05 ސެޕްޓެމްބަރ 2018
އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނުނު މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.
އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނުނު މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.
ރާއްޖޭން ބޭރުގައި ގަވައިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ދިވެހި ކުންފުންޏަކާއި ރައީސް ޔާމީން ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް، އެމްޑީޕީން އިއްޔެ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ އެއް ހުށަހަޅައިފަ އެވެ.
ހަތަރު ކަމެއް ފާހަގަކޮށް އޭސީސީއަށް ހުށަހެޅި އެ މައްސަލާގައި ތުހުމަތު ކުރަނީ އެމްއެންޑީއެފްގެ ކުރީގެ ކާނަލް، އަހްމަދު ޒިޔާދުގެ ކުންފުންޏެއް ކަމަށްވާ ގްރީން ބޮކްސްއިން ރާއްޖެއިން ބޭރުގައި ތެލުގެ ވަގު ވިޔަފާރި ކުރާ ކަމަށާއި އެ ކުންފުންޏާއި ރައީސް ޔާމީނާ ގުޅުން އޮންނަ ކަމަށެވެ.
އެ ތުހުމަތުތައް ކުރެވެން ފެށީ އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގައި ރަޖިސްޓްރީ އޮންނަ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިފައިވާ ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ހާމަކުރުމާ ގުޅިގެންނެވެ. ފުލުސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ދެ ތެޔޮ ޓޭންކަރު ކަނޑުމަތިން މުއާމަލާތްތައް ހިންގި ކަމަށް ބުނާ މައްސަލަ ފުލުހުން ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ފަށައި، ދެ އަޑުއެހުން މިހާތަނަށް ބާއްވާފައިވާއިރު އެކަމުގައި ތުހުމަތު ކުރެވޭ މީހާ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު ތަހުގީގުގައި، ގިނަ ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު ހޯދާފައިވާއިރު، މިކަމުގައި ރައީސް ޔާމީންގެ ބައިވެރިވެ ވަޑައިގަތުން އޮތް ކަމަށް އެއްވެސް މީހަކު ނުބުނާ ކަމަށް ޝިފާން ވިދާޅުވި އެވެ.
"އެ ފަދަ ހެއްކެއް އަދި ގަރީނާއެއް ވެސް ފުލުހުންނަކަށް ނުލިބޭ. މިކަމުގައި ރައީސް ބައިވެރިވާ ކަމަށް އެކި ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ވަނީ ގައުމީ ސަލާމަތާ ގުޅުން ހުރި މި ފަދަ ބޮޑެތި މައްސަލަތަކުގައި ދައްކާ ދޮގު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
"ދިވެހި ގައުމުގެ ހަމަޖެހުން ދަމަހައްޓައި، އިންސާނީ ކަރާމާތަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަަން ފަސް ޖެހުމެއް ނެތި، ގައުމާއި ދީނާއި ހައްގުގައި އަޅުގަނޑުމެން ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން،" ޝިފާން ވިދާޅުވި އެވެ.
އޭސީސީއަށް ހުށަހެޅި މައްސަލައާ ގުޅޭގޮތުން އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ގްރީން ބޮކްސް ކުންފުނިން ރާއްޖޭގެ ދިދަ އާއި "ކޯލް ސައިން" ގާނޫނާ ހިލާފަށް ބޭނުން ކުރާ ކަމަށެވެ. އަދި އެ ކުންފުނިން ތެޔޮ ޑިކްލެއާ ނުކޮށް ރާއްޖޭގައި ވިޔަފާރި ކުރާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ގްރީން ބޮކްސް ކުންފުންޏާއި ރައީސް ޔާމީނާ ގުޅުން އޮތްކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ އެ ކުންފުންޏަށް ފަސް ތެޔޮ ބޯޓް ގަތުމަށް ބެންކް އޮފް މޯލްޑިވްސް އިން ލޯނު ހަމަޖެއްސުމަށް ރައީސް ޔާމީން އެ ބެންކުގެ ބޯޑް މެމްބަރުންނަށް ގުޅުއްވާފައިވާ ކަމަށެވެ.
"ސީދާ ރައީސް ޔާމީން [ބީއެމްއެލް ބޯޑު މެމްބަރުންނަށް] ގުޅުއްވައި އެ ލޯން ފެސިލިޓޭޓް ކޮށްދިނުމަށް ވަނީ ބާރު އަޅުއްވާފައި،" ހަސަން ލަތީފް ވިދާޅުވި އެވެ.
ޖަޕާންގެ ފޮރިން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ބުނެފައިވާ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ ޝިން ޔުއާން 18 އާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ ޗޮން މާން ސަން، ފެނުނީ ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުންނެވެ. ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް މި ދެ އުޅަނދު ފެނުނީ ދެ އުޅަނދު އެކަތި އަނެކަތީގައި ބަނދެލައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގާ ފަދަ ގޮތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރައީސްގެ އަބުރާ ބެހުނު ކަމަށް ބުނެ ދައުވާ ކުރަނީ
ރައީސް ޔާމީންގެ މައްސަލައެއް އޭސީސީއަށް
އަދީބުގެ މެސެޖުތައް އާންމު ކުރާނަން: ނަޝީދު
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް
ޔާމީނާއި އަދީބުގެ މައްސަލައެއް އޭޖީ އޮފީހުން ފުލުހަށް
ޔާމީނަށް އެސްކްރޯ އެކައުންޓް ހުޅުވި ސަބަބެއް ނުބުނި!
ތުހުމަތެއް އުޅުނަސް، އެއީ އަޅުގަނޑުގެ ފައިސާ: ޔާމީން
ކުރީގެ ރައީސް ޔާމީން، ފުލުހުސް އޮފީހުގައި 6 ގަޑިއިރު
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް