Roadha Mihaaru
697 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފި

އިންޑިއާ އަށް 250، އަދި ކުރީ ސަރުކާރުގެ 447 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފި

03 ފެބުރުއަރީ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަގާފައިވާ 447 މިލިއަން ޑޮލަރުގެ ދަރަންޏާއި ދައުލަތުގެ ރިޒާވް މެނޭޖްކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީގެ ފައިސާ އަނބުރާ ދައްކާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަގާފައިވާ 447 މިލިއަން ޑޮލަރުގެ ދަރަންޏާއި ދައުލަތުގެ ރިޒާވް މެނޭޖްކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީގެ ފައިސާ އަނބުރާ ދައްކާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މީގެ ތިން އަހަރުކުރިން، 2019ގެ ޖުލައި މަހު ދައުލަތުގެ ރިޒާވް މެނޭޖްކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ އިން ނެގި ސްވޮޕް ފެސިލިޓީ އަނބުރާ ދެއްކީ މިދިޔަ ޑިސެމްބަރު މަހުގެ 29 ގަ އެވެ. މާލީ ގޮތުން ހިސާބުކުރާއިރު ކަރަންސީ ސްވޮޕަކީ އެ ދެއްކުމާ ހަމައަށް ދަރަނީގެ ގޮތުގައި ނުވަތަ ދައްކަންޖެހޭ އެއްޗެއްގެ ގޮތުގައި ހިސާބުކުރާ އަދަދެކެވެ.

ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މިހާތަނަށް 447 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށާއި މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި 791.2 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.

"ބޭރު ފައިސާގެ ތާށިކަން ހައްލު ކުރުމާ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މި އަހަރު އަޅަން ފަށާނެ. އަދި ބޭރު ފައިސާގެ ބާޒާރާ ގުޅޭ ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެވޭނެ،"

"ބޭރު ފައިސާގެ ތާށިކަން ހައްލު ކުރުމާ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މި އަހަރު އަޅަން ފަށާނެ. އަދި ބޭރު ފައިސާގެ ބާޒާރާ ގުޅޭ ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެވޭނެ،" ރައީސް ވިދާޅުވި އެވެ.

2020 ވަނަ އަހަރު އެހެން އަހަރުތަކާ އަޅާބަލާއިރު ރާއްޖޭގެ އުފެއްދުންތެރިކަން 33.5 ޕަސެންޓު ދަށްވި ކަމަށާއި އެ އަހަރު އަވަސް ހަރުދަނާ ފިޔަވަޅުތަކެއް ނޭޅި ނަމަ އާންމުންގެ ދިރިއުޅުން ދުވަހަކު ނުދާހާ ދަށަށް ސޮއްސާލާނެ ފަދަ ހާލަތެއް މެދުވެރިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން އެޅި ފިޔަވަޅުތަކާ އޭގެ ހެޔޮނަތީޖާ އަހަރެއްހާ ދުވަސް ނުވަނީސް އިރާދަކުރެއްވީތީ މިވަނީ ފެންނަން ފަށާފައި،" ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން އެޅި ފިޔަވަޅުތަކާ އޭގެ ހެޔޮނަތީޖާ އަހަރެއްހާ ދުވަސް ނުވަނީސް އިރާދަކުރެއްވީތީ މިވަނީ ފެންނަން ފަށާފައި،"

ރައީސް ވިދާޅުވީ މިދިޔަ އަހަރު ނިމިގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަން ބޭނުންވި އަމާޒާ ހިސާބަށް ގެންދެވުނު ފަހުން ކަމަށެވެ. މިދިޔަ އަހަރު އެއް މިލިއަން ފަތުރުވެރިން ގެންނަން އަމާޒު ހިފިއިރު އަހަރު ނިމުނުއިރު 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ކަމަށާއި އެ އަހަރު އުފެއްދުންތެރިކަން ވެސް ހުރީ 31.6 އާއި 38.5 ޕަސެންޓާ ދެމެދުގައި ކަމަށް ބެލެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ ވޯލްޑް ބޭންކާ އައި.އެމް.އެފް ފަދަ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ރާއްޖެއާ މެދު ލަފާކުރި މިންވަރަށްވުރެ އެތައް ތަނެއް މަތީ މިންވަރެއް،" ރިޔާސީ ބަޔާން އިއްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އައިއެމްއެފް އިން ލަފާކުރާ ގޮތުގައި މިއަހަރު މުޅި ދުނިޔޭގައި އެންމެ ބާރަށް ކުރިއަރާނެ ފަސް އިގްތިސޯދުގެ ތެރޭގައި ވެސް ރާއްޖެ ހިމެނޭ ކަމަށެވެ. އެހެންވެ ސަރުކާރުން އަމާޒު ހިފާފައި ވަނީ މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 ޕަސެންޓުގެ ކުރިއެރުމެއް ހޯދުމާ އެކު 1.6 މިލިއަން ޓޫރިސްޓުން ރާއްޖެ އަށް ގެނައުމަށް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދައުލަތެއް ހިނގަނީ ލޯނުތައް ވެސް ނަގައިގެން ކަމަށާއި އެއާ ގުޅިގެން ހޯދަން ޖެހޭ އެއްޗެއް ހޯދުމާ، ދައްކަން ޖެހޭ އެއްޗެއް ދެއްކުމުގެ އިގްތިސޯދީ ދުޅަހެޔޮ ސިޔާސަތެއްގައި ދެމި ތިބެވޭނެ ކަމުގެ އިތުބާރު ސަރުކާރަށް އެބައޮތް ކަމަށެވެ. އަދި އަންނަ އަހަރު ކޮވިޑްގެ ކުރިން އޮތް ހާލަތަށް ރާއްޖޭގެ އިގްތިސޯދު ގެންދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.