މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެ، އިތުރު ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
13 ޖުލައި 2025
މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެ، އިތުރު ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، ޒިބްރާ ކްރޮސްއަކުން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ނިޔާވީ 17 އަހަރުގެ ކުއްޖާ އެވެ. އަދި އިތުރު ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސައިކަލުގައި ތިބީ 17 އަހަރުގެ ކުއްޖާ އާއި 16 އަހަރުގެ ކުއްޖެއް ކަމަށެވެ.
މަގު ހުރަސް ކުރަނިކޮށް ޖެހުނީ 40 އަހަރުގެ ފިރިހެނެއްގެ ގައިގަ އެވެ.
އެ އެކްސިޑެންޓުގެ ވީޑިއޯތައް ސޯޝަލް މިޑިއާގައި ދައުރުވާއިރު އެ ވީޑިއޯތަކުން ފެންނަ ގޮތުން އެކްސިޑެންޓްވި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ.
އެކްސިޑެންޓްވި ސައިކަލާއި ހެލްމެޓެއެއްގެ ބައިތައް ވަކިވެ ބިންމަތީގައި ހުރިއިރު، ޕިކަޕުގެ ކުރީކޮޅު ވެސް އޮތީ ހަލާކުވެފަ އެވެ.
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
15 އަހަރު ކުރީ އެކްސިޑެންޓެއްގެ ދައުވާއިން ސަލާމަތް
އެކްސިޑެންޓަކާ ހެދި ބަދަލު ހޯދަންކުރި ދައުވާ ނާކާމިޔާބު
ދުންޖަހާ މީހުން ޖޫރިމަނާކޮށް ވެހިކަލް ވެސް އަތުލަންވީ!
ލައިސަންސް ނެތި ދުއްވަނިކޮށް ޖެހުނީ ކުއްޖެއްގެ ގައިގައި
މަގު ހުރަސްކުރަނިކޮށް ކާރުން ޖައްސައި ފިލުމުން ހައްޔަރު
ކައްދޫ އެކްސިޑެންޓް: މީހަކު ހައްޔަރުކޮށް، ބަންދަށް!
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
މަގުހުރަސްކުރަން އުޅުނު ބަޔަކު އެކްސިޑެންޓުވެ ފަރުވާދެނީ
ފުލުހުން ފެނުމުން އަނބުރާލި ވަގުތު އެކްސިޑެންޓެއް