ރާއްޖެއަށް މި ފަހުން އެތެރެކުރި ޑްރަގްގުގެ އެންމެ ބޮޑު މައްސަލައިގައި ހިމެނޭ ޝަހީބު އިބްރާހިމާއެކު ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ކަނޑައަޅައި އުމުރަށް ޖަލަށް ލައިފި އެވެ.
20 ސެޕްޓެމްބަރ 2025
ރާއްޖެއަށް މި ފަހުން އެތެރެކުރި ޑްރަގްގުގެ އެންމެ ބޮޑު މައްސަލައިގައި ހިމެނޭ ޝަހީބު އިބްރާހިމާއެކު ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ކަނޑައަޅައި އުމުރަށް ޖަލަށް ލައިފި އެވެ.
ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލާގައި ޝަހީބު ހިމެނޭހެން ހަތް މީހަކު ހައްޔަރުކުރީ އޮކްޓޯބަރު، 2020 ގަ އެވެ. އެއަށްފަހު، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓި އެވެ.
އެކަމަކު، އޭގެ ފަހުން ބައެއް މީހުން ބަންދުން ދޫކޮށްލި އެވެ.
އެ މައްސަލައިގެ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި ވަނީ، އެ ޑްރަގްސް އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާގެ އިތުރުން އެކަމުގައި ބައިވެރިވި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝްގެ އިގުބާލާއި އެ ގައުމަށް ނިސްބަތްވާ މުހައްމަދު ރިޔާދުގެ މައްޗަށް ކުށްސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ. އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވެސް ދައުވާ އުފުލި އެވެ. ނަމަވެސް، ޖުވެނަލް ކޯޓުން ވަނީ އެ މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅައިފަ އެވެ. ޝަހީބާއި އަހުމަދު މޫސާގެ މައްޗަށް އުފުލާފައި ވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދެ ދައުވާއަކާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ދައުވާއެކެވެ. ޑްރަގްސްގެ ބޮޑު މައްސަލައިގައި ޝަހީބުގެ މައްޗަށް ސާބިތުވިއިރު، އެ މައްސަލައިގެ އަޑުއެހުމަށް އޭނާ ހާޒިރުނުވެގެން ފުލުހުން މިދިޔަ ހަފުތާގައި ވަނީ އާއްމުންގެ އެހީއަށް އެދިފަ އެވެ. އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވީ، ފިލުވުމަށް އެހީތެރިވި ކަމުގެ ތުހުމަތުގައި އަންހެނުން ހައްޔަރުކުުރުމުންނެވެ.
70 ކިލޯ ޑްރަގްގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި
ކިލޯއަކަށްވުރެ ގިނަ ޑްރަގް ފެނުނު މައްސަލައެއް ނަގައިފި
ފެޑެކްސް އިން ޑްރަގު ގެނައި މީހަކު އުމުރަށް ޖަލަށް
ދެކިލޯ ޑްރަގް،50 އަހަރުގެ ޖަލު އަދަބު 25 އަހަރަށް
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އިހުމާލު ފޮރުވަން އުޅޭތީ ހައިކޯޓުގެ ފާޑުކިޔުން ޕީޖީއަށް
އޯވަޑޯޒްވެ ދެ މީހަކު މަރުވުން: ދައުވާއެއް ބާތިލުކޮށްފި
ޑްރަގްގެ ބޮޑުން ދޫވާތީ ސުޕްރީމް ކޯޓުން ނިންމުމެއް!
ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓް ނެގީ ރަނގަޅަށް: ޕީޖީ
12 ކިލޯގެ ޑްރަގް ކޭސް: ދެ މީހަކު ދޫކޮށްލައިފި