Roadha Mihaaru
ކުޑަކުދިންނަށް ކުރާ އަނިޔާ ބަލާ ކޮމިޝަން އުވާލައިފި

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބަލާ ކޮމިޝަންގެ މަސައްކަތް ނިމުމުން އުވާލައިފި

22 ފެބުރުއަރީ 2022

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ނިމުމުން، އެ ކޮމިޝަން މިއަދު އުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ނިމުމުން، އެ ކޮމިޝަން މިއަދު އުވާލައިފި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ކޮމިޝަން އުފެއްދީ ފެބްރުއަރީ 20، 2020 ގަ އެވެ. ނަމަވެސް ހަވާލުކުރި މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ކަނޑައަޅައި ރައީސްގެ ގަރާރަކުން އެ ކޮމިޝަން ވަނީ އުވާލައިފަ އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ މައިގަނޑު މަސްއޫލިއްޔަތަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި ދައުލަތުން މަތިކޮށްފައިވާ ޒިންމާތައް އަދާކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި އެކަންކަން ދިމާވި ތަނާއި ވަގުތާއި ހާލަތާއި އެކަމުގައި ޝާމިލްވާ މީހުންގެ އުމުރާއި އިގްތިސާދީ އަދި އިޖުތިމާއީ ހާލަތާއި ކުށްކުރަން ނުވަތަ އަނިޔާ ލިބެން މެދުވެރިވާ ސަބަބުތައް ހޯދައި އަނިޔާ ލިބުނު ކުދިންގެ މިހާރު ހާލަތާ ބެހޭ މައުލޫމާތު އެއްކުރުން ހިމެނެ އެވެ. އަދި ދައުލަތުގެ އިދާރާތަކުން އެ ބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމަކީ ވެސް އެ ކޮމިޝަންގެ ޒިންމާއެކެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް، ފަސް މެމްބަރުންގެ ކޮމިޓީން ދިރާސާކޮށް، ދިރާސާގެ ހޯދުންތަކުން ވަޒަންކުރެވޭ ކަންކަމާމެދު، ކަމާ ގުޅޭ އިދާރާތަކުން އަޅްންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތަފްސީލީ ރިޕޯޓެއް ހުށަހަޅާނެ އެވެ.