ހދ. ކުޅުދުއްފުށީ ފަރަށް އިއްޔެ ހަވީރު އެރި ހއ. ކެލާ ބޯޓު މިއަދު ފުން ކޮށްފި އެވެ.
01 ސެޕްޓެމްބަރ 2025
ހދ. ކުޅުދުއްފުށީ ފަރަށް އިއްޔެ ހަވީރު އެރި ހއ. ކެލާ ބޯޓު މިއަދު ފުން ކޮށްފި އެވެ.
މުދާ އުފުލާ، ޑީއެމްއެލް އެކްސްޕްރެސް 5، ފަރަށް އެރީ ކުޅުދުއްފުށިން އިންޖީނު ހެދުމަށް ފަހު ކެލައަށްދާން އެ ރަށު ފަޅުން ނުކުންނަން އުޅެނިކޮށް އިންޖީނު ހުއްޓިގެންނެވެ.
ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭގެފާނު ބަނދަރާ ދިމާލުން ހުޅަނގު ފަރާތަށް އެރި ބޯޓު މިއަދު ހެނދުނު ފުން ކޮށްފައިވާކަން ކުޅުދުއްފުށީ ކައުންސިލުން ވަނީ ޔަގީން ކޮށްދީފަ އެވެ. އެ ބޯޓު އޮތީ އެ ރަށުގެ އެމްޕީއެލް ބަނދަރަށް ގެންގޮސްފަ އެވެ.
އެ ބޯޓުގެ އެއް ހިއްސާދާރު އަދި ކެލާ ކައުންސިލް ކުރީގެ ރައީސް އާދަމް ގުފްރާން "މިހާރު" އަށް ރޭ ވިދާޅުވީ ބޯޓުގައި އެއްވެސް މުދަލެއް ނުހުންނާނެ ކަމަށެވެ.
އެ ބޯޓު ފަރަށް އެރިއިރު އޭގައި ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހުން ތިބި ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޖީނު ހަދައިގެން ފަޅުން ނިކުންނަނިކޮށް ފަރަށް!
ހއ. އާއި ހދ. ގެ މަޝްރޫއުތައް މި އަހަރު ނިމޭނެ
އެންމެ އުތުރަށް ލަންކާގެ ދަތުރު މުހިންމުވެފައި!
ޑްރަގް އުފުލި ބޯޓެއްގެ ފަޅުވެރިއަކު އުމުރަށް ޖަލަށް
ކުޅުދުއްފުއްޓަށް ޓުޓިކޮރިން އިން މުދާ ގެންދަން ފަށައިފި
ހަނިމާދޫ ބަލިކޮށް ހދ.ގެ ޗެމްޕިއަންކަން ކުޅުދުފުއްޓަށް
މުދަލާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައި، އަޑިއަށް
ކުޅުދުއްފުށީގައި ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް
ކުޅުދުއްފުށީގައި މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް
ކުޅުދުއްފުށީ ކުޅިއަށް އިތުރު ހިތްގައިމުކަން