Roadha Mihaaru
ރައީސް ޔާމީނާއި މައުމޫނާ ދެމެދު އަނެއްކާ ކޮން ކަމެއް؟

ރައީސް ޔާމީނާއި މައުމޫނާ ދެމެދު އަނެއްކާ ކޮން ކަމެއް؟

15 ޖޫން 2016

ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެ ބޭފުޅުންގެ މެދުގައި ސިޔާސީ އެކި ކަންކަމުގައި ހިޔާލު ތަފާތުވެ، ބައެއް ކަންކަން ވަރަށް ގޯސް ހާލަތަކަށް ދާ ވާހަކަ އަބަދުވެސް ދެކެވެ އެވެ. އެއް އިރެއްގައި ރައީސް ޔާމީން އެންމެ އިތުބާރުކުރެއްވި އަހުމަދު އަދީބަށް، ނައިބު ރައީސްކަން ދެއްވުމާ މައުމޫން ދެކޮޅު ހެއްދެވުމާއި އަދީބުގެ މަގާމު ގެއްލުމުން އެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރައްވައި ރައީސް ޔާމީން ގިނަ ދުވަސްތަކެއް ވެއަތުކުރައްވާ މައްސަލަ ފަދަ ކަންކަން ފާހަގަކުރެވެ އެވެ. އެކަމަކު މި ހިޔާލު ތަފާތުވުންތައް ރައީސް ޔާމީނާއި މައުމޫން ވެސް ގެންގުޅުއްވަނީ "ބޮޑު ސިއްރެއް"ގެ ގޮތުގަ އެވެ. ކިތަންމެ ވަރަކަށް މަތި އަޅުއްވައި، ނުވާ ކަމަކަށް ހައްދަވަން އުޅުއްވިޔަސް ކޮންމެވެސް ގޮތަކުން އެކަން ލީކުވެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މިފަހަރު ވެސް ވެގެން މިއުޅެނީ ހަމަ އެކަހަލަ ގޮތެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކޯޅުމެވެ. މިއީ ޕީޕީއެމްގެ އެތެރޭގައި، ހާއްސަކޮށް ރައީސް ޔާމީނާއި މައުމޫނާ ދެ ބޭފުޅުންގެ ކޯޅުމަކަށް ވުން ވެސް ގާތެވެ. އެހެން ނޫން ނަމަ، 2018ގެ ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ދެއްވުމަށް ޕާޓީގެ ކައުންސިލުން ނިންމައިދޭން އެދި މެމްބަރުންތަކެއް ލިޔުމެއްގައި މިހާރު ސޮއިކުރާކަށް ނުޖެހޭނެ އެވެ. އެހާ ގުޅުން ރަނގަޅު ނަމަ، ރައީސް ޔާމީން، މައުމޫނަށް ދެންނެވުމާ އެކު، އެކަން އެގޮތަށް ކުރައްވަން މައުމޫން ތައްޔާރަށް ހުންނެވީހެވެ. އަދި ޑިމޮކްރެސީގެ އުސޫލުތަކާ ހިލާފަށް އަމަލު ނުކުރައްވާނެ ކަމަށް މައުމޫން ވިދާޅެއްނުވީހެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި އެ ޕާޓީގެ މެމްބަރުންތަކެއް. --ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ޖަލްސާއެއްގައި އެ ޕާޓީގެ މެމްބަރުންތަކެއް. --ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވާނީ ހުރިހާ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީ ބާއްވަން ޖެހެނީ ރިޔާސީ އިންތިހާބު އޮންނަ ތާރީޚުގެ ކުރިން ތިން މަހާއި ހަ މަހުގެ މުއްދަތެއްގެ ތެރޭގަ އެވެ.

ނަމަވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަޕޯޓަރުން ހިފަނީ އަސާސީ ގަވައިދުގެ އެހެން މާއްދާއެއްގަ އެވެ. އެ މާއްދާގައި ވަނީ، ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެވަނަ ދައުރަކަށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ނަމަ، ޕްރައިމަރީއަކަށް ނުގޮސް އެ ބޭފުޅަކަށް އެ ޓިކެޓް ދެވިދާނެ ކަމަށެވެ. އެކަމަކު އެބޭފުޅާއާ ވާދަކޮށް، ޓިކެޓް ހޯދަން އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބަލަން ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާއަކަށް ދާން ޖެހެ އެވެ. ރިޔާސީ އިންތިހާބުގެ ތާރީހާ އެންމެ ކައިރިކޮށް ބާއްވާ ކޮންގްރެސްގައި، މި ހާލަތުގައި ޕްރައިމަރީއެއް ބާއްވަން ނިންމައިފި ނަމަ އެކަން ކުރަން ޖެހެ އެވެ.

