ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރް ދެވަނަ ދަރިފުޅަށް ބަލިވެއިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރް ދެވަނަ ދަރިފުޅަށް ބަލިވެއިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސޯނަމް އާއި އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ އަނަންދު އަހޫޖާއާ ގާތް މީހަކާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނީ ސޯނަމް ދެވަނަ ދަރިފުޅަށް ބަލިވެއިންތާ މިހާރު ދެވަރަކަށް މަސްދުވަސް ވެއްޖެ ކަމަށެވެ. އަދި އެ ޚަބަރާ އެކު ދެ ފަރާތުގެ އާއިލާއަށް ވެސް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ސޯނަމް ބަލިވެއިންކަމުގެ ޚަބަރު އޭނާ އާއި އޭނާގެ ފިރިމީހާ ވެސް މިހާތަނަށް މީޑިއާއަށް ހިއްސާކޮށްފައި ނުވެ އެވެ. އާންމުކޮށް ބޮލީވުޑްގެ ތަރިން ބަލިވެއިނުމުން ސޯޝަލް މީޑިއާގައި އެކަން އިއުލާން ކުރެ އެވެ. ސޯނަމް އާއި އަނަންދު މިހާތަނަށް އެ ކަހަލަ އިއުލާނެއް ކޮށްފައެއް ނުވެ އެވެ.
ސޯނަމްގެ ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބުނީ 2022 ވަނަ އަހަރު އެވެ. އެއީ ފިރިހެން ކުއްޖެކެވެ.
އަނަންދު އާއި ސޯނަމް ކައިވެނިކުރީ މެއި 8، 2018 ގަ އެވެ.
ކައިވެނީގެ ކުރިން އެތައް ފިލްމަކުން ފެނުނު ސޯނަމްގެ ފިލްމީ މަސައްކަތްތައް ކައިވެނީގެ ފަހުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އޭނާ އެންމެ ފަހުން ފެނުނީ 2019 ގައި ރިލީޒްކުރި "ދަ ޒޯޔާ ފެކްޓާ" އިންނެވެ. އަދި އޭނާ ބޮލީވުޑަށް އެނބުރި އަންނަން ނިންމައި 2023 ވަނަ އަހަރު އާ ފިލްމެއް ވެސް އިއުލާންކުރި އެވެ. "ބެޓުލް ފޯ ބިޓޯރާ" ކިޔާ އެ ފިލްމުގެ މަސައްކަތް ކުރިއަށް ނުގެންދެވުމުން މިދިޔަ އަހަރު ވަނީ ހުއްޓާލައިފަ އެވެ.
ކުއްޖަކު މި ހޯދަނީ އެންމެ ބޭނުންވި ވަގުތު: ސޯނަމް
ޕަރީ އާއި ރާގަވްގެ ދަރިފުޅަށް ކިޔަނީ "ނީރް"
ކެޓްރީނާ ވިހައިފި، ލިބުނީ ފިރިހެން ދަރިއެއް
ޕަރީ އާއި ރާގަވްއަށް ފިރިހެން ކުއްޖަކު ލިބިއްޖެ
ބާރުތީއަށް ދެވަނަ ކުއްޖަކު ލިބެނީ
އަރްބާޒްގެ ދެވަނަ ކައިވެންޏަށް ދަރިއަކު ލިބިއްޖެ
ކެޓްރީނާ ވިހަނީ އަންނަ މަހު: ރިޕޯޓް
ޕަރީ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފި
ކެޓްރީނާ މާބަނޑު ކަމަށް އަޑު ފެތުރިއްޖެ
ސިޑް އާއި ކިއާރާއަށް އަންހެން ކުއްޖަކު ލިބިއްޖެ