އައްޑޫ ހަންކެޑެ އަކީ ރިއަލްއެސްޓޭޓް ޓޫރިޒަމަށް ދޫކުރާ ސަރަހައްދެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައި ނެރުއްވި ގަރާރު، ރައީސްް ޑރ.މުހައްމަދު މުއިއްޒު މިރޭ އުވާލައްވައިފި އެވެ.
01 އޮކްޓޯބަރ 2025
އައްޑޫ ހަންކެޑެ އަކީ ރިއަލްއެސްޓޭޓް ޓޫރިޒަމަށް ދޫކުރާ ސަރަހައްދެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައި ނެރުއްވި ގަރާރު، ރައީސްް ޑރ.މުހައްމަދު މުއިއްޒު މިރޭ އުވާލައްވައިފި އެވެ.
ރިއަލްއެސްޓޭޓް ޓޫރިޒަމަށް ހަންކެޑެ ހާއްސަކުރަން ނެރުނު ގަރާރު އުވައިލެއްވި ވަކި ސަބަބެއް، ރައީސް މިރޭ ނެރުއްވި ގަރާރުގައި ސީދާ ވިދާޅުވެފައެއް ނެތެވެ. ނަމަވެސް އެރަށް ތަރައްގީކުރަން ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރި އެއްބަސްވުން މިހާރު އުވާލާފައިވާކަން އެ ގަރާރުގައި ފާހަގަކުރެއްވި އެވެ.
ހަންކެޑެ އަކީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން މަސައްކަތްކުރި ތަނެކެވެ. އެތަން ތަރައްގީކުރަން ސަރުކަރުން ފުރަތަމަ ހަވާލުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2005 ގަ އެވެ.
ހަންކެޑެއިގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީކުރަން ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެވެ. އެއީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް އެ ކުންފުންޏަށް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން ސަރުކާރުން ވަނީ 2،500 ޑޮލަރުން އެ ކުންފުނި ޖޫރިމަނާކޮށް، ހަންކެޑެ ނަގައިފަ އެވެ.
އޭގެ ފަހުން 2008 ގައި އަދި 2013 ވަނަ އަހަރު ވެސް ހަންކެޑެ ތަރައްގީކުރަން އެހެން ދެ ކުންފުންޏަކާ ހަވާލުކުރި އެވެ. އެކަމަކު، މަސައްކަތް ކުރިއަށް ނުދިއުމުން 2019 ވަނަ އަހަރު އެންމެ ފަހުން އެ ރަށް ތަރައްގީ ކުރަން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ އެކު ހެދި އެގްރީމެންޓް ވަނީ ބާތިލްކޮށްފަ އެވެ.
އައްޑޫގެ ބޮޑު ތިން ވައުދަށް ވެސް ބޮޑެތި ކާމިޔާބީތަކެއް
އައްޑޫގެ މަޝްރޫއުތައް ނިމޭއިރު 7،000 އެނދު
ހަންކެޑެ އެންމެފަހުން ރިއަލް އެސްޓޭޓް ޓޫރިޒަމަށް
ގޫގުލް އިން ރާއްޖޭގައި ސަބްމެރިން ކޭބަލް ސްޓޭޝަނެއް
ހިތަދޫ މޫލެކެޑެ ނުހިއްކަން އެދި ރައީސަށް ސިޓީއެއް
އައްޑޫގެ ރަށްތަކުގައި 200 ހައުސިން ޔުނިޓް އަޅަނީ
އައްޑޫގައި 1000އެނދުގެ އައްސޭރިޓޫރިޒަމްގެ މަޝްރޫއެއް
އައްޑޫ ލިންކް ރޯޑާއި ހައިވޭ އަލުން ހަދަން ފަށައިފި
ޝަންގްރިއްލާގެ މަސައްކަތްތައް ރައީސް ބައްލަވާލަައްވައިފި
ވަރުގަދަ އަސްކަރީ ބާރެއް އޮންނަންޖެހޭ: ރައީސް