި އެކަނިވެސް އަށް ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށާއި އެކި ހަމަލާތަކުގައި ޖުމްލަ 23 މީހަކު ޝަހީދުވި ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
އެ އެޖެންސީގެ އޮފިޝަލެއް ކަމަށްވާ މުހައްމަދު އަލް މުޣައިރު ވިދާޅުވީ މި އަށް ކުދިންނަކީ ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލަހްގައި ދިން ހަމަލާއެއްގައި ޝަހީދުވި 12 މީހުންގެ ތެރޭގައި ހިމެނޭ ކުދިން ކަމަށެވެ.
ޣައްޒާގައި އިއްޔެ ވެސް ވަނީ 20 މީހަކު ޝަހީދުކޮށްލައިފަ އެވެ.
އިއްޔެގެ ހަމަލާތަކުގައި ވެސް ހަ ކުޑަކުދިން ޝަހީދުކޮށްލާފައިވެ އެވެ. އަދި އެއް އާއިލާއަކުން ވެސް 10 މީހަކު ޝަހީދުކޮށްލާފައިވެ އެވެ.
ޣައްޒާގައި ހަމަލާތަކަށް މަޑުނުޖެހި ކުރިއަށް ގެންދާއި ގަތަރުގެ ވެރިރަށް ދޯހާގައި އިޒްރޭލާއި ހަމާސް އިން ގެންދަނީ ހަމަލާތައް މެދުކަނޑާލައި ހަމަލާތައް ދާއިމީކޮށް ހުއްޓުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތައް ކުރަމުންނެވެ.
މި މަޝްވަރާތަކުން އަދި އަލިމަގެއް ނުފެނުނަސް ހަމާސް އިން ވަނީ އެ ޖަމާއަތުން ރަހީނުކޮށްފައިވާ އިޒްރޭލު މީހުންގެ ތެރެއިން 10 މީހަކު މިނިވަންކުރަން ނިންމައިފަ އެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ 21 މަސް ދުވަސް ވެފައި ވާއިރު މި ހަމަލާތަކުގައި މިހާތަނަށް 67،000 މީހަކު ވަނީ ޝަހީދުވެފަ އެވެ.
އިޒްރޭލާއި ހަމާސް އެއްބަސްވުމުން ކުރިއަށްދާނެ: ގަތަރު
އިޒްރޭލުން ޣައްޒާގައި 27 މީހަކު ޝަހީދުކޮށްލައިފި
ޓްރަމްޕްގެ ޣައްޒާގެ ޕްލޭން ފާސްވުމުން އިޒްރޭލު އުފަލުން
ޣައްޒާގެ ޕްލޭން ސަލާމަތީ މަޖިލީހުން ފާސްކޮށްފި
ޣައްޒާގެ ޕްލޭނަށް ސަލާމަތީ މަޖިލީހުން ވޯޓު ނަގަނީ
ނަތަންުޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެެރެފި
ޣައްޒާއަށް ފައުޖު ފޮނުވުމުގެ ގަރާރު ސަލާމަތީ މަޖިލީހަށް
ގަތަރުން ބުނަނީ ޣައްޒާގައި ހަނގުރާމަ ނުފެށޭނެ ކަމަށް
ހަމާސްގެ ލީޑަރުންނަށް ހިމާޔަތެއް ނުލިބޭނެ: އިޒްރޭލް
ޣައްޒާގައި ރޭ 100 އަށް ވުރެ ގިނަ މީހުން ޝަހީދުވި