ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ރަށް ދަތުރުދާން ހާއްސަކޮށް، ސަރުކާރުން ތަރައްގީކޮށްދޭނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
20 އޯގަސްޓް 2025
ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ރަށް ދަތުރުދާން ހާއްސަކޮށް، ސަރުކާރުން ތަރައްގީކޮށްދޭނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، މަތިވެރީގައި ރައީސް ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރައްވާއިރު، ޕިކްނިކް އައިލެންޑެއް ހަމަޖައްސައިދޭން ވަރަށް ގިނަ ރަށްރަށުން އެދޭ ކަމަށެވެ. އާއިލާ އެކު ޕިކްނިކަށް އެއްވެލާނެ ރަށެއް ނެތުމަކީ ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަން ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ އަތޮޅެއްގެ ރައްޔިތުން ދަތުރު ދާން ވަކި ރަށެއް ހާއްސަވެފައި އޮތުމަކީ ޓޫރިޒަމަށް ވެސް ފައިދާ ކުރާނެ ކަމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދަތުރުދާނެ ރަށްތައް ތަރައްގީކުރަން މިހާރު ދިރާސާ ކުރިއަށް އެބަދެ އެވެ. އެ ރަށްތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް ރަށް އަޅުގަނޑުމެން ނަގައި، އެ ރަށް އެއީ އެ އަތޮޅެއްގެ ރައްޔިތުންނާއި އެ ރައްޔިތުންގެ ގެސްޓް ހައުސްތަކާއި އެކަހަލަ ކަންކަމަށް، ގެސްޓުންނަށް ޕިކްނިކް ދާން ހާއްސަ ކުރާނަން،" ރައީސް ވިދާޅުވި އެވެ.
"ރަށްރަށުގެ ރައްޔިތުންނަށް ވަރަށް އުނދަގޫ، ފުރުސަތު ނެތް އާއިލާއާ އެކު ޕިކްނިކް ދާނެ ތަނެއް. ގެސްޓުން ގެންދާނެ ތަނެއް ވެސް ނެތް. އެހެންވެ ކޮންމެ އަތޮޅަކަށް އެއް ރަށް ސަރުކާރުން ތަރައްގީކޮށްދީ، އެކަމުގެ ދިރާސާތައް އެބަކުރެވޭ. އެ މަސައްކަތް ނިންމާނަން."
ރައީސް ވަނީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވައުދުތަކެއް ފުއްދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.
އުތުރު އަތަފަރު ހަންޏާމީދުއަށް، އަލިކޮއި އެންމެންނަށް!
އަހަރެމެންނަށް ފަޅުރަށެއް ވެސް، ތުނޑިއެއް ވެސް ނެތް!
ދިވެހިން ދަތުރު ދާ ހުރިހާ ރަށެއް ވިއްކައި ހުސްކޮށްފި
އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި
"ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ރަނުގެ ފުރުސަތެއް"
އައްޑޫގެ ބޮޑު ތިން ވައުދަށް ވެސް ބޮޑެތި ކާމިޔާބީތަކެއް
އައްޑޫގައި 1000އެނދުގެ އައްސޭރިޓޫރިޒަމްގެ މަޝްރޫއެއް
ޝަންގްރިއްލާގެ މަސައްކަތްތައް ރައީސް ބައްލަވާލަައްވައިފި
ފުވައްމުލަކުގައި ޓޫރިސްޓު ހޮޓަލެއް ހަދަން އެއްބަސްވުމެއް
ލޮއްސަލަފުށި ދައުލަތަށް ނެގުމަށްފަހު ކުރެންދޫއަށް ދެނީ