ބޮލީވުޑްގެ ތަރި ޕަރިނީތީ ޗޯޕްރާ އިއްޔެ ވިހައިފި އެވެ.
ބޮލީވުޑްގެ ތަރި ޕަރިނީތީ ޗޯޕްރާ އިއްޔެ ވިހައިފި އެވެ.
ޕަރީ އާއި އޭނާގެ ފިރިމީހާ އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ރާގަވް ޗައްޑާއަށް އަލަތު ދަރިފުޅު ލިބުނުކަން އެ ދެމަފިރިން ވަނީ ސޯޝަލް މީޑިއާގައި އިއްޔެ އިއުލާންކޮށްފަ އެވެ.
ފޭނުންނަށް އެ ޚަބަރު ދިނުމަށް އެ ދެމަފިރިންގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އެމީހުންނަށް ލިބުނީ ފިރިހެން ކުއްޖެއް ކަމަށެވެ.
"ހީ އިޒް ފައިނަލީ ހިޔާ! އަވާ ބޭބީ ބޯއީ،" އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.
އެ ޕޯސްޓުގައި ބުނީ މިއީ އެ ދެމަފިރިންނަށް ލިބުނު އެންމެ ބޮޑު އުފާ ކަމަށާއި ދިރިއުޅުމުގައި ބޭނުންވި ހުރިހާ ކަމެއް ހާސިލްވީ ކަމަށެވެ.
ޕަރީއަށް ކުއްޖަކު ލިބުމުން އޭނާއާ ދެބެންގެދެދަރި، ބޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ވަނީ އެ ދެމަފިރިންނަށް މަރުޚަބާ ކިޔައިފަ އެވެ.
ރާގަވް އާއި ޕަރީ ކައިވެނި ކުރީ ސެޕްޓެމްބަރު 24، 2023 ގަ އެވެ. އެ ދެމަފިރިންގެ ކައިވެނީގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގަ އެވެ.
ޕަރީ އާއި ރާގަވްގެ ދަރިފުޅަށް ކިޔަނީ "ނީރް"
ޕަރީ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފި
ރަންދީޕަށް ކުއްޖަކު ލިބެނީ
ސިޑް އާއި ކިއާރާގެ ދަރިފުޅަށް ކިޔަނީ "ސަރާޔާ"
ކެޓްރީނާ ވިހައިފި، ލިބުނީ ފިރިހެން ދަރިއެއް
ބާރުތީއަށް ދެވަނަ ކުއްޖަކު ލިބެނީ
އަރްބާޒްގެ ދެވަނަ ކައިވެންޏަށް ދަރިއަކު ލިބިއްޖެ
ސޯނަމް އިނީ ދެވަނަ ދަރިފުޅަށް ބަލިވެ
ކެޓްރީނާ ވިހަނީ އަންނަ މަހު: ރިޕޯޓް
ކެޓްރީނާ މާބަނޑު ކަމަށް އަޑު ފެތުރިއްޖެ