Roadha Mihaaru
ޔާމީނާ ދެކޮޅަށް މައުމޫން ނުކުތީ "ލެގަސީ" ދުއްވާލާތީ

ޔާމީނާ ދެކޮޅަށް މައުމޫން ނުކުންނެވީ "ލެގަސީ" ދުއްވާލާތީ ކަމަށް ވިދާޅުވި: އަބްދުއްރަހީމް

30 ޖުލައި 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް، އެ މަނިކުފާނުގެ އެއްބަފާ ބޭބެފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ނުކުމެވަޑައިގަތީ މައުމޫންގެ "ލެގަސީ" ދުއްވާލަން މަސައްކަތް ކުރެއްވުމުން ކަމަށް އޭނާ ގާތުގައި ވިދާޅުވި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ވަގުތީ ހިންގުމުގައި އިސްވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް، އެ މަނިކުފާނުގެ އެއްބަފާ ބޭބެފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ނުކުމެވަޑައިގަތީ މައުމޫންގެ "ލެގަސީ" ދުއްވާލަން މަސައްކަތް ކުރެއްވުމުން ކަމަށް އޭނާ ގާތުގައި ވިދާޅުވި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ވަގުތީ ހިންގުމުގައި އިސްވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވި އެވެ.

ޕީޕީއެމާ އަލަށް ގުޅުނު މެމްބަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ޔާމީންގެ އެދިވަޑައިގަތުމަކަށް އޮކްޓޯބަރު 7، 2016 ގައި މައުމޫންގެ އޮފީހަށް އޭނާ ވަޑައިގެން އެ މަނިކުފާނާ ބައްދަލުކުރެއްވި ކަމަށެވެ. އޭރު ވެސް މައުމޫނާއި ޔާމީނާ ދެ ބޭފުޅުންގެ މެދުގައި ވަނީ ހިތްހަމަނުޖެހުންތައް އުފެދެން ފަށައިފަ އެވެ.

މައުމޫންގެ ހިތްޕުޅުގައި ޔާމީނާ މެދު އުފެދިފައިވާ ހިތްހަމަނުޖެހުންތައް އެ ބައްދަލުވުމުގައި އަބްދުއްރަހީމާ ހިއްސާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ފަޅެއް ހިއްކައިގެން ހުޅުމާލެ ތަރައްގީ ކޮށްފައިވާއިރު، މާލެއާ ގުޅުވާލައިގެން ބްރިޖު އަޅަނީ ކީއްކުރަންތޯ އާއި މާލޭގައި އިސްލާމީ މަރުކަޒެއް ހުއްޓައި އާޓިފިޝަލް ބީޗު ސަރަހައްދުގައި އެފަދަ ދެ ވަނަ މަރުކަޒެއް އަޅަނީ އަދި ހުޅުމާލެ ދެ ވަނަ ފިޔަވަހި ހިއްކައިގެން ޒުވާނުންގެ ސަހަރު ހަދަނީ ކީއްކުރަންތޯ މައުމޫނު ސުވާލު އުފެއްދެވި ކަމަށް، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

"ކީއްކުރަން އަޅާ ބްރިޖެއް ހެއްޔޭ، އިސްލާމީ މަރުކަޒެއް އަޅާފައި ހުއްޓާ ކީއްކުރަން ހެއްޔޭ އަލުން، ހުޅުމާލެ ހިއްކާފައި ހުއްޓައި އަލުން ހިއްކައިގެން ދެ ވަނަ ފިޔަވަހީގައި ޒުވާނުންގެ ސަހަރު ހަދަނީ، އެއީ އެ ކޯލިޝަނުން ވަކިވުމަށް [މައުމޫން] ދެއްކި ހުއްޖަތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގައި އޭރު އުފެދުނު ހަމަނުޖެހުންތަކުގައި އެ ޕާޓީ ދެ ފަޅިވެ، މައުމޫން ފެކްޝަނުން ވަނީ ޔާމީންގެ ސަރުކާރަށް ކުރި ތާއިދު އަނބުރާ ގެންގޮސްފަ އެވެ. އޭގެ ފަހުން، މައުމޫން އިދިކޮޅު ކޯލިޝަންގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން ފެއްޓެވި އެވެ. އެ މަސައްކަތްތަކުގެ ތެރެއިން، ސުޕްރީމް ކޯޓުން ނެރުނު ވަރުގަދަ އަމުރަކާ ގުޅިގެން ޔާމީންގެ ވެރިކަމުގައި ބޭބޭފުޅު މައުމޫން ހައްޔަރުކޮށް ޖަލަށް ލުމަށް ވެސް ހުކުމްކުރި އެވެ.

