ހެވީ މެޓަލް މިއުޒިކްގެ ލެޖެންޑެއްގެ ގޮތުގައި މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އޮޒީ އޮޒްބޯން އިއްޔެ މަރުވެއްޖެ އެވެ.
ހެވީ މެޓަލް މިއުޒިކްގެ ލެޖެންޑެއްގެ ގޮތުގައި މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އޮޒީ އޮޒްބޯން އިއްޔެ މަރުވެއްޖެ އެވެ.
އުމުރުން 76 އަހަރުގައި އޮޒީ މަރުވިކަން އޭނާގެ އާއިލާގެ ފަރާތުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ. އޭނާ މަރުވި ގޮތެއް އާއިލާއިން ހާމައެއް ނުކުރެ އެވެ.
"ޕާކިންސަން" ކިޔާ ބައްޔަކަށް އޮޒީ ފަރުވާ ހޯދަމުން އަންނަތާ ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ. އޭނާ ވަނީ އެ ބައްޔަށް ފަރުވާކުރާކަން 2020 ވަނަ އަހަރު މީޑިއާއަށް ވެސް ހާމަކޮށްފަ އެވެ. ހަށިގަނޑުގެ ނާރުތަކަށް ޖެހޭ އެ ބަލީގެ ސަބަބުން މީހާއަށް ވާހަކަދައްކައި އުޅެން ދަތިވެ އެވެ. އަދި މަޑުމަޑުން މީހާގެ އަޑު މަޑުވެ، ވާހަކަ ނުދެއްކޭ ހިސާބަށް ވެސް އެ ބަލީގައި ދެ އެވެ.
އެ ބަލީގެ އިތުރުން ވެސް ސިއްހީ ވަރަށް ގިނަ މައްސަލަތަކަށް އޭނާ ފަރުވާ ހޯދަމުން އައި ކަމަށް ބައެއް ރިޕޯޓްތައް ބުންޏެވެ.
ހަތްދިހައިގެ އަހަރުތަކުގައި ވިދާލި ބްލެކް ސަބަތު ބޭންޑުގެ އިސް ލަވަކިޔުންތެރިޔާ އޮޒީ ވަނީ 2023 ވަނަ އަހަރު އޭނާގެ މިއުޒިކީ ކެރިއަރު ހުއްޓާލައި ރިޓަޔާކޮށްފަ އެވެ.
ދެ ކައިވެންޏެއް ކޮށްފައިވާ އޮޒީގެ ހަ ކުދިން ތިބެ އެވެ.
އޮޒީގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޑްރީމާ" އާއި "ޕެރަނޮއިޑް" އާއި "އަޔަން މޭން" އާއި "ވޯ ޕިގްސް" އާއި "މާމާ، އައިމް ކަމިން ހޯމް" އަދި "ޗިލްޑްރެން އޮފް ގްރޭވް" ހިމެނެ އެވެ.
ކަރަންޓުގައި ޖެހި ފިހުނު މީހާ ނިޔާވެއްޖެ
ބޭބެ ނިޔާވިތާ 24 ގަޑިއިރު ނުވެ ކޮއްކޮ ނިޔާވެއްޖެ
އޭދަފުށީ ހިތްގައިމު މިސްކިތުގެ ބާނީ އަވަހާރަވެއްޖެ
ގެސްޓްހައުސެއްގެ ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ
ހޮންކޮންގު ބޮޑު އަލިފާނުގައި މަރުވި އަދަދު 128 އަށް
ލަންކާ ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ
ނިޔާވި އަންހެން މީހާގެ ދަރިފުޅުގެ ހާލު ސީރިއަސް!
މާބަނޑު މީހެއް ނިޔާވި މައްސަލައެއް ބަލަނީ
ބޮލީވުޑްގެ ލެޖެންޑް ދަރްމެންދުރަ މަރުވެއްޖެ
އަބްދުއްރަހްމާން މަރާލި ކަމަށް ތިން މީހަކަށް ދައުވާ