ދަރިއަކު ނުހުންނަ އަދި ކައިވެންޏެއް ވެސް ނުކުރާ، މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) އޭނާގެ ދަރިފުޅަށް އިހުމާލުވާ ކަމަށް ބުނެ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އޭނާގެ ގެއަށް ދިޔަ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
23 އޮކްޓޯބަރ 2025
ދަރިއަކު ނުހުންނަ އަދި ކައިވެންޏެއް ވެސް ނުކުރާ، މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) އޭނާގެ ދަރިފުޅަށް އިހުމާލުވާ ކަމަށް ބުނެ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އޭނާގެ ގެއަށް ދިޔަ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މައީޝާ މިއަދު "މިހާރު" އަށް ބުނީ ދެ އަހަރުގެ ދަރިފުޅަށް އިހުމާލުވާ ކަމަށް ބުނެ ކާކުކަން ނޭނގޭ ގޮތަށް މީހަކު ރިޕޯޓްކޮށްފައިވާ މައްސަލައަކާ ގުޅިގެން ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު އެންމެ ފުރަތަމަ ގުޅީ އޭނާގެ ދައްތައަށް ކަމަށެވެ.
"ދައްތައަށް ގުޅާފައި ބުނީ މައީގެ ހުރޭހޭ ދެ އަހަރުގެ ... ކިޔާ ފިރިހެން ކުއްޖެއް ... އަތޮޅެއްގެ ރަށެއްގައި، ކޮންމެ ވެސް މީހަކާ އެކު އަޅުގަނޑު ހޯދާފައި ހުރި. އެ ކުއްޖާ އަޅުގަނޑު އަތުން ނަގަންވެގެންނޭ މި ގުޅީ، އަޅުގަނޑު އުޅޭ ތަނެއް ހޯދާށޭ،" މައީޝާ ބުންޏެވެ.
Thread:
— Mariyam Maeesha (@RaalhuMariyambu) October 23, 2025
Today, my sister got a call from the Ministry of Social and Family saying that I have a 2 year old child and they want to take the child from me due to an anonymous report made by someone.
އެންމެ ފުރަތަމަ ހީކުރީ އެއީ ޕްރޭންކް ކޯލެއް ކަމަށް ކަމަށާއި ފަހުން ނަންބަރު ވެރިފައި ކުރުމުން އެއީ މިނިސްޓްރީގެ ނަންބަރެއްކަން ޔަގީންކުރެވުނު ކަމަށް ވެސް އޭނާ ބުންޏެވެ.
"ދެން އަޅުގަނޑު ގުޅީ މިނިސްޓްރީއަށް. ގުޅާފައި ބުނީ މިހެންމިހެން ވެއްޖެޔޭ، މިއީ ހާދަ ބޮޑު ބްރީޗެކޭ، އަޅުގަނޑު ވެސް އަބުރު ގެއްލުނިއްޔޭ، މިހާރު ކިހިނެއްހޭ މި ވަނީ. ހާދަ ބޮޑު ގެޕެކޭ ތި އިންނަނީ ސިސްޓަމްގެ، ކުއްޖެއްގެ މައިންބަފައިން ނޭނގުމާއި ކުއްޖާ ވީ ތަނެއް ނޭނގުމާއި ނުބައި މީހަކަށް ކޮންޓެކްޓުކުރުން، އަދި އަޅުގަނޑަށް ނުގުޅާ އަޅުގަނޑުގެ ދައްތައަށް ގުޅުމަކީ ވެސް،" މައީޝާ ބުންޏެވެ.
އެކަން ހިނގާފައި އޮތްގޮތް ބެލުމަށް ފަހު ގުޅާނެ ކަމަށް ބުނެ ޖަވާބެއް ދިނުން ފިޔަވައި އިތުރު ކަމެއް މިނިސްޓްރީގެ ފަރާތުން ސާފު ނުވި ކަމަށް މައީޝާ ބުންޏެވެ.
މައީޝާ ބުނީ އެ ކޯލުގެ ފަހުން މިނިސްޓްރީގެ އޮފިޝަލުން އޭނާ ހޯދަން އޭނާގެ ގެއަށް ވެސް މިއަދު ދިޔަ ކަމަށެވެ.
