އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ދެ މެޗުން ބަލިވެފައިވާ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ސެމީ ފައިނަލުގެ އުއްމީދު އާކުރުމަށް މަރުގެ މެޗަކަށް މިއަދު ހަވީރު ތުރުކުމެނިސްތާނާ ދެކޮޅަށް ނުކުންނާނެ އެވެ.
26 މާޗް 2017
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ދެ މެޗުން ބަލިވެފައިވާ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ސެމީ ފައިނަލުގެ އުއްމީދު އާކުރުމަށް މަރުގެ މެޗަކަށް މިއަދު ހަވީރު ތުރުކުމެނިސްތާނާ ދެކޮޅަށް ނުކުންނާނެ އެވެ.
މިއަދުގެ މެޗާ ކުރިމަތިލާއިރު ލީގު ބުރުގެ އެެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ސީދާ ދެވޭނެ ގޮތެެއް ރާއްޖެ އަށް ނެތެވެ. އޮތް ފުރުސަތަކީ ލީގު ބުރުގެ ތިން ވަނަ ހޯދައި، ދެ ވަނަ ޓީމާ އެކު ސެމީ ފައިނަލް ކުޅުމެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ ސެމީން މޮޅުވާ ޓީމަކަށެވެ.
ލީގު ބުރުގެ ތިން ވަނަ ހޯދުމުގެ ވެސް އަމިއްލަ ބާރެއް ރާއްޖެ އަށް ނެތެވެ. ރާއްޖެ އަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ މިއަދު ތުރުކުމެނިސްތާން އަތުން ފަސް ސެޓަށް ނުގޮސް (ސީދާ ތިން ސެޓުން ނުވަތަ 3-1 ސެޓުން) މޮޅުވެގެންނެވެ. ފަސް ސެޓަށް ގޮސްގެން 3-2 ސެޓުން މޮޅުވިޔަސް ނުވަތަ އެއްވެސް ނަތީޖާއަކުން ރާއްޖެ ބަލިވެއްޖެ ނަމަ ސެމީން ފުރުސަތު ނުލިބި ކަޓާނެ އެވެ.
ފަސް ސެޓަށް ނުގޮސް (ސީދާ ތިން ސެޓުން ނުވަތަ 3-1 ސެޓުން) މޮޅުވިޔަސް ފުރުސަތު ލިބޭނީ މާދަމާ ހަވީރު ކިރްގިސްތާން އަތުން ފަސް ސެޓަށް ނުގޮސް (ސީދާ ތިން ސެޓުން ނުވަތަ 3-1 ސެޓުން) ނޭޕާލް ބަލިވެއްޖެ ނަމަ އެވެ. ނޭޕާލް އެއްވެސް ނަތީޖާއަކުން މާދަމާ މޮޅުވިޔަސް ނުވަތަ ފަސް ސެޓަށް ގޮސްގެން (3-2 ސެޓުން) ބަލިވިޔަސް ރާއްޖެ ކަޓާނެ އެވެ.
އެހެންވެ އަމިއްލަ ގައުމުގައި ބައިނަލްއަގްވާމީ މުބާރާތެއް ކުޅެން ފިރިހެން ޓީމަށް ލިބުނު ފުރުސަތުގައި ދަަށްވެގެން ސެމީ ފައިނަލާ ހަމަޔަށް ދިއުމަށް މިއަދު ފަސް ސެޓަށް ނުގޮސް ތުރުކުމެނިސްތާން ބަލިކޮށް އަދި މާދަމާ ކިރްގިސްތާން އަތުން ފަސް ސެޓަށް ނުގޮސް ނޭޕާލް ބަލިވާން ޖެހެ އެވެ. ވޮލީބޯޅައިގައި މޮޅުވާ ޓީމަކަށް ތިން ޕޮއިންޓް ލިބޭއިރު ފަސް ސެޓަށް ގޮސްގެން މޮޅުވެއްޖެ ނަމަ ލިބޭނީ 2 ޕޮއިންޓެވެ. ފަސް ސެޓަށް ގޮސް ބަލިވެއްޖެ ނަމަ އެއް ޕޮއިންޓް ލިބޭނެ އެވެ. އެހެންވެ މާދަމާ ނޭޕާލް ފަސް ސެޓުން ބަލިވިޔަސް އެ ޓީމަށް އެއް ޕޮއިންޓް ލިބި ޖުމްލަ ހަތަރު ޕޮއިންޓް ހަމަވާނެ އެވެ. ރާއްޖެ އަށް ގިނަ ވެގެން ހަމަކުރެވޭނީ މިއަދު ފަސް ސެޓަށް ނުގޮސް މޮޅުވެގެން ލިބެން އޮންނާނެ ތިން ޕޮއިންޓެވެ.
ގައުމީ ކޯޗު މުހައްމަދު ޝަރަފް ބުނީ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއް ވަރަށް ހަމަހަމަ ކަމަށާއި އެކަމަކު ޓެކްނިކަލީ ބަލާއިރު ތުރުކުމެނިސްތާނަކީ އެންމެ މޮޅު ޓީމު ކަމަށެވެ.
"އެހެންވެ ހާލަތު އޮތްގޮތުން އެންމެ މޮޅު ޓީމު ބަލިކޮށްގެން ނޫނީ ނެތް މިވަގުތު ކުރިއަށް ދެވޭކަށް. މޮޅުވިޔަސް މެތެމެޓިކަލީ ކެޓުމުގެ ފުރުސަތު ވެސް އެބައޮތް،" ޝަރަފް ބުންޏެވެ.
ތުރުކުމެނިސްތާން ވަނީ ފުރަތަމަ މެޗުން ނޭޕާލް އަތުން ސީދާ ތިން ސެޓުން މޮޅުވެ އިއްޔެ ހަވީރު ކިރްގިސްތާން އަތުން ފަހަތުން އަރައި 3-2 ސެޓުން މޮޅުވެފަ އެވެ.
ނާކާމިޔާބީއާ މެދު ކުޅުންތެރިންގެ ބަސް
ހުރިހާ ތީރެއް ޝަރަފާ ދިމާލަށް، އޭނާ ބުނަނީ ކީކޭ؟
ވާދަކުރެވޭ، ހޯދަންވީ ނަތީޖާ ނުނެރެވޭ ސަބަބު: ކޯޗު
ޕްރެޝަރާ ކުރިމަތިނުލެވޭ މައްސަލައިގައި ޒިންމާނަގަން: ޝަރަފް
ތަށްޓެއްގައި އަތްލުމަށް ވޮލީ ޓީމަށް ރަނުގެ ފުރުސަތެއް
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޗެލެންޖްކަޕްގައި ފިރިހެން ވޮލީޓީމަށް ނާކާމިޔާބު ފެށުމެއް
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
ދެވަނަ މެޗުގައި ލަންކާ އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ކާވާ ކްލަބް މުބާރާތް: ޕޮލިހާއި ވެމްކޯ މޮޅުވެއްޖެ