12 އޯގަސްޓް 2018
މި ސަރަހައްދުގެ ރަށްތައް ރީޗެވެ. އާންމުން މަސައްކަތްތެރި އެވެ. ކުށް މަދެވެ. އެހެންކަމުން މިއީ ޓޫރިޒަމަށް އެންމެ ފައްކާ އެއް ހިސާބެވެ. އެކަމަކު ގުދުރަތީ ވަސީލަތްތަކާއި އިންވެސްޓަރުން ތިބި ނަމަވެސް ރާއްޖޭގެ އެންމެ އުތުރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަވަސް ދަތުރުފަތުރުގެ ހިދުމަތް ނެތުމެވެ. މީގެ 28 އަހަރު ކުރިން ހުޅުވި ހދ. ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް އައިސްފައިނުވާތީ މި ސަރަހައްދުގެ ވިޔަފާރިތަކާއި ތަރައްގީ އޮތީ ގޮންޖެހުންތަކެއްގެ ތެރޭގަ އެވެ.
މި ސަރަހައްދުގެ ރަށްތައް ރީޗެވެ. އާންމުން މަސައްކަތްތެރި އެވެ. ކުށް މަދެވެ. އެހެންކަމުން މިއީ ޓޫރިޒަމަށް އެންމެ ފައްކާ އެއް ހިސާބެވެ. އެކަމަކު ގުދުރަތީ ވަސީލަތްތަކާއި އިންވެސްޓަރުން ތިބި ނަމަވެސް ރާއްޖޭގެ އެންމެ އުތުރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަވަސް ދަތުރުފަތުރުގެ ހިދުމަތް ނެތުމެވެ. މީގެ 28 އަހަރު ކުރިން ހުޅުވި ހދ. ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް އައިސްފައިނުވާތީ މި ސަރަހައްދުގެ ވިޔަފާރިތަކާއި ތަރައްގީ އޮތީ ގޮންޖެހުންތަކެއްގެ ތެރޭގަ އެވެ.
ހއ. އަތޮޅުގައި ހިންގާ ދެ ރިސޯޓާއި ހދ. އަތޮޅުގައި ދާދި ފަހުން ހުޅުވި ހޮނޑާފުށި ރިސޯޓުގެ އިތުރުން ށ. އަތޮޅުގައި ހިންގާ ސިއްރު ފެންފުއްޓަށް ޓޫރިސްޓުން ގެންނަނީ މި އެއާޕޯޓުންނެވެ. އަދި ހއ. އާއި ހދ. އަތޮޅުގެ ރީތި ރަށްތަކުގައި ޓޫރިސްޓުންނަށް އަމާޒުކޮށްގެން ދިހަ ވަރަކަށް ގެސްޓް ހައުސް ހިންގަ އެވެ. އެތަންތަނަށް ދިއުމަށް މަހެއްގެ މައްޗަށް 2،000 އެއްހާ ޓޫރިސްޓުން ހަނިމާދޫ އެއާޕޯޓަށް އާދެ އެވެ. އަދި ކައިރި މުސްތަގުބަލެއްގައި 12 ރިސޯޓެއް ހުޅުވި 3،000 އަށް ވުރެ ގިނަ ޓޫރިސްޓު އެނދު މި ސަރަހައްދުގައި ގާއިމްކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
ހަނިމާދޫ އެއާޕޯޓް 2013 ގައި އިންޓަނޭޝަނަލް ކުރި ނަމަވެސް ބޭރަށް ހަމައެކަނި ދަތުރުކުރަނީ އިންޑިއާގެ ޓްރެވަންޑްރަމަށެވެ. އެއީ މޯލްޑިވިއަންގެ ޑޭޝް ފްލައިޓެއްގައި ހަފްތާއަކު ދެ ދަތުރެވެ. ޓްރެވަންޑްރަމަކީ ޓޫރިސްޓު މަންޒިލަކަށް ނުވުމާއި ވިޔަފާރީގެ ހަބަކަށް ނުވާތީއާ އެކު އެ ދަތުރުތައް އާންމުކޮށް ބޭނުންކުރަނީ ބޭސްފަރުވާއަށެވެ. އެހެންކަމުން އެއާޕޯޓް އިންޓަނޭޝަނަލް ވުމުގެ މާ ބޮޑު ފައިދާއެއް އަދި ނުފެނެ އެވެ.
