ޓީމުގެ ޒުވާން ކުޅުންތެރިންނަށް ޕްރެޝަރާ ކުރިމަތިނުލެވޭތީ، ބަދަލުގައި އަރުވާ ސީނިއާ ކުޅުންތެރިންނަށް ވެސް އެކަން ނުވަންޏާ ދެން އެކަމުގެ ޒިންމާ އޭނާ ނަގާ ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ބުނެފިި އެވެ.
24 މާޗް 2017
ޓީމުގެ ޒުވާން ކުޅުންތެރިންނަށް ޕްރެޝަރާ ކުރިމަތިނުލެވޭތީ، ބަދަލުގައި އަރުވާ ސީނިއާ ކުޅުންތެރިންނަށް ވެސް އެކަން ނުވަންޏާ ދެން އެކަމުގެ ޒިންމާ އޭނާ ނަގާ ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ބުނެފިި އެވެ.
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ކިރްގިސްތާން އަތުން އަދި މިރޭ ނޭޕާލް އަތުން ބަލިވީ ވެސް ނިންމަން ލިބުނު ފުުރުސަތުގެ ބޭނުން ނުހިފިގެންނެވެ. ހާއްސަކޮށް ތަޖުރިބާކާރު ބައެއް ކުޅުންތެރިންނަށް ވަނީ ނިންމަން ލިބުނު ފުުރުސަތުތަކުގައި ގޯސްތަކެއް ހެދިފަ އެވެ.
ކޯޗު ޝަރަފް ބުނީ މުޅި ޓީމު ބަރޯސާވަނީ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ކޯޓްމަތީގައި ނިންމާ ނިންމުންތަކަށް ކަމަށާއި އެކަމަކު ބަޓިސް އަށް ވުރެ، ޒުވާން ސެޓަރު ހުސެއިން ވިޝާމް (ބުޅިކޭ) ސްޕީޑް ރަނގަޅުވެފައި ޓެކްނިކަލީ މޮޅުކަމަށެވެ. އެކަމަކު ވިޝާމްގެ މައްސަލައަކީ މެޗުގެ ޕްރެޝަރު ގަޑީގައި ރަނގަޅަށް ނިންމުންތައް ނުނިންމުން ކަމަށް އޭނާ ބުންޏެވެ.
"އެހެންވެ ވިޝާމަށް ނުވާ ކަންތައް ކުރަން ބަޓިސް އަޅުގަނޑުމެން މި އަރުވަނީ. ދެން ބަޓިސް އަރާ އޭނާ އަށް އެ ޕްރެޝަރު ހޭންޑްލް ނުކުރެވެންޏާ، އެއީ އަޅުގަނޑުގެ މައްސަލައެއް ކަމަށް އަޅުގަނޑު މިބަލަނީ. ބަޓިސް އަށް އެ ޕްރެޝަރު ހެންޑްލްކުރާނެ ގޮތެއް ނެތް އަޅުގަނޑަށް ދައްކައިދެވިފައިއެއް،" ޝަރަފް ބުންޏެވެ.
ޝަރަފް ބުނީ ދެ މެޗުގައި ވެސް ރާއްޖެ ކުޅުނީ ޕްރެޝަރުގައި ކަމަށާއި އެކަމަކު ޓީމުގައި ތިބި ސީނިއާ މުހިއްމު ކުޅުންތެރިންނަށް އެ ޕްރެޝަރާ ކުރިމަތިލާނެ ގޮތެއް ހޯދައިދިނުމުގައި، އޭނާ އަށް އޭނާގެ ދައުރު ފުރިހަމައަށް އަދާކުރެވިފައިނުވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އެހެން ބުނަން ޖެހުނު ސަބަބަކީ، ކޮންމެ ގޮތެއް ވިޔަސް ރާއްޖޭގައި ކުޅުނީމާ އަޅުގަނޑުމެން މި ބަލަމުން އައީ އަދި އުއްމީދުކުރަމުން އައީ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ އެޑްވާންޓޭޖެއް ކަމަށް. އެ އެޑްވާންޓޭޖް، އެޑްވާންޓޭޖެއްގެ ގޮތުގައި ނުފެނު. ސަޕޯޓަރުން ވަރަށް ހިތްވަރުކުރި. އެކަމަކު އަޅުގަނޑުމެންނަށް އެ ޕްރެޝަރު ހެންޑްލްނުކުރެވުނީ. ނިންމަން ލިބުނު ސެޓުތަކުގައި ވެސް ކޮންމެ ސެޓެއް ނިންމަން ލިބޭއިރު އެގަޑީގައި ކުދިކުދި މިސްޓޭކްސް ހެދެނީ. އެންމެ ކީ ޕްލޭޔާސް އަތުން މިސްޓޭކް ހެދެނީ،" ޝަރަފް ބުންޏެވެ.
