ގާނޫނާ ހިލާފަށް ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުން ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.
08 ސެޕްޓެމްބަރ 2025
ގާނޫނާ ހިލާފަށް ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުން ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.
ކަސްޓަމްސް އިން ބުނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާއްމު ގަވައިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ސިއްރުން ރާއްޖެއަށް އެތެރެކޮށް، ވިއްކަމުންދާ ކަމަށެވެ.
އެކަން ހައްލުކުރަން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ބުންޏެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގަވައިދުގެ ދަށުން ބިޑި އަދި ސުއްޓާ ކަހަލަ ދުންފަތުގެ ބާވަތްތައް އަމިއްލައަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެއަށް އެތެރެ ނުކުރެވޭނެ އެވެ. އަދި އެފަދަ ތަކެތި އެތެރެކުރެވޭނީ ވެސް އެކަމަށް ބޭނުންވާ ހައްސަ ލައިސެންސެއް ނަގައިގެންނެވެ.
ކަސްޓަމްސް އިން ބުނީ އެ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި އެއާ ހިލާފަށް ވިއްކާ ދުންފަތުގެ ބާވަތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެހެންވެ، އެ އިދާރާއިން ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ އިންޒާރުގެ ނޯޓިސް ނުޖަހާ ހުންނަ ދުންފަތުގެ ބާވަތްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރަން އިލްތިމާސްކޮށްފަ އެވެ.
ހުއްދަ ނުނަގާ ދުންފަތުގެ ބާވަތްތައް ވިއްކާކަން ނުވަތަ އެއްވެސް މުއާމަލާތެއް ކުރާކަން އެނގިއްޖެނަމަ ކަސްޓަމްސްގެ ހިލޭ ގުޅޭ ނަމްބަރު، 1416 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެ އިދާރާއިން އެދެ އެވެ.
ގާނޫނާ ހިލާފަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުން ހުއްޓުވަން ކަސްޓަމްސް އިން ނުކުތްއިރު، މި ފަހުން އެ ފަދަ ބާވަތްތައް ވަގަށް އެތެރެކުރުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. މިދިޔަ އޭޕްރީލް މަހު ވެސް އެ އިދާރާއިން ވަނީ ވަގަށް އެތެރެކުރި 13.6 މިލިއަން ސިނގިރޭޓު އަތުލައިފަ އެވެ. ނަމަވެސް، އެ ތަކެތި އެތެރެކުރި ކުންފުންޏެއް ހާމައެއް ނުކުރެ އެވެ.
ބޮޑު ވޭޕްޝިޕްމަންޓް ގެނައީ ޑިޓަޖެންޓް ފުޅިތަކެއްގައި
ވޭޕްގެ އެންމެ ބޮޑު ޝިޕްމަންޓް އަތުލައިގެންފި
ދުންފަތާ ދެކޮޅަށް މިހާރު ބޭނުމީ ހަރުކަށި ތަންފީޒު!
ދުންފަތް ކޮންޓްރޯލްކުރަން ކުރާ މަސައްކަތަށް އެވޯޑެއް
ޖެނެރޭޝަނަލް ބޭން އަށް އަމަލުކުރަން ފަށައިފި
ޖެނެރޭޝަނަލް ބޭން އަށް 24 ގަޑިއިރު ދުވުން ފަށައިފި
ކަސްޓަމްސް ލިސްޓުގެ ކުރީގައި ސަލްޓަންސް
ޖެނެރޭޝަން ބޭން ފެށުމަށް 24 ގަޑިއިރުގެ ދުވުމެއް
ޖެނެރޭޝަން ބޭންއަށް ހޮނިހިރު ދުވަހު އަމަލުކުރަން ފަށަނީ
ހިފެހެއްޓި ތިން މިލިއަން ސިނގިރެޓް ނައްތާލައިފި