ހދ. ހަނިމާދޫ އެއާޕޯޓަށް ޖެއްސި ބޯޓަކުން ބަޔަކު ފައިބައިގެން ދަނީ
މާލެއިން ހަނިމާދުއަށް ޓޫރިސްޓުން ގެންނަން ކުރަން ޖެހޭ މަސައްކަތާއި ހޭދަ ބޮޑެވެ. ދުރު ގައުމުތަކުން މާލެ އަންނަ ޓޫރިސްޓުން ހަނިމާދުއަށް ގެންނަން ޖެހެނީ އަނެއްކާ 50 މިނެޓްގެ ދަތުރަކަށް ފަހު އެވެ. ޓިކެޓުގެ އަގު އިންތިހާއަށް ބޮޑެވެ. ޓޫރިސްޓު ހިދުމަތް ދޭ ތަންތަނަށް ދޭ ހާއްސަ ރޭޓުން ވެސް އެކަކުގެ ދެ ކޮޅު ޓިކެޓަށް 230 ޑޮލަރު (3،546 ރުފިޔާ) އަރަ އެވެ. އަދި ހަނިމާދޫން އެރަށަކަށް ދާން ލޯންޗު ފީއަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ. އޭގެ ނަތީޖާއަކަށް ވަނީ މި ސަރަހައްދުގެ ރިސޯޓުތަކަށާއި ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު އިންތިހާއަށް މަދުވުމެވެ.
ހއ. ކެލާގައި ހިންގާ "ބީޗް ހޯމް ކެލާ" ގެ ވެރިޔާ މޫސާ ހަލީމް ވިދާޅުވީ ޒަމާނީ ފެންވަރެއްގައި ގެސްޓް ހައުސްތަކެއް ހެދި ނަމަވެސް އުންމީދުކުރި ވަރަށް ޓޫރިސްޓުން ނުގެނެވޭ ކަމަށެވެ. ޓޫރިސްޓުން ބޭނުންވާ މާހައުލާއި ހިދުމަތްތައް ރަށްތަކުން ލިބެން ހުއްޓަސް ދަތުރަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމަކީ އެ މީހުންނަށް އޮތް ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މާފުށީ ކަހަލަ ރަށެއްގައި އެއް ހަފްތާގެ ސްޓޭއަށް ހަރަދުވާވަރު މި ހިސާބުގެ ގެސްޓް ހައުސްއަކަށް ދާން ހަމައެކަނި ޓްރާންސްޕޯޓަށް އެބަ ހޭދަވޭ. އެހެންވެ ވަރަށް އުނދަގޫ ޓޫރިސްޓުން ގެންނަން،" ހަ ކޮޓަރީގެ ގެސްޓް ހައުސް ހިންގާ މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވާ ގޮތުގައި މި ސަރަހައްދުގެ ޓޫރިޒަމް ފުޅާކުރެވެން އޮތީ ހަނިމާދޫން ސްރީ ލަންކާއަށް ދަތުރުތައް ފެށިގެންނެވެ. ސްރީ ލަންކާއަކީ ރާއްޖެ އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުން ޓްރާންޝިޓް ކުރާ މައި ހަބެވެ. އަދި ލަންކާގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ރާއްޖެ އަންނަ ޓޫރިސްޓުން ވެސް ގިނަ އެވެ. އަދި ރާއްޖެއަށް ޔޫރަޕު ޓޫރިސްޓުން ފޮނުވާ ގިނަ އެޖެންޓުން ވެސް ތިބެނީ ސްރީ ލަންކާގަ އެވެ. އެހެންކަމުން ލަންކާ އިން ހަނިމާދުއަށް ދަތުރުތައް ފަށައި ނަމަ، ޓޫރިސްޓުންނަށް އިތުރު ފުރުސަތެއް ފަހިވާނެ ކަމަށް މޫސަ ގަބޫލުކުރައްވަ އެވެ.
ހއ. ކެލާ އަތިރިމަތީގައި ދެ ޓޫރިސްޓަކު ދިވެހި ސަގާފީ ހެދުމެއްގައި
ރީތި ގެސްޓް ހައުސްތައް ފަޅުވެ ރިސޯޓްތަކަށް އެކަށީގެންވާ ވަރަށް ޓޫރިސްޓުން ނުގެނެވުމުގެ އިތުރުން މި ސަރަހައްދުގެ ވިޔަފާރިތަކަށް ވެސް ގިނަ ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. ހއ. ހޯރަފުއްޓާއި ދިއްދޫގެ އިތުރުން ހދ. ކުޅުދުއްފުށީ ފަދަ ރަށްރަށުގެ ވިޔަފާރިވެރިން މުދާ އިމްޕޯޓްކުރެ އެވެ. އެކަމަކު މިހާރު އެ މުދާ ގެންނަން ޖެހެނީ މާލެ ސަރަހައްދުން ނެރެގެންނެވެ.
ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ "ބެސްޓް ބަޑީ" ކުންފުނީގެ ވެރިޔާ އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި ބޭރަށް މުދާ ބަލާ ދަތުރުކުރަނީ ގިނަ ފަހަރަށް ލަންކާ މެދުވެރިކޮށެވެ. އެހެންކަމުން ހަނިމާދޫން ލަންކާއަށް ދެވޭ ގޮތް ހަމަޖެހިއްޖެ ނަމަ ވިޔަފާރިވެރިންނަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މިދަނީ ހަނިމާދޫން މާލެ. މާލޭގައި ދެ ތިން ދުވަހު މަޑުކުރަން އެ ވެސް ހަރަދު. ދެން އަނެއްކާ މާލެއިން ލަންކާއަށް. ލަންކާއިން ޗައިނާއަށް މިދަނީ. އޭގެ ބަދަލުގައި ހަނިމާދޫން ލަންކާއަށް ގޮސް ޗައިނާއަށް ދެވޭ ނަމަ ދަތުރު ކުރުވެފައި ހަރަދު ބޮޑުތަން ކުޑަވާނެ،" އިބްރާހިމް ވިދާޅުވި އެވެ.
މި އެއާޕޯޓުން އިންޑިއާއަށް ދަތުރުތައް ފެށުމާ އެކު ކަސްޓަމްސް އާއި އިމިގްރޭޝަން ފަދަ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބޭނުންވާނެ ވަސީލަތްތައް ވަނީ ގާއިމްކޮށްފަ އެވެ. ނަމަވެސް ލަންކާއަށް ދަތުރު ފަށަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޮޑެތި ފްލައިޓްތަކަށް ޖެއްސޭނެ ރަންވޭއެއް ހަނިމާދޫގައި ނެތުމެވެ.
ގިނަ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ރަންވޭގެ ދިގުމިނަކީ 1.2 ކިލޯ މީޓަރެވެ. ބައިނަލްއަގުވާމީ ދެ އެއާޕޯޓު ކަމަށްވާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ ދިގުމިނަކީ 3.6 ކިލޯ މީޓަރެވެ. އެހެންކަމުން ހަނިމާދޫ އެއާޕޯޓަށް ބޮޑެތި ފްލައިޓްތައް ޖައްސަން ރަންވޭ ބޮޑުކުރަން ޖެހެ އެވެ.
