އައްޑޫ މީދު އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބަލަން މާދަމާ ނަގާ ވޯޓާ ގުޅޭ ގޮތުން އެއްވެސް ކޮޅަކަށް ކެމްޕެއިން ކުރުން މިއަދުގެ ހަވީރު 6 އިން ފެށިގެން މަނާވާނެތީ އެކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެ އެވެ.
އައްޑޫ މީދު އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބަލަން މާދަމާ ނަގާ ވޯޓާ ގުޅޭ ގޮތުން އެއްވެސް ކޮޅަކަށް ކެމްޕެއިން ކުރުން މިއަދުގެ ހަވީރު 6 އިން ފެށިގެން މަނާވާނެތީ އެކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެ އެވެ.
އެ ކޮމިޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން މާދަމާ ހެނދުނު 8 އިން ހަވީރު 4 އަށް ބާއްވާ ރިފަރެންޑަމްގައި ވެސް އަމަލު ކުރާނީ އިންތިހާބުތަކުގައި އަމަލުކުރާ އާންމު އުސޫލު ކަމަށެވެ.
"އެގޮތުން މި ރިފަރެންޑަމްގައި ވެސް ވޯޓުގެ ކުރީ ދުވަހުގެ ހަވީރު 6 އިން ފެށިގެން ވޯޓު ނަގައި ނިމެންދެން އެ ވޯޓާ ގުޅޭ ގޮތުން ކެމްޕެއިނަކަށް ވާ ކަހަލަ ކަންކަން ކުރުން ގާނޫނީ ގޮތުން މަނާވާނެ. އެފަދަ ކަންކަމުން އެންމެން ވެސް ދުރުވެ ތިބުމަށް އެދެން،" އޭނާ ވިދާޅުވި އެވެ.
އައްޑޫ ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ރޭ އެ ރަށުގައި ބޭއްވި ކެމްޕެއިނު ހަރަކާތުގައި ބަޔަކު ބައިވެރިވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
އީސީން ނިންމާފައި ވަނީ މާދަމާގެ ވޯޓު ގުނައި ނިމުމުން އެ ވޯޓު ފޮއްޓެއްގެ ކައިރީގައި އެ ފޮއްޓެއްގެ ވޯޓުގެ ނަތީޖާ އިއުލާން ކުރަމުން ގެންދާ ގޮތަށެވެ. އެއީ ވެސް އެ ކޮމިޝަނުން އަމަލުކުރާ އާންމު އުސޫލެވެ.
އައްޑޫ މީދު އާއި ހުޅުދޫ އަދި ފޭދޫގެ ރައްޔިތުންގެ މެދުގައި ނަގާ ވޯޓުގެ ވަގުތީ ނަތީޖާ އިއުލާން ކުރާނީ މާދަމާ އައްޑޫގަ އެވެ. ދާއިމީ ނަތީޖާ އިއުލާން ކުރާ ގޮތަށް ނިންމާފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ.
މާލެ އާއި އައްޑޫގެ ތިން ރަށުގައި 18 ވޯޓު ފޮށި މި ރިފަރެންޑަމަށް ބަހައްޓާނެ އެވެ. އެއީ ހުޅުދޫގައި ތިން ފޮށި، މީދޫގައި ތިން ފޮށި، ފޭދޫގައި ފަސް ފޮށި އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުންނަށް ހަތް ވޯޓު ފޮއްޓެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައިވާ ގޮތުން ފޭދޫން 4،355 މީހަކަށް މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭއިރު، ހުޅުދޫން 2،874 މީހަކަށް އަދި މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
އައްޑޫގެ ތިން ރަށެއްގެ ރިފަރެންޑަމްގެ ވޯޓާ ގުޅޭ އެންމެ ފަހުގެ ތައްޔާރީތަކަށް އީސީގެ ރައީސް ޒާހިދާއި ބައެއް މެމްބަރުން އަދި އެ ވޯޓުގެ އިންތިޒާމުތަކާ ގުޅޭ މުވައްޒަފުން މިހާރު ތިއްބެވީ އެ ސިޓީގަ އެވެ.
މީދު އާއި ހުޅުދޫ އަދި ފޭދޫގެ ރައްޔިތުން ވަނީ މިހާ ހިސާބަށް އައި އިރު ވާދަވެރި އަދި ފޯރިގަދަ ކެމްޕެއިނެއް މި ރިފަރެންޑަމާ ގުޅޭ ގޮތުން ކޮށްފަ އެވެ. އަދި "މިހާރު" އިން ވެސް ވަނީ އެކި ފިކުރުގެ މީހުން ހިމެނޭ ގޮތަށް "އައްޑޫ ބަހުސް" ނަމުގައި ހާއްސަ ބަހުސެއް މިދިޔަ ހަފުތާގައި ބާއްވައިފަ އެވެ.
އައްޑޫ ވޯޓު: މަދު ބަޔަކު ނުކުމެ ގޮތް ނިންމީ ކީއްވެ؟
އައްޑޫ ވޯޓު: ވޯޓުލާން ނުކުތީ 47 ޕަސެންޓް މީހުން
ވަކިވާން ފޭދޫ ދެކޮޅު، ހުޅުދޫ-މީދޫ ބޭނުމީ ވަކިވާން
ވޯޓުލުން ނިމެނީ، 64 ޕަސެންޓު ވެސް ވޯޓުނުލާ
ވަކިވާން ފޭދޫ ދެކޮޅު، ހުޅުދޫ/ މީދޫ ބޭނުމީ ވަކިވާން!
ސިޓީ ކައުންސިލުން ވަކިވެ، ފޭދުއަށް އޮތް މޮޅަކީ ކޮބާ؟
ވަގުތީ ނަތީޖާ އެ ފޮއްޓެއްގެ ކައިރީގައި އިއުލާން ކުރާނެ
"ވަަކިވަކި ކައުންސިލްތަކާ އެކު ވަކިން ގްރާންޓު ލިބޭނެ"
އައްޑޫ ވޯޓާގުޅޭ ބަހުސެއް "މިހާރު" އިން ބާއްވަނީ
އައްޑޫން އިއުލާނުކުރި 1،000 ގޯއްޗަށް 4،000ފޯމު