ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގެ ފުރަތަމަ ޓީޒާ އިއްޔެ ނެރެފި އެވެ.
ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގެ ފުރަތަމަ ޓީޒާ އިއްޔެ ނެރެފި އެވެ.
އެކްޝަން ތުރިލާ އެ ފިލްމުގެ "ޓައިޓަލް ރިވީލް" ޓީޒާ އާންމުކުރީ އިއްޔެ ފާހަގަކުރި ޝާހުގެ 60 ވަނަ އުފަންދުވަހާ ދިމާކޮށެވެ.
ޝާހުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކުރި އެ ޓީޒާ އިން ދައްކަނީ އެ ފިލްމުގައި އޭނާ ފެންނާނެ ގޮތެވެ. ބެލެވޭ ގޮތުގައި، އެއީ ވެސް މި ފަހުން ޝާހު ކުޅުނު އެހެން ފިލްމުތަކެކޭ އެއްގޮތަށް ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ފިލްމެކެވެ.
"ކިންގް"ގައި ޝާހުއާ އެކު އޭނާގެ ދަރިފުޅު ސުހާނާ ޚާން ވެސް ފެންނާނެ އެވެ. އަދި މުހިންމު ރޯލުތަކުން ރާނީ މުކަރްޖީ، ދީޕިކާ ޕަޑުކޯން، އަބީޝެކް ބައްޗަން އަދި ޖައިދީޕް އަހްލަވަތު ވެސް ފެންނާނެ އެވެ.
"ކިންގް" ގައި ޝާހު އާއި ރާނީ ކުޅޭނީ ދެމަފިރިންގެ ރޯލެވެ. ޝާހު އާއި ރާނީ އެކުގައި ފިލްމެއްގައި މި މަސައްކަތްކުރަނީ 19 އަހަރު ފަހުންނެވެ.
ޝާހު އާއި ރާނީ އެކުގައި އެންމެ ފަހުން ކުޅުނު ފިލްމަކީ 2006 ގައި ގެނެސްދިން "ކަބި އަލްވިދާ ނާ ކެހެ ނާ" އެވެ. އޭގެ ކުރިން "ކަބި ހުޝީ ކަބި ގަމް" އާއި "ކުޗް ކުޗް ހޯތާ ހޭ" ކަހަލަ ފިލްމުތައް އެކުގައި ކުޅެފައިވެ އެވެ،
"ކިންގް" ޑައިރެކްޓުކުރަނީ ޝާހުގެ "ޕަތާން" ވެސް ގެނެސްދިން ސިދާތު އާނަންދެވެ. އަދި، ސިދާތުއާ އެކު "ކިންގް" ގެ ސްކްރިޕްޓު ލިޔުނީ "ކަހާނީ" އާއި "ބަދުލާ" ކަހަލަ ކާމިޔާބު ތުރިލާ ފިލްމުތައް ޑައިރެކްޓްކުރި ސުޖޯއީ ގޯޝް އެވެ.
އަންނަ އަހަރު ރިލީޒްކުރާ "ކިންގް" ސިނަމާތަކަށް ގެންނަ ސީދާ ތާރީޚު އަދި އިއުލާނެއް ނުކުރެ އެވެ.
"ދަ ބޭޑްސް އޮފް ބޮލީވުޑް" އަންނަ މަހު 18 ގައި
އައިފާގައި އެންމެ މޮޅު ފިލްމަކަށް "އެނިމަލް"
އަރްޔަން ބޮލީވުޑަށް ތައާރަފުކުރަން ހުށަހެޅުންތައް
އިންޑިއާގެ އެންމެ ވަރުގަދަ ދެ ސްޓާރުން ކުރިމަތިލުމަކަށް
ޑްރަގް މައްސަލައާއެކު އަނަންޔާ އަށް ފިލްމެއް ގެއްލިއްޖެ
ފިލްމުގައި ލަވައެއް ނެތުމުން ބަދަލުދޭން ޖެހިއްޖެ
އަކްޝޭ ކަންނާ އަށް ހާއްސަ ސަމާލުކަމެއް!
"ތުރީ އިޑިއަޓްސް"ގެ ސީކުއެލްގެ މަސައްކަތް ފަށައިފި
"ޖީ ލޭ ޒަރާ"ގެ މަސައްކަތް އަލުން ފަށައިފި
ރަންވީރުގެ "ދުރަންދަރު"އަށް ބޮޑު ތަރުހީބެއް