Roadha Mihaaru
ރާއްޖޭގެ ފުރަތަމަ މެޗު މެލޭޝިއާ އާދެކޮޅަށް

ފޯ ނޭޝަން ކަޕްގައި ރާއްޖޭގެ ފުރަތަމަ މެޗު މެލޭޝިއާ އާދެކޮޅަށް

22 ފެބުރުއަރީ 2023

ރާއްޖޭގައި މާދަމާ ފަށާ ގޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ގައުމީ ފިރިހެން އަދި އަންހެން ޓީމު ވެސް މެލޭޝިއާ އާ ދެކޮޅަށް ވާދަކުރަން ޖެހިއްޖެ އެވެ.

ރާއްޖޭގައި މާދަމާ ފަށާ ގޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ގައުމީ ފިރިހެން އަދި އަންހެން ޓީމު ވެސް މެލޭޝިއާ އާ ދެކޮޅަށް ވާދަކުރަން ޖެހިއްޖެ އެވެ.

އަންހެން ޑިވިޝަން ފިރިހެން ޑިވިޝަން އެކުއެކީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތް، ފިރިހެން ޑިވިޝަނުން ފަށާނީ އަފްގާނިސްތާނާއި ސިންގަޕޫރުގެ މެޗުންނެވެ. އެ މެޗުގެ ކުޅުން ފަށާނީ މާދަމާ މެންދުރު ފަހު 2:30 ގަ އެވެ.

ރާއްޖެ އަށް ފުރަތަމަ އޮންނާނީ އަންހެން މެޗެވެ. މާދަމާ ހަވީރު 4:30 ގައި ގައުމީ އަންހެން ޓީމުން ނުކުންނާނީ މެލޭޝިއާ އާ ދެކޮޅަށެވެ. ފިރިހެން ޑިވިޝަނުގައި މެލޭޝިއާ އާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ 8:30 ގަ އެވެ.

އަންހެން މުބާރާތުގައި ތިން ޓީމު ހިމެނޭތީ އަންހެން ޑިވިޝަންގެ މުބާރާތް ކުރިއަށް ގެންދާނީ ރައުންޑް ރޮބިން އުސޫލުން ކުޅުމަށް ފަހު އެއްވަނަ އަށް ދާ ޓީމަށް ފައިނަލުގެ ސީދާ ޖާގަ ލިބޭ ގޮތަށެވެ. އަދި އަނެއް ދެ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށް ފަހު ފައިނަލުގެ ދެވަނަ ޖާގަ ކަނޑައަޅާނެ އެވެ. މުބާރާތުގެ ފައިނަލު މެޗު އޮންނާނީ މި މަހު 27 ގަ އެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން އަދި ފިރިހެން ޓީމުން ވެސް ވަނީ ތައިލެންޑްގައި 10 ދުވަހުގެ ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. މުބާރާތުގެ ހަގީގީ ބޭނުމަކީ މި އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް އަމާޒުކޮށްގެން ރާއްޖޭގެ ޓީމު ތައްޔާރު ކުރުން ކަމަށް ވީއޭއެމުން ބުނެ އެވެ.

އެކަމަކު ޓީމުގެ ކުޅުންތެރިންނާއި ކޯޗުން ވެސް ޓާގެޓްކޮށްގެން ތިބީ މުބާރާތް ކާމިޔާބު ކުރުމަށެވެ. ޓީމު އިވެންޓަކުން އިންޓަނޭޝަނަލް މުބާރާތެއްގައި އަމިއްލަ ފަސް ގަނޑުގައި ކުޅެގެން މިހާތަނަށް ރާއްޖޭގެ ކުޅީވަރުގެ އެއްވެސް ޓީމަކަށް ޗެމްޕިއަންކަން ހޯދިފައެއް ނުވެ އެވެ. ކުރިއަށް އޮތް ފޯ ނޭޝަން މުބާރާތް ރާއްޖޭގެ ޓީމުން ކާމިޔާބު ކޮށްފިނަ އެ ޝަރަފް ހާސިލު ކުރާ ފުރަތަމަ ކުޅިވަރަކަށް ވާނީ ވޮލީ އެވެ.