މި އެއާޕޯޓް ތަރައްގީކުރަން ޖެހޭ ވާހަކަ ދައްކާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެކަމަކު އަދި އަމަލީ ސިފައެއް ނާދެ އެވެ. މި ސަރުކާރުން 2016 ގައި ވަނީ ހަނިމާދޫ އެއާޕޯޓްގެ ރަންވޭ 1.8 ނުވަތަ 2 ކިލޯމީޓަރަށް ދިގުކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ވެރިކަމުގެ ދައުރު ނިމިގެން އެދަނީ މަސައްކަތް ނުފެށި އެވެ.
މިދިޔަ މަހު ރައީސް އަބްދުﷲ ޔާމީން މި ރަށަށް ވަޑައިގެން އެ ވާހަކަފުޅު އަނެއްކާވެސް ވަނީ ދައްކަވައިފަ އެވެ. ރައީސް ޔާމީން ވިދާޅުވީ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ، ހަނިމާދޫ އެއާޕޯޓު ބޮޑުކޮށް، ޖެޓުތައް ޖެއްސޭ ފެންވަރުގެ ތަނަކަށް ހައްދަވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ސަރަހައްދުގެ މައި އެއާޕޯޓަކަށް ހަނިމާދޫ އެއާޕޯޓު ވެގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ހަނިމާދޫ އެއާޕޯޓަކީ މިހާރު ބޮޑެތި މަތިންދާބޯޓު ފަހަރު ޖެއްސޭވަރުގެ އެއާޕޯޓެއް ނޫން. ތިން ހާސް އެނދު އިތުރުވެގެން ދާއިރު، މުއްސަނދިން ޕްރައިވެޓް ޖެޓުގައި އައިސް، ދަތުރުކުރެވޭ ވަރުގެ އެއާޕޯޓެއް ނޫން. އެހެންވީމަ، އަޅުގަނޑުމެންގެ މި އަންނަ ފަސް އަހަރުގެ އެންމެ ކުރީކޮޅު ހަނިމާދޫ އެއާޕޯޓު ބޮޑުވެގެން ދާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ކޮންމެއަކަސް ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ތަރައްގީ އައިސްފައިނުވުމާ އެކު ބޮޑު ތިލަދުންމަތީގެ ތަރައްގީއަށް މިވަނީ ހުރަސްތަކެއް އެޅިފަ އެވެ. ޓޫރިޒަމާއި ވިޔަފާރިތައް ކުރިއަށް ގެންދަން އޮތް ވައިގެ މުހިންމު މަގު ތަނަވަސްނުކުރެވި އެވެ. ރާއްޖޭގެ މެދުންނާއި އެންމެ ދެކުނުން ބައިނަލްއަގުވާމީ ދަތުރުތައް ފަށާއިރު މި ސަރަހައްދަށް ވެސް އެކަން މުހިންމެވެ.
ރާއްޖެ-ލަންކާ ގުޅިގެން ޓޫރިޒަމް ކުރިއެރުވޭނެ: މަސްއޫދު
ރާއްޖެއަކީ ފޫހި މަންޒިލެއް ކަމަށް ބުނުމުން ފާޑުކިޔުން
ލަންކާ އަށް ދެން އެތެރެވެވޭނީ ވިސާ ފީ ދައްކައިގެން
އެއާ ފްރާންސުން ރާއްޖެ-ލަންކާ ދަތުރުތައް ފަށަނީ
ހއ. އާއި ހދ. ގެ މަޝްރޫއުތައް މި އަހަރު ނިމޭނެ
"ހުކުމާ މެދު ބައިނަލްއަގްވާމީ މުޖުތަމައު ކަންބޮޑުވޭ"
ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓުތައް ކުޅުދުއްފުއްޓަށް
އީދު ޗުއްޓީގައި ދިވެހިން ލަންކާއާ ދުރަށް!
ސިޓީ ހޮޓާ: ލޯކަލް ޓޫރިޒަމްތަ؟ ނޫނީ ބިން ފޭރުންތަ؟
މިނިވަންވެ "ސްނައިޕާ" ލަންކާއަށް