އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕުލް ބާރުތީ ސިންގު އާއި ހާޝް ލިމްބާޗިޔާއަށް ދެވަނަ ކުއްޖަކު ލިބޭކަން އިއްޔެ އިއުލާންކޮށްފި އެވެ.
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕުލް ބާރުތީ ސިންގު އާއި ހާޝް ލިމްބާޗިޔާއަށް ދެވަނަ ކުއްޖަކު ލިބޭކަން އިއްޔެ އިއުލާންކޮށްފި އެވެ.
އެ ދެމަފިރިންނަށް ދެވަނަ ކުއްޖަކު ލިބޭކަން އިއުލާންކުރީ އާއިލާއާ އެކު ސުވިޒަލެންޑުގައި ޗުއްޓީ ހޭދަކުރަމުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.
ސުވިޒަލެންޑުގެ ރީތި ފަރުބަދަތައް ފަހަތުން ފެންނަ ގޮތަށް ނަގާފައިވާ އެ ދެމަފިރިންގެ ފޮޓޯއަކާ އެކު ކުރި ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައި ވަނީ "ވީ އާ ޕްރެގްނެންޓް އެގެއިން" އެވެ.
ބާރުތީ ދެވަނަ ކުއްޖަކަށް ބަލިވެއިންކަން އާއިލާގެ މީހުންނަށް ވެސް އެނގުނީ އެ ދަތުރުގެ ތެރެއިންނެވެ. އާއިލާގެ މީހުންނަށް އެ ޚަބަރު ދިން ގޮތް ފެންނަ މަޖާ ގޮތުގެ ވީޑިއޯއެއް ބާރުތީގެ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓުކޮށްފައިވެ އެވެ.
ހާޝް އާއި ބާރުތީ ކައިވެނިކުރީ 2017 ވަނަ އަހަރު އެވެ. އެ ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލަކްޝް (ގޯލާ) ލިބުނީ އެޕްރީލް 3، 2022 ގަ އެވެ.
ބާރްތީ އަށް ލިބުނީ ފިރިހެން ކުއްޖެއް
ކޮމީޑިއަން ބާރްތީ އަށް ދަރިޔަކު ލިބެނީ؟
ޕަރީ އާއި ރާގަވްގެ ދަރިފުޅަށް ކިޔަނީ "ނީރް"
ކެޓްރީނާ ވިހައިފި، ލިބުނީ ފިރިހެން ދަރިއެއް
އިންޑިއާގެ ކޮމެޑީ އެކްޓަރު ސަތީޝް މަރުވެއްޖެ
އިންޑިއާގެ މަޝްހޫރު ކޮމެޑީ އެކްޓަރު އަސްރާނީ މަރުވެއްޖެ
ޕަރީ އާއި ރާގަވްއަށް ފިރިހެން ކުއްޖަކު ލިބިއްޖެ
އަރްބާޒްގެ ދެވަނަ ކައިވެންޏަށް ދަރިއަކު ލިބިއްޖެ
ސޯނަމް އިނީ ދެވަނަ ދަރިފުޅަށް ބަލިވެ
ކެޓްރީނާ ވިހަނީ އަންނަ މަހު: ރިޕޯޓް