ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމް ބޮޑުކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކާ ގުޅިގެން 27،000 ސަޕޯޓަރުންގެ ޖާގައާ އެކު އަދި އެ ދަނޑު ބޭނުން ނުކުރާން ބާސެލޯނާ ނިންމައިފި އެވެ.
ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމް ބޮޑުކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކާ ގުޅިގެން 27،000 ސަޕޯޓަރުންގެ ޖާގައާ އެކު އަދި އެ ދަނޑު ބޭނުން ނުކުރާން ބާސެލޯނާ ނިންމައިފި އެވެ.
ބާސެލޯނާ މިހެން ނިންމީ ސިޓީ ކައުންސިލުން ކޭމްޕް ނޯ ހުޅުވުމުގެ ހުއްދަ ދީފައި ވަނިކޮށެވެ. ނަމަވެސް ބާސާ ދެކޭގޮތުގައި ކްލަބަށް ފައިދާވާނީ 47،000 ސަޕޯޓަރުންގެ ޖާގައާ އެކު ހުޅުވަން ކުޑަ އިންތިޒާރެއް ކުރާށެވެ.
ސީޒަންގެ ކުރީކޮޅު ހޯމް މެޗުތައް ކުޅެން 6000 މީހުންގެ ޖާގައިގެ ބާސެލޯނާގެ ޓްރޭނިން ދަނޑު ކަމަށްވާ ޔޯހާން ކްރައިފް ސްޓޭޑިއަމް ބޭނުން ކުރި އެވެ. ފަހުން ވަނީ ފާއިތުވި ދެ އަހަރުގެ ހޯމް މެޗުތަކަށް ބޭނުން ކުރި ލުއިސް ކޮމްޕެނީސް އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅެން ފަށައިފަ އެވެ. ކްލަބުން ދެކޭގޮތުގައި އެ ދަނޑުގެ 55،000 މީހުންގެ ޖާގައިގެ ޓިކެޓް ވިއްކައިގެން ކްލަބަށް މާލީ ގޮތުން ފައިދާ ކުރެ އެވެ.
މިއާ އެކު މިރޭ ބާސެލޯނާ ލީގުގައި ޖިރޯނާއާ ދެކޮޅަށް ނުކުންނާނީ އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ. އެއަށް ފަހު ޗެމްޕިއަންސް ލީގުގައި އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅުމަށް ފަހު މެޑްރިޑުގައި ރެއާލާ ދެކޮޅަށް ނުކުންނާނެ އެވެ.
މި މެޗުތަކާ ކުރިމަތިލާއިރު ބާސެލޯނާއަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ވެސް ކުރިމަތިވެފަ އެވެ. އޭގެ ތެރޭގައި ލަމީން ޔަމާލް، ފާމިން ލޮޕޭޒް، ރަފީނިއާ، ގަވީ، ޑެނީ އޮލްމޯ، ގޯލްކީޕަރު މާކް-އަންޑްރޭ ޓާ ސްޓޭގަން އާއި ޔޯއާން ގާސިއާ ހިމެނެ އެވެ. ޔަމާލް އާއި ލޮޕޭޒް ވަނީ މިހާރު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފަ އެވެ.
ބާސެލޯނާ ލީގު އެއްވަނައިގައި ލީޑު ދަމަހައްޓައިފި
ޔަމާލް ފުރަތަމަ ފަހަރަށް ކޭމްޕް ނޫގައި ލަނޑު ޖަހައިފި
ފްލިކްގެ މެސެޖް: ބާސާގެ އެނބުރި އައުން "ތަފާތުވާނެ"
ބާސާ ދޫކޮށްލުމަކީ ހިޔާލަށްވެސް ގެނައިކަމެއް ނޫން: މެސީ
މިއީ ބާސާއަށް ރަނގަޅު ދަނޑިވަޅެއް ނޫން: ފްލިކް
މެޑްރިޑުގައި މިފަހަރު ބާސާއަށް ބޭނުންވި ގޮތެއް ނުވި
އެލް ކްލެސިކޯގެ ކުރިން ބާސާ އިތުބާރު ހޯދައިފި
ސީޒަނުގެ އެންމެ މުހިންމު މެޗަށް ފްލިކް ސަސްޕެންޑް
ލެވަންޑޯސްކީއަށް އެލް ކްލެސިކޯ ގެއްލިދާނެ
ލީގު މެޗުތަކެއް ގައުމުން ބޭރުގައި ކުޅެން ހުއްދަދީފި