Roadha Mihaaru
ޕޮލިހަށް ގެންދިޔައީ ސަރުކާރަށް ހަޖަމް ނުވެގެން: ރިޔާޒް

ފުލުހަށް ހާޒިރުކުރީ ސަރުކާރަށް ހަޖަމް ނުވެގެން، އެކަމަކު ފަހެއް ނުޖެހޭނަން: ރިޔާޒް

28 މާޗް 2017

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ރޭ ފުލުހަށް ހާޒިރުކޮށް، ފޯނު އަތުލީ އިސްލާހީ މަސައްކަތް ސަރުކާރަށް ހަޖަމުނުވެގެން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ރޭ ފުލުހަށް ހާޒިރުކޮށް، ފޯނު އަތުލީ އިސްލާހީ މަސައްކަތް ސަރުކާރަށް ހަޖަމުނުވެގެން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ކަން ކުރައްވާ ރިޔާޒްގެ ފޯނު އަތުލީ ރޭ އޭނާ މަގުމަތިން ވަޑައިގަންނަވަނިކޮށް އޭނާ ހުއްޓުވައި، ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު އެވެ. އެ މައްސަލާގައި އިތުރަށް ސުވާލުކުރަން މިއަދު ހަވީރު އޭނާ އަލުން ފުލުހަށް ހާޒިރުވާން ވެސް ވަނީ އަންގައިފަ އެވެ.

ރިޔާޒް "މިހާރު" އަށް ވިދާޅުވީ އޭނާގެ މައްޗަށް ފުލުހުން ކުރަނީ ފިތުނަ އުފެެއްދުމާއި ހަގީގަތާ ޚިލާފް ވާހަކަ ދެއްކުމުގެ ތުހުމަތު ކަމަށާއި އޭގެ ތަފްސީލެއް އަދި ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު ދުވަހަކު ވެސް ގާނޫނާ ޚިލާފް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިއީ އިދިކޮޅު ފަރާތްތަކުގެ އިސްލާހީ މަސައްކަތްތައް ހަޖަމް ނުވެގެން ބިރު ދައްކަން ސަރުކާރުން ކުރާ ކަމެއް ކަމަށާއި އެކަމާ ޖެހިލުންވެ ވަޑައިނުގަންނަވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ސަރުކާރަށް އަޅުގަނޑުމެންގެ މަސައްކަތްތައް ހަޖަމް ނުވެގެން ފުލުހުން މެދުވެރިކޮށް ބިރު ދައްކަން ކުރާ ކަމެއް މިއީ. އެކަމަކު އަޅުގަނޑު މިހިިރީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން މާތްﷲ ގަންދީ ހުވައެއް ކޮށްގެން. އެ މަސައްކަތުގައި އަޅުގަނޑު ދެމިހުންނާނަން. އެއްވެސް ފަސް ޖެހުމެއް ނާންނާނެ މި ކަމަކުން،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މިއަދު އެގޮތަށް އަމަލު ކުރަމުން ދަނީ ފުލުހުންނާއި މިނިވަން މުއައްސަސާތަކުގެ ކޮންޓްރޯލް ސަރުކާރުގެ އަތުގައި އޮތުމުންނެވެ. މުއައްސަސާތަކުގެ ކޮންޓްރޯލް އޮތުމުން، އިދިކޮޅު ފަރާތްތަކަށް ބިރު ދައްކައި، އިސްލާހީ މަސައްކަތްތައް ހުއްޓުވަން މަސައްކަތް ކުރަނީ ކަމަށް ވިދާޅުވި އެވެ.