23 އޮކްޓޯބަރ 2024
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލްއިން ދޭ ޑޮލަރުގެ ލިމިޓް 1،200 ޑޮލަރަށް ބޮޑުކުރަން އެ ބޭންކުގެ ބޯޑުން މިއަދު ނިންމައިފި އެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލްއިން ދޭ ޑޮލަރުގެ ލިމިޓް 1،200 ޑޮލަރަށް ބޮޑުކުރަން އެ ބޭންކުގެ ބޯޑުން މިއަދު ނިންމައިފި އެވެ.
ބީއެމްއެލް އިން ކުރި އިއުލާނުގައި ބުނެފައި ވަނީ ކިޔަވާ ކުދިންނަށް މަހަކު 1،200 އާ ހަމައަށް ޑޮލަރުގެ މުއާމަލާތްތައް ހިންގޭނެ ގޮތަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ބީއެމްއެލްގެ އާ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކަށް ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވީ ނަމަވެސް، ބޭނުންވާ މިންވަރަށް ކާޑުތަކުން ޑޮލަރުގެ މުއާމަލާތްތައް ނުކުރެވޭތީ، އެކަމުގެ ދަތިކަން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މި ނިންމުން ނިންމީ ބޭރުގައި ކިޔަވާ ދަރިވަރުންގެ ބޭނުންތައް ފުއްދައިދިނުމަށް ބީއެމްއެލް އިން އިސްކަންދިނުމަށް ކަމަށެވެ.
ބީއެމްއެލް އިން ބުނީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ކުރެވޭނެ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓު ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލްގެ ކާޑުތަކުން ޑޮލަރު ލިބޭ އަދަދު މަހަކަށް 1،200 ޑޮލަރަށް ބޮޑުކުރަން ރައީސް މުއިއްޒުގެ ކެބިނެޓުން ފާސްކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭރު ނިންމާފައި އޮތީ މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ ބަދަލު ގެނައުމަށެވެ. ނަމަވެސް، ބީއެމްއެލްއަށް ކުރިމަތިވެފައި އޮތް ޑޮލަރުގެ ތާށިކަމުގެ ސަބަބުން މިހާތަނަށް އެކަން އޮތީ ނުކުރެވިފަ އެވެ.
ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓް ބޮޑުކުރަން ސަރުކާރުން ނިންމިއިރު، މިދިޔަ އޮގަސްޓް މަހު ބީއެމްއެލް އިން ވަނީ ކްރެޑިޓް ކާޑުން ކެނޑޭ ލިމިޓް 100 ޑޮލަރަށް ކުޑަކޮށް އަދި ޑެބިޓް ކާޑުގެ ލިމިޓް އެއްކޮށް އުވާލައިފަ އެވެ. ނަމަވެސް އެމްއެމްއޭގެ ލަފާގެ މަތިން އެ ދުވަހު ބޭންކުން އެ ނިންމުން ބާތިލު ކުރި އެވެ. އެހެންވެ، މިހާރު ވެސް ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން މަހަކު 250 ޑޮލަރު އަދި ކްރެޑިޓް ކާޑުތަކަށް 1،200 ޑޮލަރު ލިބޭނެ އެވެ.
ބީއެމްއެލްގެ އެ ނިންމުމާ ގުޅިގެން ފުލުހުން ޖިނާއީ ތަހުގީގެއް ވެސް އޭރު ފެށި އެވެ. އަދި އޭގެ ފަހުން އެ ކުންފުނީގެ އޭރުގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ބީއެމްއެލްގެ ދައުރު ފުޅާކުރުމަށް ވާގިވެރިވާނެ:ސަރުކާރު
އިއްޔެ ކުރަން އުޅުނީ ސީދާ ބަޣާވާތެއް: ރައީސް
"ކާޑު ލިމިޓު ބޮޑުކުރަނީ މަރުހަލާތަކަކަށް ބަހާލައިގެން"
ކިޔަވާކުދިންގެ ކާޑު ލިމިޓު 1200 ޑޮލަރަށް ބޮޑުކޮށްފި
އިތުރު 103 އޭޓީއެމާ އެކު ހުރިހާ ރަށަކަށް އޭޓީއެމް
މާލީބަޣާވަތުގެ ތުހުމަތަށް މީހަކާ ސުވާލެއް ނުކުރޭ:ޕޮލިސް
ބީއެމްއެލްގެ އިތުބާރު ގެއްލޭކަމެއް ކޮށްގެންނުވާނެ: އިބޫ
ބީއެމްއެލް އިން އިއްޔެ ކުރީ މާލީ ބަޣާވާތެއް: ޝިޔާމް
"ގޮންޖެހުން ހުއްޓަސް ބީއެމްއެލްގެ މާލީހާލަތު ރަނގަޅު"
ބީއެމްއެލް އިން ނިންމީ މަޝްވަރާއާ ޚިލާފަށް: ސަރުކާރު