27 މާޗް 2017
ލަންޑަން (މާޗް 27) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން ޖަރުމަނާއި އިންގްލެންޑް މުހިއްމު މޮޅެއް ހޯދައިފި އެވެ.
ލަންޑަން (މާޗް 27) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން ޖަރުމަނާއި އިންގްލެންޑް މުހިއްމު މޮޅެއް ހޯދައިފި އެވެ.
އިންގްލެންޑް އަމިއްލަ ދަނޑުގައި މޮޅުވީ ލިތުއޭނިއާ އަތުން 2-0 އިންނެވެ. ރަށުންބޭރުގައި އަޒަރުބައިޖާން އަތުން ޖާމަނީ މޮޅުވީ 4-1 އިންނެވެ.
ރޭގެ މެޗުގެ 21 ވަނަ މިނިޓްގައި އިންގްލެންޑަށް ލީޑު ނަގައިދިނީ ތިން އަހަރު ފަހުން މި ފަހަރު ގައުމީ ޓީމުން ފުރުސަތު ހޯދި ތަޖުރިބާކާރު ފޯވާޑް ޖަމެއިން ޑެފޯ އެވެ. މިއީ 34 އަހަރުގެ ޑެފޯ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން 20 ވަނަ ލަނޑެވެ.
ދެ ވަނަ ހާފްގައި އެޑަމް ލަލާނާ ތަނަވަސްކޮށްދިން ފުރުސަތަކުން އިންގްލެންޑުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޖޭމީ ވާޑީ އެވެ.
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ މިއީ މުޅި ހަފްތާގައި އެކުވެގެން ކުރި މަސައްކަތުން ހޯދުނު މޮޅެއް ކަމަށެވެ.
"އަހަރެމެންނަށް އެކި ފާޑުކިޔުން އަމާޒުވި ހަފްތާއެއް މިއީ. އެކަންކަމަށް ނުބަލައި އަހަރެމެން ބެލީ ޓީމައިގެން ކުރިއަށްދާން. އެގޮތުގައި ތިބެގެން މި މެޗުން ހޯދުނު މޮޅެއް މިއީ. އަހަރެންނަށް ވަރަށް މުހިއްމު މި މެޗުގެ މި ނަތީޖާ. އެއީ މިވަގުތުގެ ހާލަތަށް ބަލާއިރު އަހަރެމެންނަށް ހަމަނޭވައެއް ލެވިއްޖެ،" ސައުތުގޭޓް ބުންޏެވެ.
ކޮލިފައިން ގްރޫޕް އެފްގެ އެއް ވަނައިގައި އިންގްލެންޑް އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ.
ރޭ އަޒަރުބައިޖާން ކޮޅަށް ޖަރުމަނުގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަންދްރޭ ޝޫލާ އެވެ. އަނެއް ދެ ލަނޑު ކާމިޔާބުކުރީ މާރިއޯ ގޯމޭޒް އާއި ތޯމަސް މުލާ އެވެ. އަޒަރުބައިޖާންގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޑިމިޓްރީ ނަޒަރޯވް އެވެ.
މި މޮޅާ އެކު ޖާމަނީ ވަނީ ކޮލިފައިންގައި 100 ޕަސެންޓް ރެކޯޑް ދަމަހައްޓައިފަ އެވެ. ކޮލިފައިން ގްރޫޕް ސީގެ އެއް ވަނައިގައި ޖަރުމަނު އޮތީ ކުޅުނު ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ.
ޖަރުމަނާއި އިންގްލެންޑް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
ޖަރުމަން ޓީމުގެ ތާރީހީ ރެކޯޑެއް ފްލިކް މުގުރާލައިފި
ކުޅުންތެރިންތަކަކަށް އަނިޔާވުމުން ގަލޭގާ ގައުމީ ޓީމަށް
ސްމިތު ރޯ ފުރަތަމަ ފަހަރަށް އިނގިރޭސި ގައުމީ ސްކޮޑަށް
ގްރީލިޝް އެންމެ ފަހުން ގައުމީ ޓީމަށް ލަނޑެއް ޖަހައިފި
ނޯތު މެސެޑޯނިއާ އަތުން ޖަރުމަނަށް "ހިތި" ބަލިވުމެއް
ފްރާންސަށް މޮޅެއް، ސްޕެއިން ސަލާމަތްވީ ކިރިޔާ
އިޓަލީ އާއި ޖަރުމަނު މޮޅުވިއިރު، ސްޕެއިން އެއްވަރު
އިންގްލެންޑް މޮޅުވިއިރު ޖަރުމަން ބަލިވެއްޖެ
ބްރެޒިލް އަތުން ބަލިވެ ޖަރުމަނުގެ ރެކޯޑް ނިމުމަކަށް