ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވި މުހައްމަދު ނާސިހު ހިމެނޭ ގޮތަށް އެ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު މިއަދު އައްޔަންކުރައްވައިފި އެވެ.
07 ސެޕްޓެމްބަރ 2025
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވި މުހައްމަދު ނާސިހު ހިމެނޭ ގޮތަށް އެ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު މިއަދު އައްޔަންކުރައްވައިފި އެވެ.
ސީއެސްސީގެ ތިން މެމްބަރެއްގެ ދައުރު މިމަހުގެ 3 ގައި ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ހަ ނަމެއް މަޖިލީހަށް ފޮނުވި އެވެ. ކޮމިޓީން ދިރާސާކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ނިންމީ ނާސިހާއި ޑރ. ދީބާ މޫސާ އަދި ޑރ. ހުސެއިން ފާއިޒަށެވެ.
ރައީސް އޮފީހުން ބޭއްވި ރަސްމިއްޔާތެއްގައި މިއަދު ހެނދުނު، އެ ތިން ބޭފުޅުންނަށް ކޮމިޝަނުގެ މެމްބަރުކަމުގެ ހުވައިލައްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ. އަދި އެ ބޭފުޅުންނަށް މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އެވެ.
ސީއެސްސީއަށް އައްޔަންކުރެއްވި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ނާޒިމްގެ އަނބިކަނބަލުން ދީބާ ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ކަން ވެސް ކުރައްވައިފަ އެވެ. ޑރ. ފާއިޒަކީ ސުޕްރީމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލެވެ.
ނާސިހަކީ 2020 ގައި ސީއެސްސީއަށް އައްޔަންކުރި މެމްބަރެކެވެ. ކޮމިޝަނުގެ ރައީސްކަން ވެސް ކުރެއްވި އޭނާ އަލުން އެ މަގާމަށް ކުރިމަތިލީ މަގާމުގެ ދައުރު ހަމަވާތީ އެވެ. އެކަމަކު ނާސިހާއި އިތުރު މެމްބަރުންތަކެއްގެ މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ވަނީ މަޖިލިހުގެ ދާއިމީ ކޮމިޓީއަކަށް ހުށަހަޅައިގެން ބަލައިފަ އެވެ. ހައްސާސް މައްސަލައެއްގެ ގޮތުގައި އެކަން ބަލައި އެ ކޮމިޝަންގެ ބައެެއް މެމްބަރުން އޭރު ވަކިކުރިޔަސް އެ މައްސަލައިން ނާސިހު ސަލާމަތްވީ އެވެ.
ކުރީގެ ސިވިލް ސާވަންޓުން ވަޒީފާއަށް ވަންނަން ފުރުސަތު
ޖަނަވާރުންނަށް ރައްކާތެރިކަންދޭ ބިލު ތަސްދީގުކުރައްވައިފި
ވިލިމާލޭގައި ދިރިއުޅޭ މީހުންނާ ރައީސް ބައްދަލުކުރައްވަނީ
މުސާރައިގެ ކަންބޮޑުވުންތައް ހައްލުކޮށްފިން: ރައީސް
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް
މައުމޫނަށް ނަސްރުގެ ދުވަހު ހާއްސަ ޝަރަފު އަރުވަނީ
ޖޭއެސްސީގެ މެމްބަރު ކަމަށް ހުސްނީ އައްޔަންކޮށްފި
ނޮވެމްބަރު 2 ބަންދުކޮށް 4 ދުވަހުގެ ޗުއްޓީއަކަށް
އައްޑޫ ރިފަރެންޑަމް ވޯޓުގެ ސުވާލުތައް އިސްލާހުކޮށްފި
ޖަރުމަނުގެ އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި