Roadha Mihaaru

ކަރަންޓުގައި ޖެހި ފިހުނު މީހާ ނިޔާވެއްޖެ

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ނޮވެމްބަރު 26 ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ކުންފުނީގެ މުވައްޒަފު ތައިލެންޑުގައި ފަރުވާދެނިކޮށް މިއަދު ނިޔާވެއްޖެ އެވެ.

ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެނިކޮށެވެ.

ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސުވިޗު ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން އަންނަނިކޮށް، ހިނގި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހުނު އަޒްމީލް އިތުރު ފަރުވާ އަށް ތައިލެންޑަށް ގެންދިޔައީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭގަ އެވެ.

އޭނާ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭގެ ފަހުން އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ.

އަޒްމީލަށް އިތުރު ފަރުވާ ދިނުމަށް އެއާ އެމްބިއުލާންސްގައި ބެންކޮކަށް ފުރުވާލަން މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭ ތައްޔާރުވަނީ.

އަޒްމީލަށް އިތުރު ފަރުވާ ދިނުމަށް އެއާ އެމްބިއުލާންސްގައި ބެންކޮކަށް ފުރުވާލަން މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭ ތައްޔާރުވަނީ.

އެނގިފައިވާ ގޮތުގައި އަޒްމީލްގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ބެލެހެއްޓީ ސްޓެލްކޯއިންނެވެ. އޭގެ ތެރޭގައި އިތުރު ފަރުވާ އަށް އެއާ އެމްބިއުލާންސްގައި ތައިލެންޑަށް ގެންދިއުން ވެސް ހިމެނެ އެވެ. ސްޓެލްކޯ އިން ކުރިން ބުނެފައި ވަނީ އަޒްމީލްގެ ފަރުވާގެ ކަންކަން ވަރަށް ގާތުން ބަލައި، އެ ކުންފުނީގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އެ މުވައްޒަފުގެ އާއިލާއާ ގުޅިގެން ދޭނެ ކަމަށެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ސްޓެލްކޯ އިން ކުރިން ވަނީ ބުނެފަ އެވެ.

ހުޅުމާލޭގެ ބާ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވެ، ބައެއް ސަރަހައްދުތަކުން މިދިޔަ ނޮވެމްބަރު 26 ގައި ކަރަންޓުގެ ހިދުމަތް ވެސް ކެނޑުނެވެ.