ވަރަށް ސާފުކޮށް މިހާރު އެނގެނީ ރައީސް ޔާމީން ބޭނުންފުޅުވަނީ ޕްރައިމަރީއަކަށް ތަން ނުދެއްވައި ޕީޕީއެމްގެ 2018ގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ހޯއްދެވުންކަމެވެ. ޕާޓީގެ އަސާސީ ގަވައިދު އޮތް ގޮތުން، ކައުންސިލުން އެކަން ނިންމައިފި ނަމަ އެކަން ވާނެ އެވެ. ދެން ސުވާލަކީ އެ ފުރުސަތު ކައުންސިލުން ލިބޭނެ ހެއްޔެވެ؟ ޖަވާބަކީ ނަމްބަރަށް ބަލާއިރު، ކައުންސިލް ބާއްވައި އެ މައްސަލަ އެޖެންޑާ ކޮށްފި ނަމަ ވަރަށް ފަސޭހައިން ރައީސް ޔާމީން އެކަން ކާމިޔާބު ކުރައްވާނެ ކަމެވެ. މައުމޫން ރިޔާސަތު ބަލަހައްޓަވާ ކައުންސިލްގައި 33 މެމްބަރުން ތިބޭއިރު ހަތަރުވަރަކަށް މީހުން ފިޔަވައި އެހެން މެމްބަރުން މިހާރު ވަނީ، ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދޭން މައުމޫނަށް ދަންނަވާ ލިޔުމުގައި ސޮއިކޮށްފައި ކަމަށް އެނގިފައިވެ އެވެ. އެ އަދަދުން މަންޒަރު ވަރަށް ސާފެވެ.

ރައީސް ޔާމީނާއި މައުމޫން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނާއި މައުމޫން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މީގައި ބޮޑު ކަމަކަށް ވާނީ މި މައްސަލަ އެޖެންޑާ ކޮށްފާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދާ ހިސާބުންނެވެ. އެ ސުވާލު އުފައްދަނީ މައުމޫންގެ ވިސްނުންފުޅު މި މައްސަލާގައި ތަފާތުވާ ކަމުގެ ހެކި ފެންނަން ހުރުމުންނެވެ. ޕީޕީއެމްގެ ކައުންސިލްގެ ކަންކަން ވަރަށް ގާތުން ބައްލަވާ ބޭފުޅަކު ވިދާޅުވި ގޮތުން ނަމަ، ކައުންސިލްގައި މައުމޫންގެ ވިސްނުންފުޅާ ދެކޮޅަށް މީގެ ކުރިން ބަސް ބުނަން ކެރެނީ މަދު ބަޔަކަށެވެ. އެކަމަކު މިހާރު މަންޒަރު ވަރަށް ތަފާތެވެ. މައުމޫން ރިޔާސަތު ބަލަހައްޓަވާ ޖަލްސާތަކުގައި، އެމަނިކުފާނުގެ ވިސްނުންފުޅާ ދެކޮޅަށް ވާހަކަ ދައްކަވާ މެމްބަރުން މިހާރު ގިނަކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ "ކުރުކޮށް ބުނާ ނަމަ، ހައެއްކަ މެމްބަރުން ނޫނީ، މިހާރު ދެން އޮންނާނީ ރައީސް ޔާމީންގެ މެޖޯރިޓީ" ކަމަށެވެ. އެހެންވީމާ ޕީޕީއެމްގެ އެތެރޭގެ ޕޮލިޓިކްސް ކުރިމަގުގައި ކުރަހާލާނެ ގޮތް ވެސް ތަސައްވުރު ކުރެވެ އެވެ.

ވަރަށް ސާފުކޮށް މިހާރު އެނގެނީ ރައީސް ޔާމީން ބޭނުންފުޅުވަނީ ޕްރައިމަރީއަކަށް ތަން ނުދެއްވައި ޕީޕީއެމްގެ 2018ގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ހޯއްދެވުންކަމެވެ. ޕާޓީގެ އަސާސީ ގަވައިދު އޮތް ގޮތުން، ކައުންސިލުން އެކަން ނިންމައިފި ނަމަ އެކަން ވާނެ އެވެ. ދެން ސުވާލަކީ އެ ފުރުސަތު ކައުންސިލުން ލިބޭނެ ހެއްޔެވެ؟ ޖަވާބަކީ ނަމްބަރަށް ބަލާއިރު، ކައުންސިލް ބާއްވައި އެ މައްސަލަ އެޖެންޑާ ކޮށްފި ނަމަ ވަރަށް ފަސޭހައިން ރައީސް ޔާމީން އެކަން ކާމިޔާބު ކުރައްވާނެ ކަމެވެ.

ރައީސް ޔާމީނަށް ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް ހޯއްދަވަން އެމަނިކުފާނާއި ސަޕޯޓަރުން މިހާ ކުރިން މަސައްކަތް ފެށީ ކީއްވެތޯ މިއީ ވެސް ސުވާލެކެވެ. ޕްރައިމަރީއަކަށް ހުޅުވާލައިފި ނަމަ، އެ ފުރުސަތު ރައީސް ޔާމީނަށް ގެއްލިދާނެތީ އެމަނިކުފާނު ބިރުފުޅު ގަންނަނީ ހެއްޔެވެ؟ އެ ޔަގީންކަން ނެތީ ހެއްޔެވެ؟ ރައީސް ޔާމީނާއި މައުމޫނާ ދެމެދުގައި ލެވިފައިވާ "ފާރު މަތިން" މިފަހަރު ހުރަސް ކުރައްވަން ގޮންޖެހުންތަކެއް ހުރީ ބާވަ އެވެ؟

