Roadha Mihaaru
ޓްރޭނިން ކޭމްޕްގައި ވޮލީގެ ދެ ޓީމުވެސް ތައިލެންޑަށް

އިންޓަނޭޝަނަލް މުބާރާތުގެ ޓްރޭނިން ކޭމްޕްގައި ވޮލީގެ ގައުމީ ދެ ޓީމު ވެސް ތައިލެންޑަށް

10 ފެބުރުއަރީ 2023

މި މަހު ރާއްޖޭގައި ބާއްވާ ފޯ ނޭޝަން މުބާރާތްތަކަށް ތައްޔާރު ވުމަށް ޓްރޭނިން ކޭޟްޕގައި ގައުމީ ވޮލީގެ ފިރިހެން އަދި އަންހެން ޓީމު ވެސް ތައިލެންޑަށް ފުރައިފި އެވެ.

މި މަހު ރާއްޖޭގައި ބާއްވާ ފޯ ނޭޝަން މުބާރާތްތަކަށް ތައްޔާރު ވުމަށް ޓްރޭނިން ކޭޟްޕގައި ގައުމީ ވޮލީގެ ފިރިހެން އަދި އަންހެން ޓީމު ވެސް ތައިލެންޑަށް ފުރައިފި އެވެ.

ވީއޭއެމުން ބުނީ ތައިލެންޑްގައި 10 ދުވަހުގެ ޓްރޭނިން ކޭމްޕް ދެ ޓީމުން ވެސް ފުރިހަމަ ކުރާނެ ކަމަށެވެ. މިއަދު ހެނދުނު ތައިލެންޑަށް ފުރި ދެ ޓީމާ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ރޭ ވަނީ ބައްދަލު ކުރައްވައިފަ އެވެ.

މި މަހު 22 ގައި ފަށާ ގޮތަށް ހަމަޖެހިފައިވާ ފޯ ނޭޝަން ކަޕު އަންހެން އަދި ފިރިހެން މުބާރާތް ވެސް ކުރިއަށް ދަނެ އެވެ. ވީއޭއެމްގެ ސީނިއާ އޮފިޝަލް މުހައްމަދު ޝާފީ ވިދާޅުވި ގޮތުގައި މެލޭޝިއާ އާއި ސިންގަޕޫރުން ވެސް އަންހެން އދި ފިރިހެން ޓީމު ރާއްޖޭގެ މުބާރާތުގައި ވާދަ ކުރުމަށް އަންނާނެ އެވެ.

ތައިލެްނޑްގެ ޓްރޭނިން ކޭމްޕަށް ފުރުމުގެ ކުރިން: ގައުމީ ވޮލީ ޓީމާ ބައްދަލު ކުރުމަށް މިނިސްޓަރު މަހްލޫފް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ޔޫތު މިނިސްޓްރީ

ތައިލެްނޑްގެ ޓްރޭނިން ކޭމްޕަށް ފުރުމުގެ ކުރިން: ގައުމީ ވޮލީ ޓީމާ ބައްދަލު ކުރުމަށް މިނިސްޓަރު މަހްލޫފް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ޔޫތު މިނިސްޓްރީ

އޭގެ އިތުރުން އަފްގާނިސްތާންގެ ގައުމީ ވޮލީ ޓީމު ވެސް މުބާރާތުގައި ބައިވެރިވެދާނެ ކަމުގެ އިޝާރާތެއް ޝާފީ ދެއްވި އެވެ.

ގައުމީ އަންހެން ޓީމުގެ ކޯޗަކީ ކްލަބް ވެމްކޯގެ ފިރިހެން ޓީމުގެ ކޯޗު އިބްރާހިމް ނިޒާރު އެވެ. ނިމިދިޔަ ގައުމީ މުބާރާތުގެ ޗެމްޕިއަންކަމާ ހަމައަށް ވެމްކޯގެ އަންހެން ޓީމު ގެންގޮސް ދިނުމަށް ކުރީގެ އެއްވަނަ ކުޅުންތެރިޔާ ނިޒާރުގެ ހިއްސާ ބޮޑެވެ. އެ ޓީމުގެ ޓްރޭނިން ކޭމްޕް ކުރިއަށް ގެންދިޔައީ އޭނާގެ ބެލުމުގެ ދަށުންނެވެ.

ގައުމީ ފިރިހެން ޓީމުގެ ކޯޗަކީ ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ އެވެ. މި މަހު ބާއްވާ މުބާރަތަކީ ރާއްޖޭގެ ކޯޗު ކަމުގައި އޭނާ ކުރިމަތިލާ ފުރަތަމަ މުބާރާތެވެ.