ނަމަވެސް ޖަލުން ސަލާމަތްވެ، އަދި ޕީޕީއެމް ލިބޭނެ ގޮތެއް ނެތުމުން މައުމޫން ވަނީ ފަހުން "މޯލްޑިވްސް ރިފޯމް މޫވްމަންޓް" ގެ ނަމުގައި ޕާޓީއެއް އުފައްދަވައިފަ އެވެ.

"ކީއްކުރަން އަޅާ ބްރިޖެއް ހެއްޔޭ، އިސްލާމީ މަރުކަޒެއް އަޅާފައި ހުއްޓާ ކީއްކުރަން ހެއްޔޭ އަލުން، ހުޅުމާލެ ކިއްކާފައި ހުއްޓައި އަލުން ހިއްކައިގެން ދެ ވަނަ ފިޔަވަހީގައި ޒުވާނުންގެ ސަހަރު ހަދަނީ، އެއީ އެ ކޯލިޝަނުން ވަކިވުމަށް [މައުމޫން] ދެއްކި ހުއްޖަތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ގައުމު ތަރައްގީވުމުން އޭގެ ފައިދާ ލިބޭނީ އެންމެންނަށް ކަމަށެވެ. ބްރިޖު އަޅައިގެން ފައިދާވަނީ ހަމައެކަނި ޔާމީނަށްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

އެމްއާރުއެމްގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: މިހާރު

އެމްއާރުއެމްގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: މިހާރު

"ނޫން، ދިވެހި ރައްޔިތުންނަށް ފައިދާވީ. މުޅި ދިވެހި ގައުމަށް އޭގެ ފައިދާވީ. ހުޅުމާލޭގައި ޔޫތު ސިޓީއެއް ބިނާކުރީމަ އޭގެ ފައިދާވީ ދިވެހި ރައްޔިތުންނަށް. ރައީސް ޔާމީން މިއަދާ ހަމައަށް ވެރިކަމުގައި ހުންނެވި ނަމަ މިއަދު ޔޫތު ސިޓީ އޮންނާނީ ކިހިނެއްތޯ. އިސްލާމީ މަރުކަޒެއް މިއަދު އާޓިފިޝަލް ބީޗުގައި ބިނާކުރީމާ އޭގެ ރީތި ނަން ލިބެނީ ދިވެހި ރައްޔިތުންނަށް. ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތުން އޭގެއިން ދައްކައިދެނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެންމެ އިސްލާމީ މަރުކަޒެއް ނޫން ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ހުންނަން ވާނީ. އެހެންވެ އަޅުގަނޑު މި ދަންނަވަނީ އެ ބޭފުޅުންގެ ހިތްޕުޅުގައި އޮތް ގައުމީ ލޯބި ތިބޭފުޅުން އަމިއްލަ އަށް ވަޒަން ކޮށްލާށޭ. މިއީ، ރައީސް ޔާމީނާ ހިތްޕުޅާ ހަމަނުޖެހިވަޑައިގެން ރައީސް މައުމޫން ކޯލިޝަނުން ވަކިވެވަޑައިގެންނެވި ސަބަބު."

އަބްދުއްރަހީމް ވިދާޅުވީ އޭނާ ގާތުގައި މައުމޫން ދެއްކެވި އެ ވާހަކަތަކަށް މައުމޫނަށް ދެކޮޅެއް ނުހެއްދެވޭނެ ކަމަށެވެ.

"އަޅުގަނޑު ގާތު ވިދާޅުވީ ތިމަންނަ މައްސަލައަކީ މިއީއޭ. ތިމަންނަގެ ލެގަސީ ދުއްވާލާށޭ ރައީސް ޔާމީން އެ މަސައްކަތް ކުރައްވަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަނުން ކާމިޔާ ބުކުރާނެ އެވެ.