ބިދޭސީންގެ ޖޫރިމަނާ އާއި ފީތައް ފަހުން ދައްކަން އެއްބަސްވެއްޖެ ނަމަ ކުރިން ފީ ނުދައްކާ ހުރި ވޯކް ޕާމިޓުތައް ބާތިލް ކޮށްދޭން ހޯމް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
13 އޮކްޓޯބަރ 2025
ބިދޭސީންގެ ޖޫރިމަނާ އާއި ފީތައް ފަހުން ދައްކަން އެއްބަސްވެއްޖެ ނަމަ ކުރިން ފީ ނުދައްކާ ހުރި ވޯކް ޕާމިޓުތައް ބާތިލް ކޮށްދޭން ހޯމް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ބަދަލު ގެނައީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވޯކް ޕާމިޓްތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެ ބަދަލާ އެކު، މިއަދުން ފެށިގެން ވޯކް ޕާމިޓްތަކާ ގުޅުން ހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ހަލާސްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމުން، ވޯކް ޕާމިޓްތައް ބާތިލު ކުރެވޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ ބާތިލުކުރާ ވޯކް ޕާމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒް ކުރެވޭނީ، އެ ޕާމިޓަކާ ގުޅިގެން ދައްކަން ޖެހޭ ހުރިހާ ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކައި ހަލާސްކުރުމުން ކަމަށެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން އަންނަނީ "ކުރަނގި" ނަމުގައި ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ. އެ އޮޕަރޭޝަންގައި އަންނަނީ ބިދޭސީންނަށް ބަޔޯމެޓްރިކްސް އާއި އެހެން މައުލޫމާތު ނަގަމުންނެވެ. އަދި ބަޔޯމެޓްރިކްސް ނުދޭ ބިދޭސީންނަށް ފިޔަވަޅު އަޅަން ނުވަތަ ޑީޕޯޓްކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ހޯމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބުނީ، އެހާތަނަށް 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސްގެ މައުލޫމާތު އެ މިނިސްޓްރީ އަށް ދީފައި ނުވާ ކަމަށާއި އެކަށީގެންވާ ސަބަބެއް ނެތި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ކަން ނުކުރާ އެންމެން ޑީޕޯޓު ކުރާނެ ކަމަށެވެ.
ހޯމް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީ ކޮށްފައިވާ 3،942 ފަރާތުގެ ބެލުމުގެ ދަށުގައި ތިބި 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް އަޕްޑޭޓު ކޮށްފައި ނުވާ ކަން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ހުރި ރެކޯޑުތަކުން ދައްކަ އެވެ.
ހޯމް މިނިސްޓްރީން ބުނިގޮތުގައި ބަޔޯމެޓްރިކްސްގެ މައުލޫމާތު އެކަށީގެންވާ ސަބަބެއް ނެތި އަންނަ މަހުގެ 15 އިގެ ކުރިން އަޕްޑޭޓު ނުކުރާ ހުރިހާ ބިދޭސީން ޑީޕޯޓު ކުރާނެ އެވެ. އަދި އެ މީހުންނަށް ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީ ކޮށްފައިވާ ފަަރާތްތައް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން 50،000ރ. އިން ޖޫރިމަނާކޮށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް މިނިސްޓްރީން ދީފައި ވެ އެވެ.
އެއް އަހަރުން 60،000 އަށްވުރެ ގިނަ ވޯކްޕާމިޓް ކެންސަލް
83،000 އަށް ވުރެ ގިނަ ބިދޭސީންނަށް ވޯކްޕާމިޓް
7،500 ފަރާތެއް އެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށްފި
ބިދޭސީންގެ ޖޫރިމަނާ ބަހާލައިގެން ދައްކަން ފުރުސަތު ދެނީ
ބިދޭސީންގެ ޖޫރިމަނާ ފައިސާ ދައްކަން އިތުރު މުއްދަތެއް
ތިން ހަފުތާގެ ތެރޭގައި 182 މިލިއަން ލިބިއްޖެ
ބިދޭސީންގެ ފީތަކުން ދައުލަތަށް 636މިލިއަން ލިބެންޖެހޭ
ބިދޭސީންގެ ފީ ނުދައްކާ ބޮޑެތި ކުންފުނިތައް އާއްމުކޮށްފި
ބަޔޯމެޓްރިކްސް ފުރިހަމަ ނުކުރަނީ 27،773 ބިދޭސީއެއް
ބިދޭސީންގެ ފީ އާއި ޖޫރިމަނާ ދައްކަން އިތުރު ފުރުސަތެއް