ޔުވެންޓަސްގެ ކޯޗަކަށް އިޓަލީ ގައުމީވޓީމުގެ ކުރީގެ ކޯޗު ލުޗާނޯ ސްޕަލޭޓީ ހަމަޖައްސައިފި އެވެ.
29 އޮކްޓޯބަރ 2025
ޔުވެންޓަސްގެ ކޯޗަކަށް އިޓަލީ ގައުމީވޓީމުގެ ކުރީގެ ކޯޗު ލުޗާނޯ ސްޕަލޭޓީ ހަމަޖައްސައިފި އެވެ.
ޔުވެންޓަސްގެ ކޯޗުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުރީ އީގޯ ޗޫޑާ މަގާމުން ވަކި ކުރުމުންނެވެ. އޭނާގެ ކޯޗުކަމުގެދަށުން އެ ޓީމުން އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް ބަލިވީ އެވެ.
އިންޓަ މިލާނާއި ނަޕޯލީއާ އެކު ކާމިޔާބު މަސައްކަތެއް ކުރި ނަމަވެސް އިޓަލީގެ ގައުމީ ޓީމުގައި ސްޕަލޭޓީ އަށް އެކަށީގެންވާ ކުރިއެރުމެއް ހޯދައެއް ނުދެވުނެވެ.
އިޓަލީގެ ފެޑެރޭޝަނުން އޭނާގެ މަސައްކަތާ މެދު ހިތްހަމަނުޖެހުމުން، ޖޫން މަހު އޭނާ ވަނީ މަގާމުން އަމިއްލަ އަށް ވަކިވެފަ އެވެ.
މިދިޔަ ހޯމަ ދުވަހު ޔުވެންޓަސްގެ މަގާމުން ޓޫޑޯ ވަކި ކުރުމާ އެކު އެ މަގާމަށް ސްޕަލޭޓީ ގެންނަން އުޅޭ ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓް ކުރި އެވެ.
އަންގާރަ ދުވަހު، ސްޕަލޭޓީ ބުނީ ޔުވެންޓަސްއިން އެފަދަ އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށެވެ. އެކަމަކު ޔުވެންޓަސް ފަދަ ކްލަބަކާ ކޮންމެ ކޯޗަކު ވެސް ހަވާލުވާން ބޭނުންވާނެ ކަމަށް އޭނާ ބުންޏެވެ.
އިޓަލީގެ މީޑިއާތަކުން ބުދަ ދުވަހު ބުނީ ސްޕަލެޓީ ކޯޗުކަމަށް ގެންނަން ޔުވެންޓަސްއިން ނިންމާފައިވާ ކަމަށެވެ. އަދި އޭނާއާ ރަސްމީކޮށް މަގާމު ހަވާލު ކުރާނީ ބުރާސްފަތި ދުވަހު ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުންޏެވެ. އޭނާ ވަނީ މި އަހަރު އެ ޓީމުގައި މަސައްކަތް ކުރާ ތިންވަނަ ކޯޗަށެވެ. މި އަހަރު އެ ޓީމުގެ ކޯޗުކަން އެންމެ ފުރަތަމަ ކުރީ ތިއާގޯ މޮޓާ އެވެ. އޭނާ އަށް ފަހު ޗޫޑާ އެވެ.
އެލްކްލެސިކޯއަށް ތައްޔާރުވާން ފެންވަރުދަށްނުކުރަން: ޒަބީ
ވެރޯނާ އިން ޔުވެންޓަސް ހުއްޓުވިއިރު، މިލާނަށް މޮޅެއް
ޔުވެންޓަސް އާއި ޑޯޓްމަންޑް ޕޮއިންޓަކުން ފުއްދާލައިފި
ޗެމްޕިއަންސް ލީގުގައި ޕޮގްބާ، ޔުވެންޓަސްއާ ދެކޮޅަށް
ޔުވެންޓަސްގެ 10 ކުޅުންތެރިން ބަދަލަކަށް އެދުނު
ޑާވިޑްސް ބައިވެރިވާ ޔުވެންޓަސްގެ ހަރަކާތެއް މަހިބަދޫގައި
މޮޓާ ވަކިކޮށް ޔުވެންޓަސްގެ ކޯޗުގެ މަގާމު ޓޫޑާ އަށް
ޔުވެންޓަސް ކަޓުވާލައި ޕީއެސްވީ ކުރިއަށް
ޔުވެންޓަސް އިން އިންޓަ އަށް ހުރަސް އަޅައިފި
ޔުވެންޓަސް ބަލިކޮށް ނަޕޯލީ ރޭހުގައި ކުރިއަށް