Roadha Mihaaru
މެރީޑިއަމުން ފައިސާ ހޯދަން ރިޔާޒަށް ދައުވާ ނުކުރެވޭނެ

މެރީޑިއަމް އަށް ދޫކުރި ތަނެއްގެ ފައިސާ ހޯދަން ރިޔާޒްގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ

14 ޖޫން 2016

މ. ނިޔަނދުރުގެ އިން މެރީޑިއަމް ކުންފުންޏަށް ދޫކުރި ތަނެއްގެ ފައިސާ ހޯދަން ރިޔާޒް ރަޝީދުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

މ. ނިޔަނދުރުގެ އިން މެރީޑިއަމް ކުންފުންޏަށް ދޫކުރި ތަނެއްގެ ފައިސާ ހޯދަން ރިޔާޒް ރަޝީދުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

އެ ކޯޓުން މި ގޮތަށް ކަނޑައެޅީ، މި ނިޔަނދުރުގެ އިން، މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދަށް ދޫކޮށްފައިވާ ތަނެއްގެ ކުލީގެ ގޮތުގައި ލިބެން ޖެހޭ 469،000ރ. ހޯދަން، މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ކުރެއްވި ދައުވާއަކާ ގުޅިގެންނެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ސިވިލް ކޯޓުން ނިންމީ، އެ ތަން ކުއްޔަށް ދޫކޮށްފައި އޮތީ މެރީޑިއަމް ކުންފުންޏަށް ކަމަށެވެ. އެހެންކަމުން އެ ކުންފުނިން ޒިންމާވާން ޖެހޭ ގޮތަށް ކުއްޔަށް ދީފައި އޮތް ތަނަކުން ލިބެން ޖެހޭ ފައިސާ ހޯދުމަށް، ރިޔާޒް ރަޝީދުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށާއި އެހެންކަމުން އެ ދައުވާ ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމީ އެވެ.

ނާޒިމްގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހެޅި އިރު، ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ ނާޒިމް މިހާރު ހުންނެވީ 25 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ނަމަވެސް ބޭސް ފަރުވާއަކަށް ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު އޭނާ ވަނީ ފިއްލަވައިގެން އިނގިރޭސި ވިލާތަށް ވަޑައިގެންފަ އެވެ.