ބޮލީވުޑްގެ އެކްޓްރެސް ދިޝާ ޕަޓާނީގެ ގެއަށް ބަޔަކު ބަޑި ޖަހައިފި އެވެ.
ބޮލީވުޑްގެ އެކްޓްރެސް ދިޝާ ޕަޓާނީގެ ގެއަށް ބަޔަކު ބަޑި ޖަހައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާގެ އުއްތުރަ ޕްރަދޭޝްގައި ހުންނަ ދިޝާގެ ގެއަށް ބަޔަކު ބަޑި ޖެހީ އިއްޔަ ރޭ ފަތިހު އެވެ. އެކަން ކުރީ މޫނު ނިވާކޮށްގެން ތިބެ، ސައިކަލެއްގައި އެ ގެ ކައިރިއަށް ދިޔަ ދެ މީހެކެވެ. އެ ގޭގެ ބޭރު ފާރުގެ އެކި ތަންތަނަށް އެމީހުން ވަނީ 10-12 ފަހަރު ބަޑި ޖަހައިފަ އެވެ.
ބައެއް ނޫސްތަކުގައި ބުނީ އެ ހަމަލާ ދިން ވަގުތު އެ ގޭގައި ދިޝާ ނެތް ނަމަވެސް، އޭނާގެ ކޮއްކޮ ޚުޝްބޫ ޕަޓާނީ އާއި އޭނާގެ ބައްޕަ ޖަގްދީޝް ޕަޓާނީ އަދި މަންމަ ޕަދްމާ ޕަޓާނީ އުޅޭ ކަމަށެވެ. އެ ހަމަލާގައި އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ވެސް ބުންޏެވެ.
އެ ވަގުތު ދިޝާ ހުރީ މުމްބާއީގައި ކަމަށް ރިޕޯޓްތައް ބުންޏެވެ.
އިންޑިއާގެ ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ފުލުހުން ބައެއް މީޑިއާތަކަށް ބުނި ގޮތުގައި، އެ ގޭގެ އިމާރާތުގެ ބޭރުގެ އެކި ތަންތަނަށް ވަޒަން އަރާފައިވެ އެވެ. އަދި މި ހަމަލާއާ ގުޅިގެން އެ އާއިލާއަށް މިހާރު އަންނަނީ ރައްކާތެރިކަން ވެސް ދެމުންނެވެ.
މި ހަމަލާގެ ޒިންމާ ވެސް ބަޔަކު މިހާރު ވަނީ ނަގައިފަ އެވެ. އެއީ ހިންދޫ ދީނުގެ ހަރުކަށި ފިކުރުގެ ގޭންގެއް ކަމަށްވާ "ރޯހިތު ގޮޑާރާ-ގޯލްޑީ ބްރާރް" އެވެ.
ހަމަލާގެ ޒިންމާ ނަގައި އެ ގޭންގުން ފޭސްބުކްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ އެކަން ކުރަން ޖެހުނީ ހިންދޫ ދީނުގެ ދެ ހާމުދުރަކަށް ފާޑުކިޔުމުން ކަމަށެވެ. މިއީ އަދި ވަރަށް ކުޑަވަރެއް ކަމަށާއި ދެން ފަހަރަކު ފާޑުކިޔައިފި ނަމަ، އެ ބައެއްގެ ދުވަސް ދުއްވާލާނެ ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.
ދިޝާގެ ކޮއްކޮ ޚުޝްބޫ އިންސްޓަގްރާމް ސްޓޯރީގައި މިދިޔަ މަހު ކުރި ޕޯސްޓުތަކެއްގައި ވަނީ އަންހެނުންގެ ހައްގުތަކާ ބެހޭ ގޮތުން ހާމުދުރަކު ދެއްކި ވާހަކައަކަށް ފާޑުކިޔައިފަ އެވެ. އެ ހަމަލާ މި ދިނީ އެކަމާ ގުޅިގެން އިންޑިއާގެ އާންމުންގެ ބައެއް މީހުން ވެސް ޚުޝްބޫއާ މެދުގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ވަޒަނެއް އަރައިގެން ފަރުވާ ހޯދުމަށްފަހު ގޯވިންދާ ގެއަށް
ރަންދީޕަށް ކުއްޖަކު ލިބެނީ
ޑްރަގުގެ ބޮޑު މައްސަލައެއްގައި ބޮލީވުޑްގެ ތަރިން
ތާރާގެ 30 ވަނަ އުފަންދުވަސް ރާއްޖޭގައި
ރަޝްމިކާއާ މެދުގައި ފަހުރުވެރިވޭ: ވިޖޭ
ރާއްޖޭގެ މޫދަށް މަހޭޝް ބާބޫގެ ހިތް ދޫވެއްޖެ
އަރްބާޒްގެ ދެވަނަ ކައިވެންޏަށް ދަރިއަކު ލިބިއްޖެ
ރާޗިތު އާއި ހުމާ އެންގޭޖުވެއްޖެ
ކެޓްރީނާ ވިހަނީ އަންނަ މަހު: ރިޕޯޓް
އެކްސިޑެންޓެއްގައި އަންކިތާގެ ފިރިމީހާއަށް އަނިޔާވެއްޖެ