ގައުމީ އަންހެން ވޯލީބޯޅަ ޓީމުގެ ކޯޗު ސޮފްވާން އަހްމަދަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން މައްސަލަ ބަލަން ފަށައި، ކޯޗުކަމުގެ މަގާމުން އޭނާ ސަސްޕެންޑް ކޮށްފި އެވެ.
13 އޮކްޓޯބަރ 2025
ގައުމީ އަންހެން ވޯލީބޯޅަ ޓީމުގެ ކޯޗު ސޮފްވާން އަހްމަދަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން މައްސަލަ ބަލަން ފަށައި، ކޯޗުކަމުގެ މަގާމުން އޭނާ ސަސްޕެންޑް ކޮށްފި އެވެ.
ވީއޭއެމްގެ އެކްސްކޯ މެންބަރުކަން ވެސް ކުރާ، ސޮފްވާން އަށް ކުރެވޭ ތުހުމަތަކީ އަންހެން ކުޅުންތެރިޔަކަށް ބިރު ދައްކައިގެން ޖިންސީ ނާޖާއިޒު ގުޅުމެއް ހިންގަން އުޅުނު ކަމުގެ ކަމުގެ ތުހުމަތުތަކެއް ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު "މިހާރު" އަށް ވިދާޅުވީ އެ އެސޯސިއޭޝަނުގެ އެކްސްކޯ އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެކްސްކޯއިން އިސްވެ މައްސަލަ ބަލަން އަންގައި ސޮފްވާން، މަގާމުން އެކަހެރި ކޮށްފައިވާ ކަމަށެވެ.
ލަތީފު ވިދާޅުވީ ސޮފްވާންގެ މައްސަލަ ކޮމިޓީން ބަދަމުންދާތީ، އިތުރު ތަފުސީލު މި ވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.
"ކޮމިޓީން ރިޕޯޓް ލިބުނީމަ ދެން އަޅުގަނޑުމެންނަށް އެނގޭނީ މައްސަލައިގެ ފުރިހަމަ ތަފުސީލު ވެސް. އަދި އަޅާނެ ފިޔަވަޅެއް ވެސް. އެކަން [އަޅާނެ ފިޔވަޅެއް] ނިންމާނީ ހިންގާ ކޮމިޓީން،" ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް ފަރާތަކުން ރަސްމީކޮށް ސޮފްވާންގެ މައްސަލަ ހުށަހަޅާފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ހިންގާ ކޮމިޓީ އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގާ ކޮމިޓީން އިސްވެ މައްސަލަ ބަލަން އެންގީ. މިވަގުތު މައްސަލަ ބާލާތީ އޭނާ އެވަނީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފަ،" ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންހެން އަފި ފިރިހެން ކުޅުންތެރިންނާއި ރެފްރީންނާއި މެޗު އޮފިޝަލުންނަށް ވެސް ރައްކާތެރި މާހައުލެއް އޮންނާނެކަން ކަށަވަރުކޮށްދޭނެ ކަމަށެވެ. ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެސް ރައްކާތެރި މާހައުލެއް ހޯދައި ދޭން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސް ނުޖެހޭނެކަމަށް ލަތީފު ވިދާޅުވި އެވެ.
"އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ވެސް އަދި ރެފްރީންނާއި އޮފިޝަލުންނަށް ވެސް ދޭ ޔަގީންކަމަކީ ރައްކާތެރި މާހައުލެއް އޮންނާނެކަން. އެކަން ދަމަހައްޓަން ކޮންމެ މީހަކާ މެދު އަޅަން ޖެހޭ ފިޔަވަޅެއް ވެސް އަޅުގަނޑުމެންގެ ހިންގާ ކޮމިޓީން އަޅާނެކަން،" ލަތީފު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހިންގާ ކޮމިޓީގެ މެންބަރަކާ ދެކޮޅަށް ވިޔަސް ކޯޗަކަށް ވިޔަސް. އަޅަންޖެހޭ ފިޔަވަޅު އަޅުގަނޑުމެންގެ ހިންގާ ކޮމިޓީން އަޅާނެ."
ގައުމީ ޓީމުގެ ކޯޗުގެ މަސްއޫލިއްޔަތު، ވީއޭއެމުން މިހާރު ހަވާލުކޮށްފައި ވަނީ ވޮލީ ލެޖެންޑް އަހްމަދު ނާދީމާ، ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ.
ދެން މަސައްކަތް ފަށަންވީ ހިސާބު ދެނެގަނެވިއްޖެ: ރަނޭ
ރާއްޖޭގެ ފުރަތަމަ މެޗު މެލޭޝިއާ އާދެކޮޅަށް
ޓްރޭނިން ކޭމްޕްގައި ވޮލީގެ ދެ ޓީމުވެސް ތައިލެންޑަށް
ގޯސް ހެދުނުކަމަށް އެއްބަސްވެ ޝަމާއިލް މައާފަށް އެދިއްޖެ
ޝަމާއިލަށް އަދަބު، އޭނާ ކުޅުނު މުބާރާތްވެސް ހުއްޓިއްޖެ
ބްލެކްމެއިލްގެ ތުހުމަތަށް ކޯޗު ސޮފްވާން ސަސްޕެންޑްކޮށްފި
ސުޕަ ލީގުގައި ބައިވެރިވާން ހުރިހާ ރަށަކަށް ހުޅުވާލައިފި
ގައުމީ ޒުވާން ވޮލީ ޓީމުގެ ކޯޗަކަށް އިރާންގެ ނަޒާރީ
ސީޒަން ފަސްކުރަން ޖެހުމުން، ސަރުކާރުން ބަދަލު ދެނީ
އެހެން ހަފުލާއަކަށް ޖާގަ ދޭން ވޮލީ ސީޒަން ފަސްކޮށްފި