ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދެއްވަން އެދި އެ ޕާޓީގެ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލިއުމަކުން ދަންނަވައިފި އެވެ.
ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދެއްވަން އެދި އެ ޕާޓީގެ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލިއުމަކުން ދަންނަވައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކައުންސިލްގައި 33 މެމްބަރުން ތިބޭ އިރު އެގޮތަށް އެދިފައި އޮތް ލިއުމުގައި 29 މެމްބަރަކު ވަނީ ސޮއިކޮށްފަ އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވާނީ ހުރިހާ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީ ބާއްވަން ޖެހެނީ ރިޔާސީ އިންތިހާބު އޮންނަ ތާރީޚުގެ ކުރިން ތިން މަހާއި ހަ މަހުގެ މުއްދަތެއްގެ ތެރޭގަ އެވެ.
ރައީސް ޔާމީން އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް: ރައީސް ޔާމީންގެ ކެމްޕޭންގެ ގިނަ ހަރަކާތްތަކެއް އެކަމަނާ ކުރިއަށް ގެންދަވާ .--ފޮޓޯ:ރައީސް އޮފީސް
ކައުންސިލްގެ އެހާ ގިނަ މެމްބަރުންގެ ސޮޔާ އެކު ކުރީގެ ރައީސް މައުމޫނުގެ އަރިހުން އެގޮތަށް އެދިވަޑައިގެންނެވި ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެމަނިކުފާނު އެސްއެމްއެސް އަކުން ޖަވާބުދެއްވާފައި ވަނީ ޕާޓީގެ އެތެރޭގައި އޮންނަ ޑިމޮކްރެޓިކް އުސޫލްތަކާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ އެވެ.
ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމަށް ކައުންސިލްގެ ގިނަ މެމްބަރުން އެދުނު އިރު މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ 2018 އަށް އަމާޒުކުރައްވައިގެން ކެމްޕޭން ކުރައްވަމުންނެވެ. އެގޮތުން ރިޔާސީ އިންތިޚާބަށް މީހުން ތައްޔާރުކުރަން ތަފާތު މަހާސިންތާތައް ބާއްވާފައިވެ އެވެ. އަދި ޕީޕީއެމްގެ މަޖިލިހުގެ ގިނަ މެމްބަރުންނާއި ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ވަކިން ހިންގަވާ އޮފީހުގެ ފަރާތުން ވެސް 2018 އަށް އަމާޒުކޮށް ރައީސް ޔާމީންގެ ކެމްޕޭންތައް ކުރިއަށް ގެންދެ އެވެ.
ޕީޕީއެމްގެ އޮފީހާ ނުގުޅި ފަސްޓް ލޭޑީ ފާތުން ގެންދަވަނީ އެކަމަނާގެ އަމިއްލަ އޮފީހެއް ވެސް ހިންގަވަމުންނެވެ.
"ޕީޕީއެމް ހަލާކުވީ ރިޔާސީ ޕްރައިމަރީ ބޭއްވި ދުވަހު"
ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ވުމަށް އުމަރު އެދިއްޖެ
މަކަރެއް ނުހެދޭނެ، ޕްރައިމަރީ ކާމިޔާބުކުރާނަން: އުމަރު
ރައީސަށް ޓިކެޓް ދެއްވަން މައުމޫން ހުރަހެއް ނާޅުއްވާނެ
ރިޔާސީ ޓިކެޓު ޔާމީނަށް ދޭން މަޖުބޫރު: ނިހާން
ވެރިކަން ވައްޓާލަން އުޅުނީ މައުމޫނު އިސްވެ: ޔާމީން
މައުމޫން ސިޔާސީ ކަންކަން ހުއްޓާލަން ޔާމީންގެ ރައްދެއް
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
މައުމޫނަށް ދިމާވި ހާލަތަކީ ރައީސާއި ނަޝީދަށް އިބުރަތެއް
ތާއީދު ގެންދެވީ ކޮރަޕްޝަނާއި އަނިޔާވެރިވުމުން: ޔުމްނާ