ވަސީލަތްތައް މަދު އަދި ކުދި ރަށްތަކުގައި ދިރިއުޅޭ އެންމެން އެ އަށް ވުރެ ބޮޑެތި ރަށްރަށަށް ބަދަލުވާން ސަރުކާރުން ހިތްވަރު ދޭ ކަމަށާއި އެ ކަމަކު އެ ކަން ކުރިއަށް ގެންދަން ބޭނުންފުޅުވަނީ ރައްޔިތުން އަމިއްލަ އަށް ބޭނުންވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
25 ސެޕްޓެމްބަރ 2025
ވަސީލަތްތައް މަދު އަދި ކުދި ރަށްތަކުގައި ދިރިއުޅޭ އެންމެން އެ އަށް ވުރެ ބޮޑެތި ރަށްރަށަށް ބަދަލުވާން ސަރުކާރުން ހިތްވަރު ދޭ ކަމަށާއި އެ ކަމަކު އެ ކަން ކުރިއަށް ގެންދަން ބޭނުންފުޅުވަނީ ރައްޔިތުން އަމިއްލަ އަށް ބޭނުންވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުޅުގައި މިއަދު ކިނބިދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އާބާދީ އެއްފަސް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ބޮޑެތި ރަށްރަށަށް މީހުން ބަދަލުވާން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެ ކަމަކީ ރައްޔިތުން އަމިއްލަ އަށް ވިލިންގްލީ، ބޭނުންވެގެން އަޅުގަނޑުމެން ކުރާނެ ކަމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު ކިނބިދު އަށް ވަޑައިގެން އެ ރަށުގެ އުމުރުން ދުވަސްވީ މީހަކާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ވޭމަންޑު އާއި ކިނބިދޫގެ ކޯޒްވޭ ގުޅުވުމުން ދެ ރަށުގެ ރައްޔިތުންނަށާއި އެ ދެ ރަށަށް ހިޖުރަކުރަން ބޭނުންވާ ރައްޔިތުންނަށް އެއީ މުހިންމު ސަރަހައްދަކަށް ވާނެ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ. ރައްޔިތުންގެ ހިޔާލާއި ވާހަކަތަކުން ވެސް ވިސްނި ވަޑައިގެންފައި ވަނީ އެއީ ކިނބިދޫ ރައްޔިތުންގެ ވެސް ވިސްނުން ހުރި ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު ކިނބިދު އަށް ވަޑައިގެން ބައެއް މީހުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވަނީ އެ ދެ ރަށް ގުޅާލައި، ކޯޒްވޭގެ މަސައްކަތް ނިންމަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އެ މަނިކުފާނު ތަކުރާރުކޮށް ފާހަގަކުރެއްވި ގޮތުގައި ކިނބިދު އާއި ވޭމަންޑޫގައި އެންމެ މުހިންމު ކަމަކީ އެ ދެ ރަށް ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތެވެ.
ރައީސް ވިދާޅުވި ގޮތުގައި ކިނބިދު އާއި ވޭމަންޑޫ ގުޅުވައިދޭ ކޯޒްވޭ ހަދާނީ އިންވެސްޓާ ފައިނޭންސް މޮޑެލްއެއްގެ ދަށުންނެވެ. އެއީ އެލާ، ޓޫރިޒަމް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓަށް ދޫކޮށްގެން ހިންގާ މަޝްރޫއެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ތ. އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި ވަރަށް ބޮޑެތި ޑިސްކައުންޓުތަކެއް ވެސް ދޭން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެލާ ޓޫރިޒަމް ޕްރޮޖެކްޓާ އެކު، ކިނބިދޫ-ވޭމަންޑޫ ކޯޒްވޭ ގުޅުވައިލުން ހަގީގަތަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތާ އެއްގޮތަށް ރަށުން އެހެން ރަށަކަށް ބަދަލުވާން ތިން ރަށުގެ ބައެއް މީހުން އެދިފައިވެ އެވެ. އެއީ ވ. ރަކީދު އާއި މ. ރަތްމަންދޫގެ އިތުރުން ކިނބިދޫ މީހުންނެވެ.
ރަކީދޫން ބަދަލުވުމާ މެދު ކައުންސިލްގެ ހިޔާލު ތަފާތު!
31 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ކިނބިދޫން 25 ހެކްޓަރު 17 މަސް ތެރޭ ހިއްކައިފި
ތ. ގެ ފެރީ ނިޒާމަކީ ރާޑަރަށް އެރުވުމުގެ މަސައްކަތެއް
ވޭމަންޑޫ-ކިނބިދޫ ކޯޒްވޭއާ އެކު ޓޫރިޒަމް ޕްރޮޖެކްޓެއް
އެސްޓީއޯއިން މިރުސްގެނަޔަސް ކަނޑޫދުއަށް ގެއްލުމެއް ނެތް
ރަށުން ބަދަލުވުމާ މެދު ރަތްމަންދޫ ބޮޑު ދެބަސްވުމެއްގައި
ރައީސް، ހަތަރު އަތޮޅަކަށް ފުރާވަޑައިގެންފި
މަޑިފުށީގެ އިހުތިސާސްގައި ދެ ރަށް ހިމަނައިފި
ހދ. ތ. އަތޮޅަށް ޓޫރިޒަމް ފުޅާކުރުން އަމާޒަކަށް