ދެން އޮންނަ ރިޔާސީ އިންތިހާބަކަށް ޕީޕީއެމްގެ ޓިކެޓް ދެއްވަން މައުމޫން ބޭނުންފުޅުވަނީ އެހެން ބޭފުޅަކަށް ކަމުގެ އަޑު ވެސް ފެތުރެ އެވެ. އެއީ ވެސް މިހާ ކުރިން އެކަން ކޮޅެއްގައި ޖައްސަން ރައީސް ޔާމީން ބޭނުންފުޅުވާ އެއް ސަބަބު ކަމަށް ބެލެވެ އެވެ. އެންމެ ފަސޭހައިން ބައެއް މީހުން ދޭނެ ޖަވާބަކީ އެމެރިކާ ފަދަ ގައުމުތަކުގައި ވެސް، ރިޔާސީ ދައުރު ފުރިހަމަކުރަމުން އަންނަ ރައީސް ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ޕްރައިމަރީއަކަށް ނުދާތީ އެ ނަމޫނާ ނުނެގެންވީ ސަބަބެއް ނެތް ކަމެވެ.

ޕީޕީއެމްގެ އާއްމު ޖަލްސާއެއް ކުރިއަށް ގެންދަނީ. --ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ އާއްމު ޖަލްސާއެއް ކުރިއަށް ގެންދަނީ. --ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ އެތެރޭގެ ޕޮލިޓިކްސް އަބަދުވެސް ވަރަށް ޝައުގުވެރިވެ އެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބާއި އޭގެ ކުރި އެވެ. އަބަދުވެސް ފެންނަނީ ފެކްޝަންތަކެވެ. ޕީޕީއެމްގެ މައި އޮފީހެއް ހުންނައިރު، އެ އޮފީހުގެ ބޭނުމެއް ނެތް ކަހަލަ އެވެ. ގާތްގަނޑަކަށް ހުރިހާ ހަރަކާތެއް ހިންގަނީ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވާ، ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުންނެވެ. ޕާޓީއަށް މީހުން ވެއްދުމުގެ މަސައްކަތް ކުރަނީ ވެސް އެ އޮފީހުންނެވެ. ސަޕޯޓަރުންނަށް އެކި ޒާތްޒާތުގެ އެހީ ދިނުމާއި ޕާޓީގެ ކުރިއެރުމަށް ވެސް ހަރަކާތްތެރިކަމާ އެކު މަސައްކަތް ކުރަނީ އެ އޮފީހުންނެވެ. ޕީޕީއެމްގެ ރަސްމީ އޮފީހަކީ ހަމައެކަނި ޕާޓީގެ ކައުންސިލް ބާއްވާ ތަނެވެ. ޕާޓީގެ ކުރިއެރުމަށް އެ އޮފީހުން ކަމެއް ކުރާ ތަނެއް ނުފެނެ އެވެ. ޕީޕީއެމްގެ ސަރުކާރު ދިފާއުކޮށް، ޕްރޮމޯޓް ކުރުމަށް ސީދާ ޕީޕީއެމުން ކުރާ ކަމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ރައީސް ޔާމީންގެ ދެކަނބަލުން އެންމެ ފަހުން މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގަތުމުން، ޖުމްހޫރީ މައިދާނުން ސަޕޯޓަރުން މަރުހަބާ ދަންނަވަނީ: ރައީސް ޔާމީން ޕްރޮމޯޓް ކުރެއްވުމަށް، ޕީޕީއެމަށް ވުރެ ކުރީގައި އުޅުއްވަނީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ކިތަންމެ މަހާސިންތާއެއް ވަނީ ބާއްވާފަ އެވެ. އެކަމަކު އެއިން އެންމެ ހަފުލާއަކުން ވެސް މައުމޫނެއް ނުފެނެ އެވެ. މިކަމުގެ ދިފާއަކީ 2018ގައި ޕާޓީގެ ޓިކެޓް ދޭނެ ބޭފުޅަކު އަދި ކަނޑަނާޅާތީ، އެ މަހާސިންތާތަކަށް މައުމޫން ވަޑައިނުގަންނަވަނީ އެވެ. ރަނގަޅު ވާހަކައަކަށް ވެދާނެ އެވެ. އެހެން ކަމަށްވާ ނަމަ ދެން އުފެދޭ ސުވާލަކީ ރައީސް ޔާމީނާއި ސަރުކާރު ޕްރޮމޯޓް ކުރަން ބޭއްވި ހަފްލާތަކުން މައުމޫން ފެނުން އާންމު ހެެއްޔެވެ؟ އެ ސުވާލަށް ވިސްނާލާ ނަމަ މަންޒަރު ވަރަށް ސާފެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކައިރިވާ ވަރަކަށް، އެކަންކަމުގެ ހަގީގަތް އެނގޭނެ އެވެ. ހާއްސަކޮށް ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޕާޓީގެ ޓިކެޓް ދޭނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާއިރު، އެއްކަހަލަ ފެކްޝަންތައް ފެންނަން ފަށާނެ އެވެ.