ހޮލީވުޑްގެ ތަރި ޖެނިފާ އެނިސްޓަން އޭނާގެ އާ ލޯބިވެރިޔާއާ އެކު ނަގާފައިވާ ފޮޓޯތައް ފުރަތަމަ ފަހަރަށް އިންސްޓަގްރާމްގައި އިއްޔެ ޕޯސްޓުކޮށްފި އެވެ.
ހޮލީވުޑްގެ ތަރި ޖެނިފާ އެނިސްޓަން އޭނާގެ އާ ލޯބިވެރިޔާއާ އެކު ނަގާފައިވާ ފޮޓޯތައް ފުރަތަމަ ފަހަރަށް އިންސްޓަގްރާމްގައި އިއްޔެ ޕޯސްޓުކޮށްފި އެވެ.
އެމެރިކާގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގެ ތަރި ޖެނިފާ އެ ޕޯސްޓުކުރީ އޭނާގެ ލޯބިވެރިޔާ ޖިމް ކާޓިސްގެ އުފަންދުވަހާ ދިމާކޮށެވެ. އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވަނީ ލޯބިވެރިޔާއަށް ވަރަށް އުފާވެރި އުފަންދުވަހަކަށް އެދޭ ކަމަށާއި އޭނާ ލިބުމުން އުފާކުރާ ކަމަށެވެ.
"ބްލެކް އެންޑް ވައިޓް" އެ ފޮޓޯގައި ޖެނިފާ ހުރީ ޖިމްގެ ގައިގައި ފަހަތުން ބައްދާލައިގެންނެވެ.
ޖެނިފާ އާއި ޖިމް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް އެންމެ ފުރަތަމަ ފެތުރުނީ މިދިޔަ ޖުލައި މަހު އެވެ. އެއީ، އެ ދެމީހުން ސްޕެއިންގައި އެކުގައި ޗުއްޓީ ހޭދަކުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވި ހިސާބުންނެވެ.
ނަމަވެސް، އިންސްޓަގްރާމްގައި އިއްޔެ އެ ފޮޓޯ ޕޯސްޓުކުރުމާ ހަމައަށް އެ ގުޅުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް މީޑިއާއަށް ޖެނިފާ ހިއްސާކޮށްފައެއް ނުވެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ޖިމްއަކީ ހިޕްނޮތެރަޕިސްޓެއް އަދި ވެލްނެންސް އެކްސްޕާޓެކެވެ. އޭނާއަކީ އެ ދާއިރާގައި ގިނަ ބަޔަކު ދަންނަ، 20 އަހަރު ދުވަހުގެ ތަޖުރިބާކާރެކެވެ. ޖެނިފާ އާއި ޖިމް ބައްދަލުވީ އެމީހުންގެ ރައްޓެހިންގެ ފަރާތުން ކަމަށްވެ އެވެ.
އިންސްޓަގްރާމްގައި މިލިއަން ފޮލޯވަރުންގެ އާ ރެކޯޑެއް
ދީޕިކާގެ ރީލްއަކަށް ދުނިޔޭގެ ރެކޯޑެއް ލިބިއްޖެ
އަދިތުޔަގެ އިންސްޓަގްރާމްގައި ކާކުގެ އަތެއް؟
ކައިލީ އިންސްޓަގްރާމުން ޓިމޮތީއަށް ފޮލޯކޮށްފި
ޕެން ބޭޖްލީ "ކަހޯނާ ޕިޔާރު ހޭ"އަށް ނަށަނީ؟
ޕަރީގެ ދެމަފިރިން އެނިވާސަރީ ފާހަގަކުރަން ރާއްޖޭގައި
އިންސްޓަގްރާމްގައި ޕްރިޔަންކާ ފަހަތަށް ޖައްސާލައިފި
ތުރުކީ އާއި ބަންގްލަދޭޝްގައި އިންސްޓަގްރާމް މަނާކޮށްފި
ހާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި
ފޭސްބުކް، އިންސްޓަގްރާމް، ތްރެޑްސް ޑައުންވެއްޖެ