މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދައި، އިންޑިއާގެ އެންމެ އަގުބޮޑު ފިލްމަކަށް ދެކުނު އިންޑިއާގެ އެކްޝަން ތުރިލާ "ކަންޓާރާ: ޗެޕްޓާ 1" ވެއްޖެ އެވެ.
މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދައި، އިންޑިއާގެ އެންމެ އަގުބޮޑު ފިލްމަކަށް ދެކުނު އިންޑިއާގެ އެކްޝަން ތުރިލާ "ކަންޓާރާ: ޗެޕްޓާ 1" ވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި މަހުގެ ދެވަނަ ދުވަހު ރިލީޒްކުރި ކަނައްޑާ ފިލްމު "ކަންޓާރާ: ޗެޕްޓާ 1" އަށް އިއްޔެގެ ނިޔަލަށް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 809 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
"ކަންޓާރާ: ޗެޕްޓާ 1"ގެ ކުރިން މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކީ ބޮލީވުޑްގެ ތާރީޚީ ފިލްމު "ޗާވާ" އެވެ. ވިކީ ކައުޝަލް ލީޑް ރޯލު ކުޅުނު އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ލިބުނު މުޅި ޖުމްލަ އާމްދަނީއަކީ 807 ކްރޯޑް ރުޕީސް އެވެ.
"ކަންޓާރާ: ޗެޕްޓާ 1"އަކީ 100-125 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
އެ ފިލްމަށް ލިބޭ ތަރުހީބު ބޮޑުވުމާ އެކު، މިހާރު ވެސް އިންޑިއާގެ އެކި ބަސްބަހުން ސިނަމާތަކުގައި ދައްކަމުން އަންނަ އެ ފިލްމު އިނގިރޭސި ބަހުން ޑަބްކޮށްގެން މި މަހު ފަހުކޮޅު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
"ކަންޓާރާ: ޗެޕްޓާ 1" އަކީ 2022 ވަނަ އަހަރު ގެނެސްދިން "ކައްޓާރާ"ގެ ޕްރީކުއެލް ފިލްމެކެވެ. އެއީ ފުރަތަމަ ފިލްމުގައި ހިނގި ކަންތައްތަކުގެ 1،000 އަހަރު ކުރި ދައްކާ ފިލްމެކެވެ.
މި އަހަރު ތިންވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކީ ބޮލީވުޑްގެ ލޯބީގެ ފިލްމު "ސައްޔާރާ" އެވެ. އެ ފިލްމަށް ވަނީ 579 ކްރޯޑް ރުޕީސް ލިބިފަ އެވެ.
އެ ލިސްޓުގެ ހަތަރުވަނައިގައި 500 ކްރޯޑް ރުޕީސްއާ އެކު އޮތީ ރަޖުނީކާންތުގެ "ކޫލީ" އެވެ. އަދި ފަސްވަނައިގައި އޮތީ 365 ކްރޯޑް ރުޕީސްގެ އާމްދަނީއަކާ އެކު ބޮލީވުޑްގެ ފިލްމު "ވޯ 2" އެވެ.
ދަނުޝް އާއި ކްރިތީގެ ފިލްމަށް ރަނގަޅު ފެށުމެއް
"ކޫލީ"އަށް ތިން ދުވަހުން 300 ކްރޯޑް ރުޕީސް
ދަނުޝް އާއި ކްރިތީގެ ފިލްމަށް 100 ކްރޯޑް ރުޕީސް
ރަޖަމޯލީގެ އާ ފިލްމަށް ކިޔަނީ "ވަރަނާސީ"
"ހައްގު"އަށް ތައުރީފު، ބޮކްސް އޮފީހުގައި ކާމިޔާބު
ދެކުނު އިންޑިއާގެ ފިލްމުގައި ޕްރިޔަންކާ ފެންނާނެ ގޮތް
ރަޝްމިކާ އާއި އަޔުޝްމަންގެ "ތައްމާ"އަށް 100 ކްރޯޑް
"ކަންޓާރާ 2" މާދަމާ ސްޓްރީމްކުރަން ފަށަނީ
ހަރްޝްގެ އާ ފިލްމަށް ވެސް ތަރުހީބު ރަނގަޅު
ރަޝްމިކާ އާއި އަޔުޝްމަންގެ ފިލްމަށް ރަނގަޅު ފެށުމެއް