އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އޭނާ ގާތުގައި ރައްޓެހިވާން އެހި ކަމަށް އިނގިރޭސި އެކްޓްރެސް އެމާ ތޮމްޕްސަން ބުނެފި އެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އޭނާ ގާތުގައި ރައްޓެހިވާން އެހި ކަމަށް އިނގިރޭސި އެކްޓްރެސް އެމާ ތޮމްޕްސަން ބުނެފި އެވެ.
ސްވިޒަލޭންޑުގައި މިހާރު ކުރިއަށް ގެންދާ ލޮކާނޯ ފިލްމް ފެސްޓިވަލުގެ އިވެންޓަކަށް ދިން އިންޓަވިއުއެއްގައި 66 އަހަރުގެ އެމާ ވަނީ އޭނާގެ ފިލްމީ ކެރިއަރާއި ޒާތީ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ.
އެމާ ބުނީ ޓްރަމްޕުގެ ކޯލެއް އޭނާއަށް ލިބުނީ 1998 ވަނަ އަހަރު ނުކުތް އޭނާގެ ސިޔާސީ ފިލްމު "ޕްރައިމަރީ ކަލާސް"ގެ ޝޫޓިންގައި އުޅުނު ދުވަސްވަރު ކަމަށެވެ.
ފޯނަށް ގުޅައި، އެއީ ޑޮނާލްޑް ޓްރަމްޕް ކަމަށް ބުނެ އަދި އޭނާއާއެކު ރޭގަނޑުގެ ކެއުމަކަށް ދިއުމަށް ދައުވަތު ދިން ކަމަށް ވެސް އެމާ ބުންޏެވެ.
އެ ދައުވަތު ދިނުމުން އުފާކުރާ ކަމަށާއި އޭނާއަށް ޝުކުރު އަދާކޮށް، ފަހުން ޖަވާބެއް ދޭނެ ކަމަށް އެމާ ބުންޏެވެ.
އެއީ ޓްރަމްޕް އޭނާގެ ދެވަނަ އަނބިމީހާ މާލާ މެޕްލްސް ވަރިކުރަން އުޅުނު ދުވަސްވަރެވެ.
"އަހަންނަށް ޑޮނާލްޑް ޓްރަމްޕާއެކު ޑޭޓަކަށް ދެވުނީސް. އެ ދުވަހު ދިޔަ ނަމަ މިއަދު އެމެރިކާގެ ތާރީޚު ބަދަލުކޮށްލެވުނީސް،" އެމާ ބުންޏެވެ.
ޓްރަމްޕް މިހާރު ކައިވެނިކޮށްގެން އުޅެނީ މިލޭނިއާ ޓްރަމްޕްއާ އެވެ. އެއީ އޭނާގެ ތިންވަނަ އަނބިމީހާ އެވެ.
އެމާ ކައިވެނިކޮށްގެން އުޅެނީ އިނގިރޭސި ފިލްމު ޕްރޮޑިއުސަރު ގްރެގް ވައިސްއާ އެވެ. އެ ދެމަފިރިންގެ ދެ ކުދިން ތިބެ އެވެ.
ކާކްއަށް ފާޑުކިޔުމުން ޖިމީ ކިމެލްގެ ޝޯ ހުއްޓުވައިފި
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ޓްރަމްޕްގެ "ވޯކް އޮފް ފޭމް" އަށް ތިން ވަނަ ގެއްލުން
އިންތިހާބުގެ ނަތީޖާ "އޮޅުވާލި" ވާހަކަ އަށް ފިލްމެއް
"އިޚްވާނުލް މުސްލިމީން" އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް
ހަރަދު ކުޑަކުރަން ހެދި އޮފީސް "ސިއްރުން" އުވާލައިފި
ސްކުއިޑް ގޭމް އެމެރިކާ ޑައިރެކްޓްކުރަނީ ޑޭވިޑް ފިންޗާ
ތަރިންނާއެކު އިންޑިއާގައި އަނެއްކާވެސް ބޮޑު ކައިވެންޏެއް
"ހަންގާ ގޭމްސް"ގެ އާ ފިލްމު އަންނަ އަހަރު ގެނެސްދެނީ
މަމްދާނީއާ ބައްދަލުކޮށް، ޓްރަމްޕުގެ ރާގު ބަދަލުވެއްޖެ