ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ބެއިޖިންގް ކެޕިޓަލް އެއާލައިނަށް ހިދުމަތް ދޭން ފަށައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ބެއިޖިންގް ކެޕިޓަލް އެއާލައިނަށް ހިދުމަތް ދޭން ފަށައިފި އެވެ.
މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޗައިނާގެ ފުރަތަމަ އެއާލައިނެވެ. އަދި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފަސް ވަނަ އެއާލައިނެވެ.
އާ ޓާމިނަލް ނުވަތަ ޓާމިނަލް 1 އިން ބެއިޖިންގް ކެޕިޓަލް އެއާލައިނަށް ހިދުމަތް ދިނުން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އަދި އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.
ބެއިޖިން ކެޕިޓަލް އެއާލައިންގެ މަތިންދާ ބޯޓުތަކަށް އާ ޓާމިނަލުން ހިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއޭސީއެލް
މިއަދުގެ ރަސްމިއްޔާތުގައި ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 248 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ފުރަތަމަ މަތިންދާ ބޯޓު، ޖޭޑީ455-6 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 276 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ބެއިޖިންގް ކެޕިޓަލް އެއާލައިންސްއަކީ ބެއިޖިން ޑެޒިންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުވެފައި އޮންނަ ލޯ-ކޮސްޓް އެއާލައިނެކެވެ.
އާ ޓާމިނަލުން ހިދުމަތް ހޯދަން ދިޔަ ބައެއް ފަސިންޖަރުން -- ފޮޓޯ: އެމްއޭސީއެލް
ޓާމިނަލް 1 އިން މިހާރު އަންނަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޮސްޓް އެއާލައިން, އެއާ އަރަބިއާ އާއި ލަގްޒަރީ އެއާލައިން, ބިއޯންޑް އާއި ސްރީ ލަންކާގެ ލޯ-ކޮސްޓް އެއާލައިން, ފިޓްސް އެއާއަށް ހިދުމަތް ދެމުންނެވެ.
އެމްއޭސީއެލް އިން ބުނީ މި ހަފުތާގެ ތެރޭގައި އިތުރު ދެ އެއާލައިނެއްގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލު ކުރެވޭނެ ކަމަށެވެ.
އިއްތިހާދު އެއާވޭސްގެ ހިދުމަތް އާ ޓާމިނަލްގައި ފަށައިފި
ކިއު މަދުކުރުމަށްޓަކައި ވީއައިއޭގައި އީގޭޓުތައް ހަރުކުރަން ފަށައިފި
ފްލައިދުބާއީ ވެސް ވީއައިއޭގެ އާ ޓާމިނަލަށް
ސައޫދީ އެއާލައިންގެ ހިދުމަތް އާ ޓާމިނަލުން ފަށައިފި
އާ ޓާމިނަލްގެ 10ވަނަ އެއާލައިނަކީ މެލޭޝިއާ އެއާލައިން
ބެންކޮކް އެއާވޭސްގެ ހިދުމަތް އާ ޓާމިނަލަށް
ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ލައުންޖު ހުޅުވައިފި
ވީއައިއޭގެ ޕާކިންއިން ބައެއް ވަގުތީގޮތުން ހުޅުވާލައިފި
އާ ޓާމިނަލުން އިތުރު 4 އެއާލައިނަކަށް ހިދުމަތްދެނީ
އާ ޓާމިނަލުގެ ދެވަނަ އެއާލައިނަކަށް އެއާ އަރަބިއާ