އއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރާވަޑައިގެންފި އެވެ.
19 އޯގަސްޓް 2025
އއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރާވަޑައިގެންފި އެވެ.
މިއަދު ފުރަތަމަ ވަޑައިގަންވަނީ އއ. ހިމަންދޫއަށެވެ. މިއަދު މާޅޮސް، ފެރިދޫ އަދި މަތިވެރިއަށް ވެސް ވަޑައިގަންނަވާނެ އެވެ. މިރޭގެ ޖަލްސާ އޮންނާނީ މަތިވެރީގަ އެވެ.
ބާކީ ހުރި ރަށްތަކަށް ވަޑައިގަންނަވާނީ މާދަމާ އެވެ.
ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ. އަދި މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވުމާއި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހު ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މިއީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި މި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ރިޔާސީ ދައުރުގެ ތެރޭގައި ދެ ފަހަރު ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
އެ މަނިކުފާނު އެންމެ ފަހުން ވަޑައިގަތީ ބ. އަތޮޅަށެވެ. މި މަހު 11 އިން 14 އަށް ކުރެއްވި އެ ދަތުރުފުޅުގައު އެ އަތޮޅުގެ 13 ރަށަކަށް އެ ފަހަރު ވެސް ވަޑައިގަތެވެ.
ރައީސް މުއިއްޒު އއ. އާއި ކ. އަތޮޅަށް
ޖަނަވާރުންނަށް ރައްކާތެރިކަންދޭ ބިލު ތަސްދީގުކުރައްވައިފި
ވިލިމާލޭގައި ދިރިއުޅޭ މީހުންނާ ރައީސް ބައްދަލުކުރައްވަނީ
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް
މައުމޫނަށް ނަސްރުގެ ދުވަހު ހާއްސަ ޝަރަފު އަރުވަނީ
ޖޭއެސްސީގެ މެމްބަރު ކަމަށް ހުސްނީ އައްޔަންކޮށްފި
ނޮވެމްބަރު 2 ބަންދުކޮށް 4 ދުވަހުގެ ޗުއްޓީއަކަށް
އައްޑޫ ރިފަރެންޑަމް ވޯޓުގެ ސުވާލުތައް އިސްލާހުކޮށްފި
ޖަރުމަނުގެ އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި
16 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ކުނބުރުދުއަށް