ޒުވާން ކުޅުންތެރިޔާ ވިޝާމް މިއަދުގައި މެޗުގައި ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ޝަރަފް ބުނީ ފަހު ގަޑީގައި ކުރަން ޖެހޭ ކަންތައް ކުރުމުގައި ދަތިތަކެއް ދިމާވަނީ ހާސްވެ ތެޅިފޮޅެގަނެވޭތީ ކަމަށާއި އެކަން ރަނގަޅުކުރަން ކޯޗުން ބުންޏަސް، ޓްރެއިނިން ހެދިޔަސް، މިއަދު ވެސް އެ ހާލަތުގައި ދިމާވީ ހަމަ އެހެން ކަމަށެވެ.
ޝަރަފް ބުނީ އޭނާގެ ސިލެކްޝަނާ މެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށާއި ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) ބެންޗުގައި ބެހެއްޓިއިރު، އޭނާގެ މަގާމަށް މިހާރު ކުޅޭ ހަސަން ނިލާމް ކޮންމެ މެޗެއްގައި ވެސް ވަރަށް ރަނގަޅަށް ޕާފޯމްކުރާ ކަމަށެވެ. އަދި ސިލެކްޝަނާ މެދު ޓީމުގެ ތެރޭގައި ވެސް އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ޝަރަފް ބުންޏެވެ.
ޒުވާނުންގެ މަރުކަޒުގެ ކޯޓުގެ އުދާސްކަމާއި ހޫނުގެ އަސަރުކުރިތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޝަރަފް ބުނީ ހޫނުގަދަ ކަމަށާއި އެކަމަކު އެއީ އުޒުރެއް ނޫން ކަމަށެވެ.
"ހޫނުގަދަ، ހޫނުގަދަ. އެކަމުގައި ޝައްކުކަމެއް ނެތް. އެކަމަކު މާހައުލުގެ ވާހަކަ ދައްކައި އެއީ އުޒުރަކަށް ހަދާކަށް ނެތިން. މިތަނަށް އަޅުގަނޑުމެން ފަރިތަ އެކަމަކު، އެއް ދުވަހަށް ވުރެ އަނެއް ދުވަސް ހޫނުގަދަވަމުން އަންނަނީ. ސަބަބަކީ މިތަނުގައި ހުރި ވެންޓިލޭޝަން ސިސްޓަމް މަސައްކަތްނުކުރާތީ. އިއްޔެ މަސައްކަތް ކުރި ވަރަށް މިއަދު ނުކުރޭ. މާދަމާ މިވަރަށް ނުކުރާނެ. އެއީ އެކަން އޮތްގޮތް އެކަމަކު ހޫނުގަދަވެގެނެއް ނޫން އަޅުގަނޑުމެން ބަލިވަނީ،" ޝަރަފް ބުންޏެވެ.
ނާކާމިޔާބީއާ މެދު ކުޅުންތެރިންގެ ބަސް
ހުރިހާ ތީރެއް ޝަރަފާ ދިމާލަށް، އޭނާ ބުނަނީ ކީކޭ؟
ވާދަކުރެވޭ، ހޯދަންވީ ނަތީޖާ ނުނެރެވޭ ސަބަބު: ކޯޗު
ސެމީ އަށް ދިއުމަށް ރާއްޖެއަށް އޮތީ ކޮން ފުުރުސަތެއް؟
ތަށްޓެއްގައި އަތްލުމަށް ވޮލީ ޓީމަށް ރަނުގެ ފުރުސަތެއް
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޗެލެންޖްކަޕްގައި ފިރިހެން ވޮލީޓީމަށް ނާކާމިޔާބު ފެށުމެއް
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
ދެވަނަ މެޗުގައި ލަންކާ އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ކާވާ ކްލަބް މުބާރާތް: ޕޮލިހާއި ވެމްކޯ މޮޅުވެއްޖެ