ބޮރޫޝިއާ ޑޯޓްމެންޑްގެ މިޑްފީލްޑަރު ޖޯބެ ބެލިންހަމްގެ މައިންބަފައިންނަށް، އެ ކްލަބުން ފިޔަވަޅު އަޅައިފި އެވެ.
06 އޮކްޓޯބަރ 2025
ބޮރޫޝިއާ ޑޯޓްމެންޑްގެ މިޑްފީލްޑަރު ޖޯބެ ބެލިންހަމްގެ މައިންބަފައިންނަށް، އެ ކްލަބުން ފިޔަވަޅު އަޅައިފި އެވެ.
ޖަރުމަނުގެ ބިލްޑް ނޫހުން ބުނި ގޮތުގައި ޖޯބެ ބެލިންހަމްގެ މައިންބަފައިންނަށް ފިޔަވަޅު އެޅީ އޭނާގެ ބައްޕަ، މާކް ބެލިންހަމް އެ ކްލަބްގެ ކޯޗު ނިކޯ ކޮވާކާ ކުރިމަތިލާން ޗޭންޖިން ރޫމަށް ދިއުމުންނެވެ.
އެ ނޫހުން ބުނި ގޮތުގައި މި ސީޒަންގައި ޑޯޓްމެންޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފަށް ފަހު އޭނާ ބާލައި އެހެން ކުޅުންތެރިޔަކު ކުޅެން އެރުވި އެވެ.
ޖޯބެ ބަދަލު ކުރި ސަބަބު ސާފު ކުރަން ކްލަބްގެ ޗޭޖިން ރޫމަށް، މާކް ވަން މައްސަލަ ބޮޑުވި އެވެ. އެހެންވެ ޗޭޖިން ރޫމް ސަރަހައްދަށް ވެސް ވަނުން އޭނާގެ މައިންބަފައިންނަށް، އެ ކްލަބުން މަނާކޮށްފައިވާ ކަމަށް ބިލްޑް ނޫހުން ބުންޏެވެ.
ޖޯބެ ބެލިހަމް --- ފޮޓޯ: ގެޓީ އިމޭޖަސް
ޖޯބެ ބެލިންހަމްގެ ބޭބެ، ޖޫޑެ ބެލިންހަމް ވެސް ކުރިން ޑޯޓްމެންޑަށް ކުޅުނެވެ. ރެއާލް މެޑްރިޑުން ސޮއި ކުރުވީ ޑޯޓްމެންޑަށް ކުޅެމުންދަނިކޮށެވެ.
ބެލިންހަމްގެ އާއިލާ އާއި ޑޯޓްމެންޑާ ދެމެދު އުފެދިފައިވާ ބަދަހި ގުޅުމުގެ ތެރެއިން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި އެ ކްލަބުން ސޮއި ކުރުވި އެވެ. ނަމަވެސް ޖޫޑެ ބެލިންހަމް ދެއްކި ކުޅުން، ޖޯބެ ބެލިންހަމް އަށް ދެއްކޭ ގޮތެއް ނުވެ އެވެ.
އޭނާގެ ބައްޕަގެ މައްސަލައިގައި އޭނާ އަށް ޕްރެޝަރު ކުރިމަތިވާނެ ކަމަށް ބިލްޑުން ބުންޏެވެ.
ޖޯބެ ބެލިންހަމްއާ އެކު މާކު ދިރިއުޅެނީ ޑޯޓްމެންޑްގަ އެވެ. އޭނާގެ މަންމަ ޑެނީސް ބެލިހަމް ދިރިއުޅެނީ ޖޫޑް ބެލިންހަމް އާ އެކު މެޑްރިޑްގަ އެވެ.
ފޯޑަން އަސްލު ފޯމަށް އެނބުރިއައުމުން ގާޑިއޯލާ އުފަލުން
15 ވަނަ ފަހަރު: ޔޫރަޕްގެ ކިންގަކީ ރެއާލް މެޑްރިޑް
ރޮއިސްއާ އެކު 11 އަހަރުފަހުން ޑޯޓްމެންޑް ފައިނަލަށް
ސްޓާރެއް ބޭނުމެއް ނުވޭ ޑޯޓްމެންޑުން އެކަން ދައްކައިފި
މިހާރު އުންމީދެއް ނެތް، މަރުހަބާ ލެވަކޫސަން: ޓުޗެލް
ވާދަވެރިޔަކީ ރެއާލެއް ނޫން، ނެޓްފްލިކްސް: ޑޯޓްމަންޑް
ރެއާލްގެ 100 މިލިއަން 19 އަހަރުގެ ބެލިންހަމްއަށް
މި ވަގުތަށް ޖަރުމަން ލީގުގެ އެއް ވަނަ ޑޯޓްމަންޑަށް
ޑޯޓްމަންޑް މެޗަށް ފަހު ސެވިއްޔާއިން ލޮޕެޓެގީ ވަކިކޮށްފި
ފޯޑަންގެ ލަނޑާއެކު ސިޓީ ސެމީ އަށް