ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހަތަރު މެމްބަރުން މިއަދު އައްޔަނުކޮށްފި އެވެ.
26 އޮކްޓޯބަރ 2025
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހަތަރު މެމްބަރުން މިއަދު އައްޔަނުކޮށްފި އެވެ.
އެންއައިސީގެ ހަތަރު މެންބަރެއްގެ ދައުރު މިއަދު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލީ މިދިޔަ އޮގަސްޓު 20ގަ އެވެ. އެ މުއްދަތު މިދިޔަ މަހު ހަތަކަށް ވަނީ ހަމަވެފަ އެވެ.
އެ މަގާމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމުތަކަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފް ދަފްތަރު ނަމްބަރު 1854 ޝިފާޒް އަލީ އާއި ދަފްތަރު ނަމްބަރު 1188 ޝުއައިބު އަބްދުއްރަހްމާނާއި ދަފްތަރު ނަމްބަރު 1851 އަލީ މުހައްމަދު މަނިކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެ ކޮމިޝަނަށް އެ ހަތަރު މެމްބަރު އައްޔަނު ކުރައްވައިފަ އެވެ.
އޭގެ ތެރެއިން ޝުއައިބަކީ މިހާރު ވެސް އެންއައިސީގެ މެމްބަރެކެވެ.
އެންއައިސީއަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ޝުއައިބްގެ އިތުރުން މިހާރު އެ މަގާމުގައި ތިއްބެވީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލް ކަރީމާއި ނައިބު ރައީސް އާޝިޔަތު ޝިއުނާގެ އިތުރުން މެމްބަރު އާމިނަތު ޝާދިޔާ އާއި މަރްޔަމް އިންޝާ ފައިސަލެވެ.
އިންޝާ ފިޔަވާ ބާކީ ތިއްބެވި ހަތަރު މެމްބަރުންގެ މުއްދަތު މިއަދަށް ވަނީ ހަމަވެފަ އެވެ.
އެ ކޮމިޝަނަކީ ފުލުހުންނާއި ކަސްޓަމްސް ފަދަ މުއައްސަސާތަކާ ގުޅޭ މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވާ ކޮމިޝަނެކެވެ.
ޖަނަވާރުންނަށް ރައްކާތެރިކަންދޭ ބިލު ތަސްދީގުކުރައްވައިފި
ފިސްކަލްޒިންމާގެ ޗާޓަރު ހަދަންޖެހޭ މުއްދަތަށް ދެ އަހަރު
އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ތަސްދީގު ކުރައްވައިފި
މެސެޖާ ގުޅިގެން އަސްމާ މާފަށް އެދިވަޑައިގެންފި
ޓެކްސް އެޕީލް ޓްރައިބިއުނަލަށް 14 ބޭފުޅެއްގެ ނަން
އަތޮޅު ކައުންސިލުތައް އުވާލާ އިސްލާހު މަޖިލީހަށް
އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި
ވަޒީފާ އިޔާދަ ކުރުމާއެކު މަހުމޫދު އޮފީހަށް ނުކުމެއްޖެ
ކޮމިޓީގެ ލަފައާއެކު މަހުމޫދުރިޔާޒުގެ ވަޒީފާ އިޔާދަކޮށްފި
މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަކުރަން ލަފާއަރުވައިފި