ލ. މާވަށު، މޫސާ އިބްރާހީމަށް މިދިޔަ ޖުލައި މަހު ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އިބްރާހީމަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދައުލަތުން ކޮށްފި އެވެ.
25 ސެޕްޓެމްބަރ 2025
ލ. މާވަށު، މޫސާ އިބްރާހީމަށް މިދިޔަ ޖުލައި މަހު ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އިބްރާހީމަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދައުލަތުން ކޮށްފި އެވެ.
ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭ މާވަށުގައި މޫސައަށް ހަމަލާދިނުމަށް ފަހު، ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އިބްރާހިމް ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން މުހައްމަދު އިބްރާހީމްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ދައުވާ އަކީ އެ ގާނޫނުގެ (5) ވަނަ މާއްދާގެ ދަށުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް މަރުގެ ހުކުމް އަންނާނެ އެވެ.
އޭނާގެ މައްޗަށް އުފުލި ދެވަނަ ދައުވާ އަކީ އެ ގާނޫނުގެ (3) ވަނަ މާއްދާގެ ދަށުން، މަގުބޫލު ސަބަބެއް ނެތި އާއްމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ 6-12 މަހާ ދެމެދުގެ ޖަލު ހުކުމެކެވެ.
މޫސާ އިބްރާހީމް މަރާލުމުގެ ތުހުމަތުކުރެވޭ މުހައްމަދު އިބްރާހިމް ހުރީ ޖުލައި 28 ވަނަ ދުވަހުން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު އެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އެ އޮފީހުން އެ ރިޕޯޓު ބަލައިގެންފައިވާ ކަމަށެވެ.
މޫސަ އާއި މުހައްމަދުގެ މެދުގައި ހިނގި ހަމަނުޖެހުންތަކެއްގައި މޫސަގެ ކަރަށް ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާއަށް ފަރުވާދޭން މާވަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.
އެ ރަށުން މީގެ ކުރިން "މިހާރު" އަށް ވާހަކަ ދެއްކި މީހުން ބުނެފައިވާ ގޮތުގައި ދެ މީހުންގެ މެދުގައި ހަމަނުޖެހުން ހިނގީ މޫސަގެ އަތުން މަސްތުވާތަކެތި ގަތުމަށް ފަހު، ފައިސާ ނުދީގެން ކަމަށް ބުނެ މައްސަލަ ގޯސްވެފައި އޮންނަތާ ދެ ދުވަސް ފަހުންނެެވެ.
މާވަށު މަރުގެ މައްސަލާގައި ދައުވާކުރަން ފޮނުވައިފި
މާވަށުގައި މަރާލި މޫސަގެ ޖަނާޒާ މާދަމާ ބާއްވަނީ
މާވަށުގައި ޒުވާނާ މަރާލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މާވަށު މަރުގެ ފަހަތުގައި މަސްތުވާތަކެތީގެ ވިޔަފާރި!
މާވަށުގައި މީހަކު މަރާލަން ބޭނުންކުރި ވަޅި ހޯދައިފި
އުދައްޔުގެ މަރު:ސަލާމަތްވި މީހާގެ މައްސަލަ ހައި ކޯޓަށް
އަސީލް މަރާލި މައްސަލަ އަލުން ބަލަން އަންގައިފި
ގާޒީ ފާއިޒްގެ ނިންމުން ބަދަލުކޮށް، ލަމްހާ ބަންދަށް
ޝެފަކު މަރާލި މައްސަލާގައި ދައުލަތުން ހައި ކޯޓަށް
މާޅޮހު މަރުގެ މައްސަލަ ޕީޖީއަށް ފޮނުވަން ތައްޔާރުވަނީ