"ގެއަށް ގޮސްފައި އެ ބޭފުޅުން ބުނީ އެނޯނިމަސް ރިޕޯޓެއް ކުރިއްޔޭ ... އަތޮޅެއްގެ ރަށެއްގެ ކައުންސިލަކަށް، އަޅުގަނޑުގެ ދަރިއަކު ހުރެޔޭ ކިޔާފައި. އެ އިންފޮމޭޝަން ދިޔައީ ޕޮލިހަށް، ދިޔައިމަ ޕޮލިހުންނޭ [މިނިސްޓްރީއަށް] އެ އިންފޮމޭޝަން ދިނީ. ޕޮލިހުގެ ފަރާތުން ލިބުނު ރިޕޯޓަކަށޭ އެ ބޭފުޅުން [މިނިސްޓްރީން] މި އިންވެސްޓިގޭޓްކުރަނީ،" މައީޝާ ބުންޏެވެ.
For the record, these are very serious allegations. I DO NOT HAVE A CHILD! More updates coming. This is such a bad mess up. @MSFDmv @aishathshiham @PoliceMv
— Mariyam Maeesha (@RaalhuMariyambu) October 23, 2025
މައީޝާ ބުނީ މިނިސްޓްރީއަށް ފަހުން ވެސް ގުޅައި މި މައްސަލަ ޖައްސާފައި ވާނެ ކަމަށެވެ.
މިނިސްޓްރީން ފަހުން އޭނާގެ ދައްތައަށް ގުޅައި، މިއީ އޮޅުމެއް ކަމަށް އެއްބަސްވެ މާފަށް އެދުނު ކަމަށް ވެސް މައީޝާ ބުންޏެވެ.
މައީޝާ ބުނީ މިނިސްޓްރީއަށް ހެދުނު މި ބޮޑު ގޯހުގެ ސަބަބުން، "އޭނާ މީހަކާ ނީނދެ ދަރިއަކު ހުންނަ ކަމަށް ބުނެ" އަޑުތައް ފެތުރި، އޭނާގެ އަގު ވެއްޓި، އަބުރު ކަތިލެވިފައިވާ ކަމަށެވެ. މިނިސްޓްރީން ފަހުން އޭނާއަށް ވެސް ގުޅައި މާފަށް އެދުނު ކަމަށާއި އެކަމަކު، މިއީ މާފަށް އެދިގެން ނިންމާލެވޭ ވަރަށް ވުރެ ބޮޑު، ސީރިއަސް މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.
މާފަށް އެދުމަށް ފަހުގައި ވެސް މިނިސްޓްރީން އަލުން ގުޅައި، އެ ކުއްޖާގެ ވާހަކަތައް އޭނާ ގާތުގައި އެހި ކަމަށް މައީޝާ ބުންޏެވެ.
"އަޅުގަނޑަށް މައްސަލައަކީ އަޅުގަނޑުމެން ޓެކްސްޕޭއިން ހިންގާ ބޮޑު މިނިސްޓްރީއެއްގައި މި ކަހަލަ ބޮޑު ބްރީޗެއް، މި ކަހަލަ ބޮޑު ތުހުމަތެއް، މި ކަހަަލަ ވޭސްޓް އޮފް ޓައިމްއެއް އާންމު ރައްޔިތަކަށް ވެގެންދާއިރު، މިއީ ވަރަށް ބޮޑު މައްސަލައެއް،" އޭނާ ބުންޏެވެ.
"ގެއާ ހަމައަށް ދާއިރު، އެ ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓް އިންނަން ޖެހޭނީ ކްރޮސްޗެކު ކުރެވިފައި ދެއްތޯ؟."
މި މައްސަލައާ ގުޅިގެން ފެމެލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ބަހެއް ހޯދަން "މިހާރު" އިން ގުޅުމުން އަދި ޖަވާބެއް ނުލިބެ އެވެ.
އަހަރުނުވާ 4 ކުއްޖަކާ އެކު ދައުލަތަށް 167 ކުއްޖެއް
16 އަހަރުގައި "ވިއްކާލި" ދަރިފުޅަށް އަދިވެސް އަނިޔާ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން މަދެއް ނުވޭ
މަަގުމަތިވި އާއިލާ ޖެންޑާގެ ބެލުމުގެ ދަށަށް!
އާއިލީ މައްސަލަތަކުގެ ހާއްޔެއްގައި ކުޑަ ދެ ކުދިން!
މި ކުދިންނާ މެދު ލޯތްބެއް ކުލުނެއް ނެތް؟
ދަރިވަރުންގެ އަހުލާގު: އަތް ބަނދެވި، މައްސަލަތައް!
އަނިޔާ ލިބޭ ކުދިން އިތުރު އަނިޔާއަށް ހުށަހަޅަނީ!
ކުޑަކުދިންނަށް ކުރާ އަނިޔާ ބަލާ ކޮމިޝަން އުވާލައިފި
އުމުރުން 14، މައްސަލަތަކުގެ އަދަދު 350 އިން މަތި